ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރުކޮށްފި

ކެލިފޯނިއާ (އެޕްރީލް 14) - ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓުގެ ޓެސްޓް ފްލައިޓް ބާއްވައިފި އެވެ.


ރޮކްގެ ނަން ދީފައިވާ މެގަ ޖެޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި ފުޓުބޯޅަ ދަނޑެއްގެ ދިގުމިން ނުވަތަ 385 ފޫޓް (117 މީޓަރު) ހުރެ އެވެ. ހަ އިންޖީނު އަޅާފައިވާ ބޯޓު އުފައްދާފައި ވަނީ ސްޓްރަޓޮލޯންޗް ސިސްޓަމް ކޯޕަރޭޝަން އިންނެވެ. ބޯޓުގެ ޓެސްޓް ފްލައިޓުގައި ދެ ގަޑިއިރު ދަތުރުކުރިއިރު 5،182 މޭލު މަތިން ވަނީ ގަޑިއަކު 304 ކިލޯ މީޓަރުގެ ސްޕީޑްގައި ދަތުރުކޮށްފަ އެވެ.

ބޯޓު އުފައްދާފައި ވަނީ މައިކްރޯސޮފްޓުގެ ކޯފައުންޑާ ޕޯލް އެލަންގެ ކުންފުނިން. --ފޮޓޯ:ރޮއިޓާސް

ސްޓްރަޓޮލޯންޗް އަކީ މިދިޔަ އޮކްޓޯބަރު މަހު އަވަހާރަވި މައިކްރޯސޮފްޓުގެ ކޯފައުންޑާ ޕޯލް އެލަން 2011 ވަނަ އަހަރު އުފެެއްދެވި ކުންފުންޏެކެވެ. މަތިންދާ ބޯޓު ޑިޒައިންކޮށްފައި ވަނީ ސެޓެލައިޓް އުދުއްސާލުމަށް ފްލައިން ލޯންޗް ޕެޑެއްގެ ގޮތުގަ އެވެ. މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ ބިމުން ރޮކެޓުގައި ސެޓެލައިޓް އުދުއްސާލުމަށް ވުރެ އަގުހެޔޮވާނެ އެވެ.

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަންގެ ވާޖިން ގެލެކްޓިކް އިން ވެސް ވަނީ ރޮކެޓް އުދުއްސާލެވޭ މަތިންދާ ބޯޓެއް އުފައްދައިފަ އެވެ.

މަތިންދާ ބޯޓުގެ ޓެސްޓް ފްލައިޓްގައި ވަނީ ދެ ގަޑިއިރުގެ ދަތުރެއް ކޮށްފައި. --ފޮޓޯ:ރޮއިޓާސް