އީކޭ ފްލައިޓެއްގައި ފިލާ އޮތް ޗައިނާ ކުއްޖަކު ފެނިއްޖެ

ބެއިޖިން (ޖޫން 1) - ޝަންހާއީ އިން ދުބާއީ އަށް މިދިޔަ ހުކުރު ދުވަހު ދަތުރުކުރި އެމިރޭޓްސް ފްލައިޓެއްގެ ކާގޯ ބައިގާ ފިލާ އޮތް ޒުވާން ފިރިހެން ކުއްޖަކު ފެނިއްޖެ އެވެ.


އެމިރޭޓްސް އިން ބުނިގޮތުގައި، ޗައިނާގެ ޒުވާން ފިރިހެން ކުއްޖާ ފެނިގެން މިހާރު ވަނީ ދުބާއީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

އެއާލައިނުން އެ ކުއްޖާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، ޗައިނާގެ ރަސްމީ މީޑިއާ ޒިންހުއާ އިން ބުނީ އެ ކުއްޖާއަކީ 16 އަހަރުގެ ޒޫ ކަމުގަ އެވެ.

"އަޅުގަނޑުމެން މިގެންދަނީ ދުބާއީ ފުލުހުންނަށް އެއްބާރުލުން ދެމުން. އެކަމަކު ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވޭކަށް ނެތް،" އެމިރޭޓްސް

ބޯޓުގެ މުދާ އުފުލާ ބައިގާ އޮތީ "ވަރަށް އަރާމުކޮށް ކަމަށް" އެ ކުއްޖާއާ ހަވާލާދީ ޒިންހުއާ އިން ބުނެފައިވެ އެވެ. އެކަމަކު ނުވަ ގަޑިއިރުގެ އެ ފްލައިޓުގައި އެ ކުއްޖާ އޮތީ އެއްވެސް އެއްޗެއް ނުކައި ކަމަށްވެ އެވެ.

ޒިންހުއާ އިން ބުނީ އެ ކުއްޖާ ދުބާއީ އަށް ދާން ވެގެން ފިލައިގެން ބޯޓަށް އެރީ "ދުބާއީގައި ސަލާންޖަހާ މީހުންނަށް ވެސް ވަރަށް ގިނަ ލާރި ލިބޭތީ" ކަމުގަ އެވެ.

"އަޅުގަނޑުމެން މިގެންދަނީ ދުބާއީ ފުލުހުންނަށް އެއްބާރުލުން ދެމުން. އެކަމަކު ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވޭކަށް ނެތް،" އެމިރޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުއްޖާ ބޯޓަށް އެރީ، ޝަންހާއީ އެއާޕޯޓުގެ ފެންސް މަތިން ފުއްމާލައިގެން، ސެކިޔުރިޓީ ގާޑަކު ނުބަލައި ހުރި ދަނޑިވަޅު ބަލާފައި ކަމަށްވެ އެވެ. --ބީބީސީ