އިސްތިއުފާގެ ލިޔުމުގައި ރާޖަޕަކްސާ މިއަދު ސޮއި ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ކޮލަމްބޯ (ޑިސެމްބަރު 15) - ލަންކާގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ބޮޑު ވަޒީރުގެ މަގާމުން މަހިންދާ ރާޖަޕަކްސާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ބޮޑު ވަޒީރުގެ މަގާމުގެ ހުވާ މާދަމާ ކުރައްވާނެ އެވެ. ނަމަވެސް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ރަނިލް އަށް ބޮޑު ވަޒީރުގެ މަގާމު ދެން ދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެކަމަކު ކޮލަމްބޯ ޕޭޖުން ރިޕޯޓް ކުރި ގޮތުގައި ސިރިސޭނާ އާއި ރަނިލް އިއްޔެ ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ މަގާމު ދިނުމަށް އެއްބަސްވެފަ އެވެ.
އާ ސަރުކާރުގެ ކެބިނެޓް ހުވާ ކުރާނީ ހޯމަ ދުވަހު އެވެ. ކެބިނެޓުގައި 30 މިނިސްޓަރުން ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ހަ މިނިސްޓަރުން ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ވިދާޅުވެފައި ވަނީ ބައްޕާފުޅު އިސްތިއުފާ ދެއްވީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ނަމަވެސް ރާޖަޕަކްސާ މަސައްކަތް ކުރައްވާނީ ސިރިސޭނާގެ ޕާޓީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ނިންމައިފަ އެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ވެސް ސުޕްރީމް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ.
ބޮޑު ވަޒީރު ކަމުން ރަނިލް ދުރުކޮށް އެ މާގަމަށް ކުރީގެ ރައީސް ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
15 December 2018
ވަރައްކައިރީން ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނި ވަޑައިގެންފައި އެވަނީ މުސްތަގިއްލު ސުޕުރީމު ކޯޓެއް އޮތްކަމަށް ވާނަމަ ގައުމު ސަލާމަތް ކުރެވޭނެ ކަމުގެ ލާމަސީލު އަލި. ސުޕުރީމު ކޯޓުގެ އަމުރަށް ތަބާއު ވާންމަޖުބޫރު ކޮންމެ ސަރުކާރަކަށްވެސް އަދި ހަމަ އެއާއި އެކު އެގައުމެއްގެ ސަލާމަތީ ބާރުތަކުގެ އެއްމެނަށްވެސް. ސުޕުރީމު ކޯޓުގެ ބާރާއި ގާނޫނު ނެގެހެއްޓިކަމުން ސުރީލަންކާގެ ފައިސާ މިއަދު އެއޮތް ވަރަށްވެސް ވެލުއިވީ.ދިވެހިރާއްޖެއަށްމިސާލެއް
ދަތްނެތްކުއްޖާ
15 December 2018
ބޮޑާ ހާކާފަކާ އެއް ނުހުރެވޭނެ. ޤާނޫނުގެ ކުރިމަތީގައި ޖެހޭނީ ހަމަ ކުޑަ ކަކޫ ޖަހަން.
އިންސާފުގެމަގު
15 December 2018
ލަންކާގަ ލެއޮހޮރުވުމެއްނުހިނގާ ސަލާމަތް އެވަނީ ގައުމުގެ އަދުލުއިންސާފު ހަމައިންނުނެއްޓި އޮތީމަ، ސަރުކާރުން ނިކުމެ ސްޕްރީމްކޯޓްގެ ޓިނުނުނަގާތީ.
ނޮކްސް
15 December 2018
ސްޕުރީމް ކޯޓަށް މުސްތަގިއްލުކޮށް މަސައްކަތްކުރެވެންޏާ ރައީސް އަދި ނައިބުވެސް ސައިޒްވާނެ. މިރާއްޖޭގަ މިވެސް އޮންނާނީ އޭރަކު އޮތް ސަރުކާރެއްގެ ޖީބުގަ
ކަރީމުއްދީން ބާޝާ
15 December 2018
އަދި މީނާ މިވަރަކުން ދުލެއްނުކުރާނެ. އޭނާ އެބުރި އަންނާނެ.