ދުނިޔެ / ސިންގަޕޫރު

ކޮވިޑް-19: ސިންގަޕޫރުން 287 މީހުން ޕޮޒިޓިވް، ދެ ވަނަ ރާޅެއްގެ ބިރު ބޮޑު

ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ ޑޯމިޓަރީއެއްގެ ކައްކާ ސަރަހައްދުގައި މަސައްކަތު މީހުން އިއްޔެ މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ސިންގަޕޫރު (އެޕްރީލް 10) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ނަމޫނާ ގައުމަކަށް ބެލި ސިންގަޕޫރުން އިއްޔެ އެކަނި 287 މީހުން ޕޮޒިޓިވްވެ އެ ގައުމުގައި ވައިރަހުގެ ދެ ވަނަ ރާޅެއް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެ ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. ނަމަވެސް ރޯގާ ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ވަނީ ނަމޫނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެކަމަކު ފަހަކަށް އައިސް ސިންގަޕޫރުން ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެވެ. މިއަދު އެކަނިވެސް ވަނީ 198 މީހުން ޕޮޒިޓިވްވެފަ އެވެ.

ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ ޑޯމިޓަރީއެއް. --ފޮޓޯ:އޭއެފްޕީ

ތަޖްރިބާކާރުން ބުނަނީ ސިންގަޕޫރުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ މުސްތަފާ ސެންޓަރަށް ދިޔަ ބިދޭސީންނާއި ބިދޭސީ މަސައްކަތު މީހުން ތިބޭ ޑޯމިޓަރީތަކުން ކަމަށެވެ. ސިންގަޕޫރުން އިއްޔެ ރިޕޯޓްކުރި 287 މީހުންގެ ތެރޭން 200 އަށް ވުރެ ގިނަ މީހުންނަކީ ޑޯމިޓަރީތަކުގެ މީހުންނެވެ.

ކޮރޯނާވައިރަސް ފެތުރުން އިތުރުވާން ފެށުމުން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބައިބޯ ޑޯމިޓަރީތަކުން ބިދޭސީން ނެެރެން ފަށައިފަ އެވެ. ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ސިފައިންގެ ބެރެކްސް އާއި ހުސް އެޕާޓްމަންޓް ފަދަ ތަންތަނަށް ބަދަލު ކުރަމުންނެވެ.

ސިންގަޕޫރުގެ 43 ޑޯމިޓަރީގައި 200،000 އަށް ވުރެ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ.

ސިންގަޕޫރުން މިހާތަނަށް ވަނީ 2،108 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ.

11 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު

11 April 2020

ބިދޭސީންގެ މައްސަލަ ހައްލުކުރަން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

The name is already taken The name is available. Register?

ނަސީދުގެ

11 April 2020

ދިވެހިރާއްޖެއަށް ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއީ. ބޭރު މީހުން އުޅޭ ތަނެއްގައި މިކަން ފެށިއްޖިއްޔާ ދުވަސް ދިއައީ. އެމީހުން ތިބީ މާލޭގެ ހުރިހާ މާރުކޭޓުތަކާއި، ފިހާރަތަކާއި، ހޮޓާތަކާއި. ޓޭކްއަވޭ އާ. ގޭސް އުފުލަދޭންށާ، ކުނި ނަގަންށާ، މިހެން ކިޔާނެ ކަމެއް ނެތް ހުރިހާ ކަމެއް ކުރަނީ އެ ޚިދުމަތްތެރިން،. އެމީހުން ނިދަން ވަންނަނީ ކުދި ގޮޅިތަކަށް. މިކަމާ ވިސްނަނީ ކާކު؟

The name is already taken The name is available. Register?

އަލިހަންދްރޯ

11 April 2020

ސިންގަޕޫރުގައި ދެވަނަ ބުރަކަށް ބަލި ފެތުރުނީ ބޭރު ކޮންސްޓްރަކްޝަން މަސައްކަތްތެރިން ދިރިއުޅޭ ތޮއްޖެހިފައިވާ ޑޯމެޓްރީތަކުގައި. ރާއްޖޭގައިވެސް ބޭރު މީހުން ދިރުއުޅޭތަންތަން ވަރަށް ނުރައްކާތެރި ގޮތަކަށް ހުރި ތަންތަން. މިކަމުން އިބުރަތްހޯދާ ރައްކާތެރިކަމުގައި ފިޔަވަޅުތައް އަޅަންޖެހޭ.

The name is already taken The name is available. Register?

ޢަހުމަދު އީސަ

11 April 2020

ޢެއޮއްބޮޑު ސިންގަޕޫރުގަ އެތައްމިލިޔަން ރައްޔަތުންނެއް އުޅޭ ސިންގަޕޫރުގަވެސް 200000 މަސައްކަތު ބިދޭސީ ލޭބަރުން މިކުޑަދިވެހިރާއްގެރައްޔަތުންވެސް 200000 ބިދޭސީ މަސައްކަތު މީހުވެސް 200000 އަދިވެސް

The name is already taken The name is available. Register?

ރެޑްމޭން

11 April 2020

އެއީ ޑޯމެޓްރީތަކުގައި ދިރިއުޅޭ ދެލައްކަ މީހުންގެ ވާހަކަ. ސިންގަޕޫރުގައި މަސައްކަތްކުރާ ބިދޭސީން މިލިއަނުން ގުނާލެވޭނެ..

The name is already taken The name is available. Register?

ސަސި

10 April 2020

މިކަހަލަ ކަމެއް މި މާލޭގަ ދިމާވެއްޖެ ހާލަތެއްގައި ވަރަށް ހިތާމަވެރި ހާލަތަކަށް ހިނގައިދާނެ

The name is already taken The name is available. Register?

ދިވެއްސެއް!

11 April 2020

ރާއްޖޭގައި އެއްކޮޓަރިއެއްގައިވެސް 50 މީހުން އުޅޭކަމަށް ބުނޭ! ސުބުހާނަﷲ!

The name is already taken The name is available. Register?

އިހުމާލު0000

10 April 2020

މިކަމުން އިބުރަތް ހާސިލް ކުރަކަށް ނުވޭބާ. ބިދޭސީން މި މާލޭގަވެސް ތޮއްޖެހިފަ. ފެތުރިއްޖެއްޔާ މުޅި މާލެ ދޮވެލާނެ ހާ ކުޑަތަނެއް މިޔަކީ.. މިހަރު ތެޅިފޮޅިގަނެގެން މިކަން ކުރަން އެބައުޅޭ އެކަމު ފެތުރުމުގެ ކުރިން ވާނެ ކަމެއް އަދިވެސް ނޭނގެ. މީގެ ކުރިން އެތައްބައެއްގެ އިހުމާލުން އަބަދުވެސް ކުރަން ކުރަން ތިއްބަ ނުވެފަ އޮންނަނީ. ތާހިރު ކަމެއްނެތް ކުޑަ ތަންތަނުގަ ވިއްސަކަށް މިހުން ގަނެތެޅޭކަން ބަޔަކަށް މި އިންގުނީ އަދި ބައްޔެއް ފެތުރެން ފެށީމަ.

The name is already taken The name is available. Register?

ބަޑީ

11 April 2020

މީކީ ނޭގޭ ކަމެއްނޫން. ސަރުކާރުތަކުގެ "ބޮޑު" އިހްމާލް. ރައްޔިތުމީހާވެސް ނެގުނު ހުރިހާ އެޑްވާންޓޭޖެއް ނަގާނެ، އެވަރިހަމަ ކޮންމެފަދަ ނުބަޔަކުން ވިޔަސްވެސް!! އެމީހުން ބުނީމަ "ސޮއި" ދީފަ ދެން ރޯޔަލްޓީ ލިބިލިބިތިބޭ އެތައް ދިވެހިންނެއްއުޅޭ. ރާއްޖެނޫނީ ގާނޫނާއި ގަވާއިދުތައް މިވަރަށް ލިޔެވިފަހުރި އެހެން ޤައުމެއް ހުރިހެނެއް ހިޔެއްނުވޭ އެކަމަކު މީގެން ކަމެއް ތަންފީޒް ކުރުމުގާ ދުނިޔޭގެ އެންމެ ނާތަހުޒީބު ޤައުމުތަކަށްވުރެން ހާލުދެރަ.

The name is already taken The name is available. Register?

ކިއުބިކް ޓޮރެވަލް

10 April 2020

މުޅިމާލެޔަށް ފެތުރިފައިވާ ޓޮމިޓަރީ ބިލްޑިންގ ތަކުން ނުކުންނަ ނަތީޖާ ވަރަށް ހިތިވާނެ މިފަހަރު ރާއްޖެއަށް މިބަލި ފެތުރިއްޖެއްޔާ.

The name is already taken The name is available. Register?

ހެޔޮ ދުއާ

11 April 2020

ﷲ އެގޮތަށް އިރާދަ ނުކުރައްވާށި .އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454