ނޫސްވެރިޔާގެ މަރާ ގުޅޭ ގޮތުން އެމެރިކާ އިން ވަކިގޮތެއް ނުނިންމާ

ވޮޝިންޓަން (ނޮވެމްބަރު 18) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން އެމެރިކާ އިން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.


"ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލު އަދިވެސް އެބަހުރި،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

ޚާޝުގްޖީ މަރާލަން އަމުރު ކުރީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ގަބޫލް ކުރެވޭ ކަމަށް ސީއައިއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް ސައުދީން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާއި ވަލީ އަހުދާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅޭ ރިޕޯޓް ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ނޫސްވެރިޔާގެ މަރަށް ޒިންމާވަނީ ކާކުތޯ އޭގެ ފަހުން އެނގޭނެ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށް އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދޭން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ