ލަންކާގައި ތިބި ބިދޭސީންގެ ވިސާގެ މުއްދަތު އަންނަ މަހު 11 އަށް އިތުރުކޮށްދީފި

ކޮލަމްބޯ (މެއި 9) - ސްރީ ލަންކާގައި ތިބި ބިދޭސީންގެ ވިސާގެ މުއްދަތު އަންނަ ޖޫން މަހުގެ 11 އަށް އިތުރުކޮށްދީފައިވާ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ބުނެފި އެވެ.


ހުރިހާ ބާވަތެއްގެ ވިސާގެ މުއްދަތު މެއި 12 އިން ފެށިގެން 30 ދުވަހަށް އިތުރުކޮށްދިން އިރު މާޗް 7 އިން ފެށިގެން ޖޫން 11 އާ ދެމެދު މުއްދަތު ހަމަވާ ވިސާތަކަށް އޯވަ ސްޓޭ ޕެނަލްޓީއެއް ޗާޖެއް ނުކުރާނެ އެވެ. ވިސާ ޕޭމަންޓުގެ ކަންކަން https://eservices.immigration.gov.lk/vs ލިންކް މެދުވެރިކޮށް ޖޫން 11 ގެ ކުރިން ނިންމުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެ އެވެ. އިމިގްރޭޝަން ޑިޕާޓްމަންޓުން ކޮންމެ ދުވަހަކު ވެސް އެޕޮއިންޓް ދޭނީ ވަކި އަދަދަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންތީ ލަންކާ މިހާރު ވަނީ މާޗް 20 އިން ފެށިގެން ލޮކްޑައުންގަ އެވެ. އެޕްރީލް 27 އިން މެއި 4 އަށް އިތުރު ކުރި ލޮކްޑައުން މިހާރު ވަނީ މެއި 11 އަށް ދަންމާލައިފަ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 847 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.