އެއާ ޗައިނާގެ ބޯޓެއްގެ ކްރޫއަކަށް ގަލަމަކުން ބިރު ދައްކައިފި

ބެއިޖިން (އެޕްރީލް 16) - އެއާ ޗައިނާގެ މަތިންދާ ބޯޓެއްގެ ކްރޫއަކަށް މީހަކު ގަލަމުން ބިރު ދެއްކުމުން އެންމެ ފަހުން އެ ބޯޓު ޑައިވާޓްކޮށް އިމަޖެންސީގައި ޖައްސަން ޖެހިއްޖެ އެވެ.


އެއާ ޗައިނާގެ ފްލައިޓް ސީއޭ 1350 ދަތުރުކުރީ ޗަންގްޝާ އިން ވެރިރަށް ބެއިޖިން އަށެވެ. ނަމަވެސް އުމުރުން 41 އަހަރުގެ މީހަކު ކްރޫއަކަށް ބިރު ދެއްކުމުން އެ ބޯޓު ވަނީ އިމަޖެންސީގައި ހެނާން ޕްރޮވިންސަށް ޖައްސައިފަ އެވެ. ފުލުހުން ބުނީ ކްރޫ އަށް ބިރު ދެއްކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. އަދި ބޯޓު ޖެއްސުމާ އެކު އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި ހާދިސާގައި ބޯޓުގެ އެއްވެސް ކްރޫއަކަށް ނުވަތަ ޕަސިންޖަރަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ ހަތިޔާރެއްގެ ގޮތުގައި ގަލަމުން ބިރު ދައްކަމުން ދިޔަ އިރު ހުރީ ކްރޫގެ ކަރުގައި ހިފައިގެންނެވެ.

ބެއިޖިންގެ ވަކީލަކު ބުނީ ކްރޫ އަށް ބިރު ދެއްކި މީހާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާނެ ކަމަށެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ