ކޮވިޑް-19: ހަތަރު ދުވަސްތެރޭ 100،000 މީހުންނަށް ބަލިޖެހިއްޖެ

ޖެނީވާ (މާޗް 22) - ވޭތުވެދިޔަ ހަތަރު ދުވަސްތެރޭ 100،000 މީހުންނަށް ކޮވިޑް-19 ޖެހި މުޅި ދުނިޔޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިއަދު 308،615 އަށް އަރައިފި އެވެ.


ޗައިނާގެ ވޫހާން އިން ޑިސެމްބަރު މަހު ފަހުކޮޅު ފެނުނު ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު 200،000 އަށް އެރީ މިމަހު 18 ގަ އެވެ. މީގެ ދެ ދުވަސްކުރިއަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 250،000 އެވެ.

އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 13،071 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 95،834 އެވެ.

މީގެ ތިން މަސް ކުރިން ޗައިނާ އިން ބަލި ފެނުނު ނަމަވެސް އެ ގައުމުން ބަލި ކޮންޓްރޯލްކުރި އިރު 81،054 މީހުންނަށް ވަނީ ޖެހިފަ އެވެ. ޗައިނާ އިން މަރުވެފައި ވަނީ 3،261 މީހުންނެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރޭ ގައުމުތައް

އިޓަލީ: ބަލި ޖެހުނު: 53،578 މަރުވި: 4،825

އެމެރިކާ: ބަލިޖެހުނު: 26،900 މަރުވި: 348

ސްޕޭން: ބަލިޖެހުނު: 25،496 މަރުވި: 1،381 މީހުން

ޖަރުމަން: ބަލިޖެހުނު: 22،364 މަރުވި: 84

އީރާން: ބަލިޖެހުނު: 20،610 މަރުވި: 1،556

ފްރާންސް: ބަލިޖެހުނު: 14،459 މަރުވި: 562

ސައުތު ކޮރެއާ: ބަލިޖެހުނު 8،897 މަރުވި: 104

އިނގިރޭސި ވިލާތް: ބަލިޖެހުނު: 5،018 މަރުވި: 233

ނެދަލޭންޑްސް؛ ބަލިޖެހުނު: 3،631 މަރުވި: 136އ\

އޮސްޓްރިއާ: 3،024 މަރުވި: 8