ޓްރަމްޕް ހޫނު ފެނަށް، ޕާޓީގެ އިސް ފަރާތްތަކުގެ ތާއީދު އަނބުރާ ގެންދަން ފަށައިފި

ނިއު ޔޯކް (އޮކްޓޯބަރު 9) - ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މީގެ އަހަރުތަކެއް ކުރިން އަންހެނުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ދައްކަވާފައިވާ ޖިންސީ ވާހަކަތަކެއް އާއްމުވުމާ ގުޅިގެން ޕާޓީގެ ތެރޭގައި އޮތް ތާއީދު ވެސް ކުޑަވާން ފަށައިފި އެވެ.


ދެހާސް ވަނަ އަހަރުގެ މި ވީޑިއޯ ހުކުރު ދުވަހު ލީކުކޮށްލުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ސީނިއާ ގިނަ މެންބަރުން ވަނީ ޓްރަމްޕަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވާން ފަށައިފަ އެވެ. އަދި ރިޔާސީ ރޭހުން ޓްރަމްޕް ވަކިވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެކަމަކު ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އަށް އެމެރިކާގެ ވަރަށް ގިނަ ބައެއްގެ ތާއީދު އެބައޮތް ކަމަށާއި ރިޔާސީ ރޭހުން ވަކިވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ޓްރަމްޕް ވަނީ ވީޑިއޯގައި ދައްކާފައިވާ ވާހަކަތަށް މައާފަށް އެދިވަޑައިގެންފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ޖޯން މެކްކޭން އާއި ކުރީގެ ޚާރިޖީ ވަޒީރު ކޮންޑޮލީޒާ ރައިސް ވަނީ ޓްރަމްޕަށް އޮތް ތާއީދު އަނބުރާ ގެންދަވައިފަ އެވެ. މެކްކޭން ވިދާޅުވީ ޓްރަމްޕުގެ ކޮމެންޓުގެ ސަބަބުން އޭނާ އަށް ތާއީދު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. ކޮންޑޮލީޒާ ވިދާޅުވީ ޓްރަމްޕަށް މިހާރު ފުދިއްޖެ ކަމަށާއި އޭނާގެ ކެންޑިޑެސީ އަނބުރާ ގެންނަން ޖެހޭ ކަމަށެވެ.

ނިއު ހެމްޝަޔާގެ ސެނޭޓާ ކެލީ އަޔޮޓެ ވިދާޅުވީ އަންހެނުންނާއި ބެހޭ ގޮތުން އެހާ ދަށު ދަރަޖައިގެ ވާހަކަތައް ދައްކަވާފައިވާ ކެންޑިޑޭޓަކު ރައީސް ކަމަށް ގެންނަން ތާއީދު ނުކުރެވޭނެ ކަމަށެވެ.

ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސް ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ވީޑިއޯގެ ސަބަބުން ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބިފައިވާ ކަމަށާއި އެކަމަކު ޓްރަމްޕް މައާފަށް އެދިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

ޓްރަމްޕުގެ ވީޑިއޯއެއް އާއްމުވެފައިވާ އިރު ރިޔާސީ ދެ ވަނަ ބަހުސް މިރޭ އޮންނާނެ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ