ބޯޓު ވެއްޓި އެއާލައިނުގެ ވެރިޔާ މަރުވެއްޖެ

މޮސްކޯ (އެޕްރީލް 1) - މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި ރަޝިޔާގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެސް7 ނުވަތަ ސައިބީރިއަން އެއާލައިންސްގެ ވެރިޔާ ނަތާލިއާ ފިލެވާ މަރުވެއްޖެ އެވެ.


ރަޝިޔާގެ ދެ ވަނަ އަށް އެންމެ ބޮޑު އެއާލައިންގެ އެއް އިންޖީނުގެ އެލްޓީ ބޯޓު ވެއްޓުނީ ޖަރުމަނުގެ އެގެލްސްބަޗަށެވެ. ޖަރުމަން ފުލުހުން ބުނީ ޕައިލެޓާ އެކު ބޯޓުގައި ތިން މީހުން ތިބި ކަމަށް ބެލެވޭ ކަމަށެވެ. ޕްރައިވެޓް ޖެޓް ދަތުރު ކުރީ ފްރާންސް އިން ފުރައިގެންނެވެ. ބޯޓު ވެއްޓުނު ސަބަބެއް ނޭނގެ އެވެ. އެ ހާދިސާ ޖަރުމަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބޯޓު ވެއްޓުނު ހާދިސާ ޖަރުމަނުން ގެންދަނީ ތަހުގީގު ކުރަމުން. --ފޮޓޯ:ރޮއިޓާސް

ފޯބްސް އިން ބުނި ގޮތުގައި ފެލެވާ، 55، ގެ މިލްކިއްޔާތުގެ އަގު 600 މިލިއަން ޑޮލަރަށް އަަރަ އެވެ. ވަންވޯލްޑް އެލަޔަންސްގައި ހިމެނޭ އެސް7 އިން 35 ގައުމެއްގެ 150 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ އެއާލައިންގައި 56 އެއާބާސް ވޯޓާއި ބޯއިންގެ 23 ބޯޓު އޮވެ އެވެ.

ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ޗެއާމަނަކީ ފިލެވާގެ ފިރިކަލުންނެވެ. އެއާލައިނުގެ މައިގަނޑު ހިއްސާ ކޮންޓްރޯލް ކުރަނީ ފިލެވާ އެވެ. އެސް7 ގެ އެންމެ ވާދަވެރި އެއާލައިނަކީ ރަޝިޔާގެ ޔޫރޮފްލޮޓެވެ. ނުވަ ދިހަ ހަ ބޯޓު އޮންނަ އެ އެއާލައިނުން 26 ގައުމެއްގެ 181 މަންޒިލަށް ދަތުރު ކުރެ އެވެ.