ސައުދީ ސަފީރު ބަދަލުކޮށްދޭން އިރާގުން އެދިއްޖެ

ބަޣުދާދު (އޮގަސްޓް 29) - އިރާގަށް ކަނޑައަޅާފައިވާ ސައުދީ އަރަބިއާގެ ސަފީރު ބަދަލުކޮށްދޭން އެ ގައުމުން ސައުދީގައި އެދިއްޖެ އެވެ.


ސައުދީ ސަފީރު ބަދަލުކޮށްދޭން އިރާގުން އެދިފައި ވަނީ އީރާނުގެ ޝިއައީންނާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ސަފީރު ތަމީރު އަލް ސަބްހާން ވިދާޅުވެފައި ވަނީ އީރާނުގެ ޝިއައީ މުސްލިމުން ދަނީ އިރާގުގެ ސުންނީ މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އީރާނުގެ ޝިއައީން ދަނީ އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރަމުން ކަމަށް ވެސް ސަފީރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އިރާގާއި ސައުދީ އަރަބިއާ އަކީ ސަރަހައްދީ ދެ ވާދަވެރިންނެވެ. ބަޣުދާދުގައި ހުންނަ ސައުދީ އެމްބަސީ އަލުން ހުޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އިރާގުގައި ހުންނަ ސައުދީ އެމްބަސީ ބަންދުކުރީ މީގެ 25 އަހަރު ކުރިން އިރާގު ސިފައިން ކުވޭތަށް އެރުމާ ގުޅިގެންނެވެ.

ޝިއައީ އިސް ލީޑަރެއް ކަމަށްވާ ޝެއިޚް ނިމްރު އަލް ނިމްރަށް ސައުދީ އަރަބިއާ އިން ޖެނުއަރީ މަހު މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅިގެން އިރާގުގެ ޝިއައީން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.