އާ ބޮޑު ވަޒީރަކު ހޯމަ ދުވަހު ސިރިސޭނާ އައްޔަން ކުރައްވަނީ

ކޮލަމްބޯ (ޑިސެމްބަރު 14) - ސްރީ ލަންކާ އަށް އާ ބޮޑު ވަޒީރެއް އަންނަ ހޯމަ ދުވަހު ރައީސް މައިތުރިޕާލާ ސިރިސޭނާ އައްޔަން ކުރައްވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ރައީސް ސިރިސޭނާ މި ގޮތަށް ނިންމަވާފައި ވަނީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ސިރިސޭނާ ވަނީ އާ ބޮޑު ވަޒީރަކަށް ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ހަމަޖައްސާނެ ގޮތެއް ނޯންނާނެ ކަމަށް އަނެއްކާ ވެސް ވިދާޅުވެފަ އެވެ.

ލަންކާ ޕާލަމެންޓް، ރައީސް ސިރިސޭނާ އުވާލެއްވީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ބޮޑު ވަޒީރު ކަމުން ރަނިލް ދުރުކޮށް އެ މާގަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.