އެއްހަށިގަނޑަކުން ގުޅިފައިވާ ސީރިއާގެ ދެ ކުދިން މަރުވެއްޖެ

ދިމިޝްގު (އޮގަސްޓް 25) - ސީރިއާގެ ދާޚިލީ ހަނގުރާމަ ވަރުގަދަ އަށް ހިނގަމުންދާ ސަރަހައްދަކަށް އުފަންވި އެއް ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެ ކުދިންނަށް ގައުމުން ބޭރަށް ފަރުވާ ދޭން ގެންދަން ތައްޔާރުވެފައި ވަނިކޮށް މަރުވެއްޖެ އެވެ.


ނަވްރާސް އާއި މުއާޒުގެ ނަން ދީފައިވާ ދެ ކުދިން ސީރިއާގައި ހަނގުރާމަ ވަރުގަދަ އަށް ހިނގާ ސަރަހައްދެއް ކަމަށްވާ ދޫމާގައި މިދިޔަ ޖުލައި މަހު ވިހޭ އިރު ވަނީ މެއިން ގުޅިފަ އެވެ. އެ ދެ ކުދިން މަރުވީ ވެރިރަށް ދިމިޝްގަށް މި މަހު 12 ގައި އެމްބިއުލެންސްގައި ގެންގޮސް އަވަސް ފަރުވާ އަށް ބޭނުންވާ ކަމަށް ޑޮކްޓަރުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

ނަމަވެސް ސީރިއަން އަރަބް ރެޑް ކްރޮސެންޓުން ބުނެފައި ވަނީ އޮޕަރޭޝަން ކުރުމަށް އެ ކުދިން ގައުމުން ބޭރަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ބުނީ އެއްމާބަނޑު ދެ ކުދިން ގައުމުން ބޭރަށް ގެންދިއުން ލަސްވީ ހުއްދަ ނުލިބިގެން ކަމަށެވެ. އަދި ހުއްދަ ލިބުނު އިރު ދެ ކުދިން ގެންދެވޭ ވަރަށް ވުރެ މާ ބަލި ކަމަށް ބުނެފައިވެ އެވެ. ދެ ކުދިންނަށް ފަރުވާ ކޮށްދިނުމަށް ވަނީ އެމެރިކާ އާއި ސައުދީ އަރަބިއާ އިން ހުށަހަޅާފައި ކަމަށް މެޑިކަލް ސޮސައިޓީން ބުންޏެވެ.

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

ޖުލައި މަހު 23 ވަނަ ދުވަހު ދެ ކުދިން ސިޒޭރިއަން ހަދައިގެން ނެގިއިރު ބަރުދަނަކީ 5.4 ކިލޯ އެވެ.

ސީރިއާގެ ޑޮކްޓަރުން ބުނެފައި ވަނީ ދިމިޝްގުގައި މި ދެ ކުދިންނަށް ދެވޭނެ އެކަށީގެންވާ ފަރުވާއެއް ނެތް ކަމަށެވެ. އެހެންވެ ޑޮކްޓަރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީ އަށް އެދިފަ އެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ