އީރާނާ އެކު އެއްވެސް ގައުމަކުން ވިޔަފާރި ނުކުރަން ޓްރަމްޕް ގޮވާލައްވައިފި

ވޮޝިންޓަން (އޮގަސްޓް 7) - އީރާނާ ދެކޮޅަށް މިއަދު އަޅާފައި ވަނީ އެންމެ ވޭންދެނިވި ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށާއި އެ ގައުމާ އެކު އެއްވެސް ގައުމަކުން ވިޔަފާރި ނުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.


"އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ފެށިފައި. މިއީ އެންމެ ވަރުގަދަ ފިޔަވަޅުތައް. އަނެއްކާ ނޮވެމްބަރު މަހު މި ފިޔަވަޅުތައް އިތުރަށް ވަރުގަދަވާނެ،" މިއަދު ހެނދުނު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. "އީރާނާ އެކު ވިޔަފާރި ކުރާ އެއްވެސް ގައުމަކަށް އެމެރިކާއާ އެކު ވިޔަފާރިއެއް ނުކުރެވޭނެ. ދުނިޔޭގެ ކިބައިން މި އެދެނީ ސުލްހަ އަށް."

އެމެރިކާ އިން މިއަދު އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް ޓާގެޓްކޮށްފައި ވަނީ އީރާނުގެ މަރުކަޒީ ބޭންކަށާއި ކާރާއި ކާޕެޓް ފަދަ އިންޑަސްޓްރީ ތަކަށެވެ. ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ އެކު އީރާނުގައި މަސައްކަތް ކުރާ ޔޫރަޕުގެ ކާރު އުފައްދާ ބައެއް ކުންފުނިތަކުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނީ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. ދެ ވަނަ ފިޔަވަހި ޓާގެޓްކޮށްފައި ވަނީ އީރާނުގެ ތެލުގެ އިންޑަސްޓްރީއަށެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ