ހަރަކާތެއް ނުކޮށް އޮތް ބަލި މީހަކު ވިހޭ މައްސަލަ ހޫނުވެއްޖެ

އެރިޒޯނާ (ޖެނުއަރީ 9) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ނާސިން ހޯމެއްގައި އެއްވެސް ހަރަކާތެއް ނުކޮށް ދިހަ ވަރަކަށް އަހަރު ދުވަހު އޮތް ބަލި މީހަކު ވިހޭ މައްސަލަ ހޫނުވެ އެ ތަނުގެ ޗީފް އެގްޒެކެޓިވް އެންމެ ފަހުން އިސްތިއުފާ ދީފި އެވެ.


ބިލް ޓިމޮސަންސްގެ އިސްތިއުފާ ހަސިއެންޑާ ހެލްތުކެއާގެ ޑިރެކްޓަރުން ވަނީ ގަބޫލްކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ޖިންސީ ގޯނާ ކުރުމުގެ ތަހުގީގެއް ފަށައިފަ އެވެ. އަންހެން މީހާ ވިހައިފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އެ އަންހެން މީހާ ބަލިވެއިން ކަމެއް ނާސިން ހޯމްގެ ސްޓާފުންނަށް ވެސް ކުރިން ނޭނގެ އެވެ.

މި ހާދިސާއާ ގުޅިގެން ކްލިނިކުގެ ޕްރޮޓޮކޯލް ވަނީ ބަދަލުކޮށްފަ އެވެ. އަންހެން ބަލި މީހެއްގެ ކައިރިއަށް ފިރިހެނަކު ވަންނަ ނަމަ މީގެ ފަހުން ވަދެވޭނީ އަންހެނަކާ އެކު އެވެ.

ހަސިއެންޑާ ހެލްތުކެއާ އިން ބުނެފައި ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އެރިޒޯނާ ހެލްތު ޑިޕާޓްމަންޓުން ބުނެފައި ވަނީ ބަލި މީހާގެ ހާލަތު ބަލަން އިންސްޕެކްޓަރުން ފޮނުވާފައިވާ ކަމަށެވެ.