ސްރީ ލަންކާގެ މަޝްހޫރު ކޫލް ޕްލެނެޓްގައި އަލިފާން ރޯވެއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 11) - ސްރީ ލަންކާގެ މަޝްހޫރު ރީޓެއިލް ޗެއިން ކޫލް ޕްލެނެޓުން ބައްޓަރަމުއްލާގައި ހިންގާ ފިހާރާގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.


އެ ފިހާރައިގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11 ޖެހިއިރު ކަމަށް ލަންކާ ފަޔާ ބްރިގޭޑުން ބުންޏެވެ. އަލިފާން ނިއްވާލުމަށް ވަނީ ކޯއްޓެ ބްރިގޭޑުން ފަޔާ ލޮރީ ފޮނުވާފައިވާ ކަމަށް ވެސް ވަނީ ފަޔާ ބްރިގޭޑުން ބުނެފަ އެވެ. މީގެ އިތުރުން ދެހިވަލަ ފަޔާ ގްރިގޭޑާއި ލަންކާގެ އެއާފޯސް އިން ވެސް ވަނީ އަލިފާން ނިންވާލުމުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

އަލިފާނުގެ ހާދިސާގައި ކޫލް ޕްލެނެޓަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ނޭނގެ އެވެ. ލަންކާގެ ކޫލް ޕްލެނަޓަކީ ދިވެހިން ވެސް އާއްމުކޮށް ބާޒާރު ކުރަން ދާ ފިހާރައެކެވެ.