10 އަހަރުގެ ކުއްޖެއްގެ ނުރުހުމުގައި ބޯ ބޭލި މީހަކު ޖަލަށް

ބެޑްފޯޑް (އެޕްރީލް 20) - އިނގިރޭސި ވިލާތުގެ 10 އަހަރުގެ ކުއްޖަކަށް "އަދަބެއް" ދިނުމުގެ ގޮތުން ބޯ ބޭލި، ބޯކޮށާ މީހަކު އަށް މަހަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި އެވެ.


ބެޑްފޯޑުގެ ބޯކޮށާ މީހެއް ކަމަށްވާ އުމުރުން 21 އަހަރުގެ އަބްދުއްރަހްމާން އުމަރު ވަނީ 10 އަހަރުގެ ކުއްޖާގެ ބޯ "ނަމްބަރު ވަން" އިން ބާލައިފަ އެވެ. އެ ކުއްޖާގެ ބޯ ބޭލުމުން ކައިރީގައި ތިބި އެހެން މީހުން ހީނ، މަލާމަތް ކުރި ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ކުޑަ ކުއްޖާ ލަދުގަތުމުން އެ ކުއްޖާ ވަނީ 999 އަށް ގުޅާ ފުލުހުން ގެނެސްފަ އެވެ. އަދި އުމަރު ވަނީ ހައްޔަރުކޮށްފަ އެވެ.

ފަނޑިޔާރު ބުނެފައި ވަނީ ބޯކޮށާ މީހާ ވަނީ "މީހަކު އެންމެ ބޮޑަށް ލަދުގަންނުވާލެވޭނެ ވަރުގެ" ކަމެއް ކޮށްފައި ކަމަށެވެ.

ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި އުމަރު އެ ކުއްޖާގެ ބޯ ބޭލީ ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ. އެއީ އެ ކުއްޖާ އަމިއްލަ އަށް ރޭޒަރު ނުގެންގުޅުމަށް ބިރު ދެއްކުމުގެ ގޮތުންނެވެ.

ޕްރޮސެކިއުޓަރުން ބުނީ ކުއްޖާ އަށް ވަނީ ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބިފައި ކަމަށެވެ.