ރަޝިޔާގެ އިންތިޚާބަށް އެމެރިކާ އިން ނުފޫޒު ފޯރުވާ ކަމަށް ބުނެފި

މޮސްކޯ (ޖެނުއަރީ 29) - ރަޝިޔާގައި މާޗް މަހު ބާއްވާ ރިޔާސީ އިންތިޚާބަށް އެމެރިކާ އިން ނުފޫޒް ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.


ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ލަޑިމިއާ ޕުޓިންއާ ގުޅުން އޮންނަ ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅުމަކީ އިންތިޚާބަށް ނުފޫޒް ފޯރުވުން ކަމަށެވެ. ރަޝިޔާ އިން މިހެން ބުނި އިރު އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް މޮސްކޯ އިން ނުފޯޒު ފޯރުވި ކަމަށް ބުނެ އެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ރަޝިޔާގެ އޮފިޝަލުން ދަނީ ތަކްރާރުކޮށް އެކަން ދޮގު ކުރަމުންނެވެ.

ރަޝިޔާގެ ވިޔަފާރީގެ އިސް ފަރާތްތަކުން ބުނަމުން ދަނީ އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ އެއީ "ހަނގުރާމަ އިއުލާން ކުރުން" ފަދަ ކަމެއް ކަމަށެވެ.

ރަޝިޔާގެ ރިޔާސީ އިންތިޚާބު ޕުޓިން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. ޕުޓިންއާ ވާދަކުރާ އިދިކޮޅު ކެންޑިޑޭޓް އެލެކްސީ ނަވަލްނީ އަށް އިންތިޚާބުން ފުރުސަތު ދީފައެއް ނުވެ އެވެ. އިއްޔެ އޮތް އެއްވުމެއްގެ ތެރޭން ވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.