ގާޒާ ބޯޑަރަށް އިޒްރޭލުން އިއްޔެ ބަރު ހަތިޔާރު ޖަމާކޮށްފައި: ހަމަލާތައް ހުއްޓާލިއިރު ފަލަސްތީނުގެ 34 މީހުން ވަނީ ޝަހީދުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ
ގާޒާ (ނޮވެމްބަރު 14) - ގާޒާ އަށް އިޒްރޭލް ސިފައިން ދިން އުދުވާނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް މިސްރުގެ އޮފިޝަލުންނާއި އިސްލާމިކް ޖިހާދުގެ އިސް ފަރާތްތަކުން ބުނެފި އެވެ.
ގާޒާގައި ދެ ދުވަސްވަންދެން ބަދަލުކުރި ވަރުގަދަ ހަމަލާތަކަށް ފަހު، އެއްބަސްވުމަކަށް އައިސްފައި ވަނީ މިސްރުން ކުރި މަސައްކަތުން ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައިއިރު ފަލަސްތީނުގެ 34 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ހަމަލާތައް ފަށާފައި ވަނީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ އިޒްރޭލުގެ މިސައިލް ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އިޒްރޭލުގެ 63 މީހަކު ޒަޚަމްވެފައިވާ ކަމަށްވެ އެވެ.
ގާޒާ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި އަބޫ މަލްހޫސް އާއިލާގެ އަށް މެންބަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ ގާޒާ އިން ދޭ ރޮކެޓް ހަމަލާތައް ހުއްޓާލައިފި ނަމަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން ވެސް އިހްތިރާމް ކުރާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އާދަމް ބާއީ
14 November 2019
މިމީހުންނާ ސުލްހަވުމުގެ ބޭނުމެއް ނެތް.
ވެނީލާ
14 November 2019
ކޮބާހޭ އިސްލާމީ އިއްމަތް. ކޮންމެ ފަހަރަކު އެތައްބަޔަކު ޝަހީދު ކޮއްލާފަ ދާއިރު. ):
ފޮނިނި
14 November 2019
އިސްލާމީ އުއްމަތުގައި ތިބި ޝޭޚުން ތިބެނީ ސައުދީ އަރަބިޔާ އިން އެއްޗެއް ބުނޭތޯބަލަން. ދެން ތިބެނީ ތުބުޅިއާއި ފައިކުރި އާ ބެހޭގޮތުން ޒުވާބު ކުރުން.
ފުންއަސަރު
14 November 2019
ގޮތެއްފޮތެއްނެތް އިޒްރޭލް. ހަދާނެއެއްޗެއް ހަދާފާ ތިމާމެން ކުރަންބޭނުންވި ކަންކަން ކޮށްލެވުނީމާ ދެންތިވީ ހަމަލާތައް ހުއްޓާލާ ސުލްހަވާން. ކިހާމޮޅު. ލަދެއް ހަޔާތެއް ނެތަސް ތިދެން ބޮޑުވަރު.