ކޮވިޑް-19: އެމެރިކާ އިން 24 ގަޑިއިރުތެރޭ 2،700 މަރު

ވޮޝިންޓަން (އެޕްރީލް 22) - ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގައި އެމެރިކާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 2،751 އަރާފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މިއީ އެމެރިކާ އިން އެއްދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެމެރިކާ އިން އިއްޔެ އެކަނި ވަނީ 25،985 މީހުން ޕޮޒިޓިވްވެފަ އެވެ.

ކޮރޯނާވައިރަހަސް ފެތުރެން ފެށި ފަހުން އެމެރިކާ އިން މިހާތަނަށް ވަނީ 819,175 މީހުން ޕޮޒިޓިވްވެ 45،343 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 82،073 މީހުންނެވެ.

އެމެރިކާގެ ހާލަތު އެންމެ ގޯސް ނިއު ޔޯކުން ވަނީ 256،555 މީހުން ޕޮޒިޓިވްވެ 19،653 މީހުން މަރުވެފަ އެވެ. ނިއު ޖާޒީން 92،387 މީހުން ޕޮޒިޓިވްވެ 4،753 މީހުން ވަނީ މަރުވެފަ އެވެ.

މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,565,477 މީހުން ޕޮޒިޓިވްވެ 177,778 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 696,781 މީހުންނެވެ.