ނޯތު ކޮރެއާ އިން ދަނީ އަނެއްކާވެސް މިސައިލް އުފައްދަމުން: އެމެރިކާ

ވޮޝިންޓަން (ޖުލައި 31) - ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރާ ގުޅުން ބަދަހިވަމުން އައި ނަމަވެސް ނޯތު ކޮރެއާ އިން އާ މިސައިލް ނިޒާމެއް އުފައްދަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތުކޮށްފި އެވެ.


ނަން ހާމަކުރަން ނޭނދޭ އެމެރިކާގެ އޮފިޝަލުން ވޮޝިންޓަން ޕޯސްޓަށް ބުނި ގޮތުގައި ނޯތު ކޮރެއާ އިން މީގެ ކުރިން ބެލިސްޓިކް މިސައިލް އުފެއްދި ސައިޓެއްގައި އަނެއްކާވެސް ދަނީ "ހަރަކާތްތަކެއް" ހިންގަމުންނެވެ. އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ނޯތު ކޮރެއާ އިން ދަނީ ވެރިރަށް ޕިއޮންޔަންއާ ކައިރީގައިވާ ސަނުމްޑޮން ފެސިލިޓީގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އުފައްދަމުން ކަމަށެވެ. އެ ފެކްޓަރީން ކުރިން ވަނީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ދިގު ރާސްތާ މިސައިލެއް ކަމަށްވާ ހުވަސޮން-15 އުފައްދައިފަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ވެސް ބުނީ އެ ފެކްޓަރީ ހިމެނޭ ސަރަހައްދުގައި ވެހިކަލްތައް ދުއްވާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޖޫން މަހު ސަމިޓް ބޭއްވުމުގެ ކުރިން ނޯތު ކޮރެއާ އިން ވަނީ ނިއުކްލިއާ ހަ ޓެސްޓް ކޮށްފަ އެވެ. އެންމެ ފަހުގެ ޓެސްޓްކޮށްފައި ވަނީ ސެޕްޓެމްބަރު މަހު އެވެ. ޓްރަމްޕާ އެކު ބޭއްވި ސަމިޓްގައި ކިމް ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިސައިލް ޓެސްޓްކުރާ ތަންތަން ނައްތާލާފައިވާ ކަމަށް އެ ގައުމުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ