ސައުދީ އަރަބިއާގެ ޝޫރާ ކައުންސިލާ ރަސްގެފާން ސަލްމާން ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ރިޔާޒްް (ނޮވެމްބަރު 21) - އީރާނުން ދިން ކަމަށް ބުނާ ޑްރޯން އަދި މިސައިލް ހަމަލާތަކުން އިގްތިސާދީ ކުރިއެރުން ނުހުއްޓުވޭނެ ކަމަށާއި ގައުމު ދިފާއު ކުރުމުގައި ސައުދީ އަރަބިއާ ފަސް ނުޖެހޭނެ ކަމަށް ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
ޝޫރާ ކައުންސިލަށް އަހަރަކު އެއްފަހަރު ދެއްވާ ތަގްރީރުގައި ރަސްގެފާން ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމް ބައިނަލްއަަގުވާމީ މުޖްތަމައުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
"ސައުދީ އަށް އަމާޒުކޮށް 286 ބެލިސްޓިކް މިސައިލް އާއި 289 ޑްރޯން ހަމަލާ ދިން ނަމަވެސް ތަރައްގީ އަށް ހުރަސް އެޅި ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކޮށްފައެއް ނުވޭ،" ޝޫރާ ކައުންސިލަށް ދެއްވި އަށް މިނިޓުގެ ތަގްރީރުގައި ސަލްމާން ވިދާޅުވި އެވެ.
ޝޫރާ ކައުންސިލަށް ރަސްގެފާން ދެއްވާ ތަގްރީރުގައި ގައުމުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ހާމަކުރައްވަ އެވެ.
ރަސްގެފާން ވިދާޅުވީ ސައުދީގެ ތެލުގެ ސިޔާސަތު ބިނާކޮށްފައި އޮންނާނީ މާކެޓުގެ ހަމަޖެހުމަށް ކަމަށެވެ. އަދި ޑްރޯން ހަމަލާ އަށް ފަހު ތެޔޮ އުފެއްދުން އެހާ އަވަހަށް ހަމައަކަށް އަޅުވާފައިވާތީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އަށް ވަނީ ތައުރީފް ކުރައްވައިފަ އެވެ.
އަރާމްކޯގެ ތެޔޮ އުފައްދާ ދެ ތަނަކަށް ސެޕްޓެމްބަރު މަހު ދިން ޑްރޯން ހަމަލާގައި ދުނިޔޭގެ ތެލުގެ ފަސް ޕަސެންޓް ސަޕްލައި ހުއްޓުމަކަށް އައެވެ.
ޔަމަން މައްސަލަ އަށް އަވަސް ސިޔާސީ ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރަސްގެފާން ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
falcon_autho
22 November 2019
މީނާ އީރާނުގެ ބޮލުގައި ތުހުމަތު ތަކެއް އަޅުވާއިރު އޭގެ އެއްވެސް ހެއްކެއް ދައްކާފައިނުވޭ. އެމެރިކާއިން ބުނާފަދައިން މިކަލޭގެވެސް ހިފާފައި މިހުރީ އީރާނަށް ލޮޓިއެއްދޭން. އެކަމަކު އެފެންވަރު ތިމާގެ ކިބައިގާ ނެތުމުން ދޮގެއް ހަދާލުންނޫން އެހެންކމެއް ނުކުރެވޭނެ. ރެޔާއި ދުވާލު ޔަމަނަށް ބޮންއަޅައި ސޫރިޔާއަށް ހަނގުރާމަވެރިން ފޮނުވަނީވެސް އީރާނުން ކަމަށް މީނާ ބުނަންވެސް ފަހެއް ނުޖެހޭނެ.
ހާޖަރާ
21 November 2019
ދުނިޔޭގެ ބޮޑު ބާރަކައް އީރާން ވެގެން ނޫނީ ދެން ދުނިޔޭގެ އެއްވެސް ކަމެއް ރަގަޅަކަށް ނުދާނެ
falcon_autho
22 November 2019
ރަސޫލު ސައްލަﷲ ޢަލައި ވަސައްލަމަ ދުނިޔެއަށް ވަޑައިގަތް އިރު އަރަބީންނަށް އީރާނުގެ ޙިމާޔަތް ލިބިފައިވާ ފަދައިން ނަޞާރާއިންގެ ނުބައި ރޭވުންތަކުން އަރަބީން ސަލާމަތްކުރާނީ އީރާނުން.
ރަދީފް
21 November 2019
ސައުދީ ރަސްގެފާނުއެއީ ހުޅަނގުގެ ޕަޕެޓެކޭ ނުބުނަން މަމެންނެތިން.