އިޒްރޭލުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް 100 އަށް ވުރެ ގިނަ ސެޓްލްމަންޓް ހަދާފައި. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން (ނޮވެމްބަރު 19) - ފަލަސްތީނުގެ ބިމުގައި ޔަހޫދީ އާބާދީ ހެދުން އެއީ ބައިނަލްއަގުވާމީ ގާނުތަކާ ޚިލާފު ކަމެއް ކަމަށް އެމެރިކާ އިން ނުދެކޭ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން އެ ގޮތަށް ނިންމާފައި ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ވިސްނުމާ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށެވެ.
"އެކަމުގައި ހުރި ގާނޫނީ ހުރިހާ ކަމަކަށް ބެލުމަށް ފަހު އެމެރިކާ އިން ނިންމީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދީންނަށް މަދަނީ އިމާރާތްތައް ހެދުން އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ނޫން ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔަހޫދީ އާބާދީތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށް 1978 ވަނަ އަހަރު ސްޓޭޓް ޑިޕާޓްމަންޓުން ދީފައިވާ ގާނޫނީ ލަފަޔަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބޯނުލަނބާނެ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި މިހާތަނަށް ބަލަމުން އައީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް ގެދޮރު އިމާރާތް ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އދ.ގެ ގަރާރު 2334 ގައި ވެސް ބުނެފައި ވަނީ ޔަހޫދީ އާބާދީތައް ހަދަނީ ބައިނަލްއަގުވާމީ ގާނޫނޫތަކާ ޚިލާފަށް ކަމަށެވެ.
ފަލަސްތީނުގެ އިސް އޮފިޝަލެއް ކަމަށްވާ ސާއިބު އުރައިގާތު ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުމަށް ހުރި ނުރައްކަލެއް ކަމަށެވެ.
ހުޅަނގު އައްސޭރިއާ އިރުމަތީ ގުދުސް އިޒްރޭލުން 1967 ވަނަ އަހަރު ހިފި ފަހުން އެ ތަންތަނުގައި އިމާރާތްކުރި 140 ސެޓްލްމަންޓުގައި 600،000 އަށް ވުރެ ޔަހޫދިން ދިރިއުޅެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ސަރުކާރުން 1978 ވަނަ އަހަރު ވަނީ އިޒްރޭލުން ޔަހޫދިންނަށް މަދަނީ އާބާދީތައް ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ނިންމައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްވަރު 2016 ގައި ވަނީ، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ނުކުރުމާ އެކު ފާސްކޮށްފަ އެވެ. އެމެރިކާ އިން އެ ފަހަރު ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެ އެވެ. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމާ ބެހޭ ގޮތުން 2011 ވަނަ އަހަރު ވެސް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. ނަމަވެސް އެ ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ.
ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ އެމްބަސީ ވަނީ ތެލް އަަވީވުން ގުދުސް އަށް 2018 ވަނަ އަހަރު ބަދަލުކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބުރަނިކް
19 November 2019
ޓުރަމްޕު ހޮވުނީމަ އުފާވި ކަމަށް ބުނި ކުރީގެ ރައީސް. މިހާރު މިފެންނަނީ ސުމްޕާ ކަން. ޖެރޫސަލަމް އިޒުރޭލުގެ ވެރި ރަށަށް ހަދައިފި. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދު.
ދާލު
19 November 2019
ޢެ ގެތަށް ތަޅާ ސުންނާފަތި ކުރުން ވެސް ހުއްދަ
އެހެންތަ
19 November 2019
އެމެރިކާ ބުންޏަސް ތިއީ ދޮގެއް. ބައިނަލްއަގުވާމީ ގާނޫނުތަކާ މުއާހަދާތަކުގެ ދަށުން ފަސްތީނުގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް. މިއީ މުޅި ދުނިޔެ އިއްތިފާގުވާ ކަމެއް. އެމެރިކާގެ ވެރިކަމުގެ ނިޒާމްގެ ތެރޭގައި ޔަހޫދީ ދައުލަތް ހިމާޔަތްކުރުން ލާޒިމްކުރަނި ޔަހޫދީންގެ މޮނޮޕޮލީއާ ނުލާ އެމެރިކާއަށް އެމެރިކާގެ ގޮތުގައި ދެމި ނޯވެވޭނެތީ. އެކަމަކު އެމެރިކާއާ ޔަހޫދީ ދައުލަތް އިނދަޖެހޭނެކަން އެއީ ހަގީގަތެއް.