200 ނަގުލަންދާއްޓާ އެކު ލަންކާ އެއާޕޯޓުން މީހަކު ހައްޔަރުކޮށްފި

ކޮލަމްބޯ (ޖެނުއަރީ 14) - ދިރޭ 200 ނަގުލަންދާއްޓާ އެކު ލަންކާ އެއާޕޯޓުން ޗައިނާ މީހަކު ހައްޔަރުކޮށްފި އެވެ.


ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން ބުނީ ޗައިނާ މީހާ ހައްޔަރު ކުރީ ނަގުލަންދާށި ސްމަގްލް ކުރަން އުޅުމުން ކަމަށެވެ. ދިރޭ ނަގުލަންދާށި ހުރީ އޭނާގެ ލަގޭޖުގައި ޕްލާސްޓިކް ފޮށިތަކަކަށް އަޅައި، ފޮރުވައިފަ އެވެ.

ލަންކާގެ ކަސްޓަމްސްގެ އޮފިޝަލުން ބުނީ އެ މީހާ އުޅުނީ ނަގުލަންދާށިތައް ޗައިނާ އަށް ގެންގޮސް، އޭގެ ވިހަ ނަގަން ކަމަށެވެ.

ލަންކާ އިން ނަގުލަންދާށި ބޭރު ކުރަން އުޅުނު މީހާ ވަނީ ޖޫރިމަނާކޮށްފައި. --ފޮޓޯ:ކޮލަމްބޯގެޒެޓް

ލަންކާ ކަސްޓަމްސްގެ އޮފިޝަލުން އެ މީހާ ހައްޔަރު ކުރި ނަމަވެސް 100،000 ރުޕީސް (550 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ފަހު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.

ލަންކާގައި 18 ބާވަތެއްގެ ވިހަ ނަގުލަންދާށި އުޅެ އެވެ. އޭގެ ތެރޭން އިންސާނުންނަށް ނުރައްކަލީ އެންމެ ބާވަތެއް ކަމަށްވެ އެވެ. ވައިލްޑްލައިފް ޓްރެފިކް ކުރުމާ ދެކޮޅަށް ލަންކާގައި ވަނީ ހަރުކަށި ގާނޫނުތައް ފާސްކޮށްފަ އެވެ.