އިންޓަނެޓް ކެނޑެން މެދުވެރިވީ މި ދެމަފިރިން ގެންގުޅޭ ޓީވީއެއްގެ ސަބަބުން
ވޭލްސްގެ އަވަށެއްގައި ކޮންމެ ދުވަހަކު ހެނދުނު އެއް ވަގުތެއްގައި ބްރޯޑްބޭންޑްގެ ހިދުމަތް މުޅި އަވަށުން ކެނޑޭތާ 18 މަސް ދުވަސް ފަހުން ސަބަބު ހޯދިއްޖެ އެވެ.
އިންޓަނެޓް ކެނޑޭ ސަބަބެއް ނުހޯދި އެތައް ކަމެއް ކުރި ފަހުން އިންޖިނިއަރުންނަށް އެނގުނު ގޮތުގައި އިންޓަނެޓް ކެނޑެނީ އަވަށުގެ ގެއެއްގައި ހުރި ސެކަންޑް-ހޭންޑް ޓީވީއަކުން ފޮނުވާ ސިގްނަލްތަކެއްގެ ސަބަބުންނެވެ. އެ ސިގްނަލުން އިންޓަނެޓް ކަނެކްޝަނަށް އިންޓަފިއާވަނީ އެވެ. މި ޓީވީ އަކީ ރިޓަޔާކޮށްގެން އުޅޭ ދެމަފިރިއަކު 30 ޕައުންޑަށް ގަނެގެން ގެންގުޅޭ އެއްޗެކެވެ.
އިނގިރޭސި ވިލާތުގެ ޑިޖިޓަލް ނެޓްވޯކް ހިންގާ އޯޕަންރީޗް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އިންޓަނެޓް ކެނޑޭ މައްސަލަ ދެނެގަނެތީ "ޑިޓެކްޓިވް އިންޖިނިއަރުން"ގެ ޓީމަކުންނެވެ.
އިންޓަނެޓް ކެނޑޭ ސަބަބު ހޯދަން އޯޕަންރީޗްގެ މުވައްޒަފުން އެބާހޯސަން އަވަށަށް އެތައް ފަހަރަކު ގޮސް އެކި ކަންތައް ކޮށްފައިވެ އެވެ. އެ މީހުން ވަނީ އިންޓަނެޓް ކޭބަލްތައް ވެސް ބަދަލުކޮށްފަ އެވެ. އެކަމަކު މައްސަލަ ހައްލެއް ނުވެ އެވެ.
ގޮތް ހުސްވެ ތަޖުރިބާކާރުންގެ ޓީމުުގެ އެހީ އަށް އެދުމުން އެ މީހުން ބެލި ކަންކަމަށް ފަހު ނިންމީ "ހައިލެވަލް އިމްޕަލްސް ނޮއިސް" ކިޔާ ފިނޯމިނާއެއްގެ ސަބަބުން އިންޓަނެޓަށް ބުރޫ އަރަނީ ކަމަށެވެ. މިއީ އެހެން ޑިވައިސްތަކުގެ އިލެކްޓްރިކަލް އިންޓަފިއަރެންސްގެ ސަބަބުން ބްރޯޑްބޭންޑް އިންޓަނެޓަށް ހުރަސްއެޅޭ ހާލަތެކެވެ.
މިކަން ދެނެގަތުމަށް އިންޖިނިއަރުން ބޭނުންކުރީ ސްޕެކްޓްރަމް އެނަލައިޒާ ކިޔާ ޑިވައިސްއެކެވެ. އަވަށުގެ އިންޖިނިއަރު މައިކަލް ޖޯންސް ނެރުނު ބަޔާނެއްގައި ބުނީ މި ޑިވައިސް ހިފައިގެން ހެނދުނު 6:00 ގައި ނުކުމެ އަވަށުގައި ހިނގައި އިލެކްޓްރިކަލް ނޮއިސްއެއް ދެނެގަނެވޭތޯ ބެލި ކަމަށެވެ.
މިގޮތަށް ބަލަނިކޮށް ހެނދުނު ހަތެެއް ޖެހުމާ އެކު ވަރުގަދަ އިލެކްޓްރިކަލް އިންޓަފިއަރެންސެއް ޑިވައިސް އަށް ލިބުނެވެ.
"މި އިލެކްޓްރިކަލް ނޮއިސް އަންނަ ދިމާލެއް ބަލަމުން ގޮސް ފެނުނީ ގެއެއް. އެ ގެ ބެލުމުން އެނގުނީ ކޮންމެ ދުވަހަކު ހަތެއް ޖެހުމާ އެކު އެ ގޭގެ މުސްކުޅި ޓީވީ ހުޅުވާކަން. އަދި އެއާ އެކު މުޅި އަވަށުން ބްރޯޑްބޭންޑް އިންޓަނެޓް ކެނޑޭކަން،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ މުޅި އަވަށު އެންމެންނަށް އިންޓަނެޓް ކެނޑެނީ ޓީވީގެ ސަބަބުންކަން އެނގުމުން، އެ ޓީވީގެ ވެރިމީހާ ވަރަށް އަޖައިބުވި ކަމަށެވެ. އެކަމަކު އެ މީހާ ވަނީ އެ ޓީވީ ދެން ބޭނުން ނުކުރަން އެއްބަސްވެފަ އެވެ. މިއާ އެކު، އިލެކްޓްރިކް އާލާތްތައް މި ޒަމާނަށް ފެތޭތޯ ޔަގީންކުރުމަށް ވެސް އާންމުންގެ ކިބައިން ވަނީ އެދިފަ އެވެ.
ޔޫކޭގެ ޓެލެކޮމް ރެގިއުލޭޓަ އޮފްކޮމް އިން މި އަހަރު ކުރީކޮޅު ވަނީ މައިކްރޮވޭވްގެ ސަބަބުން ވެސް ވައިފައި ސިގްނަލް ދަށްވާނެ ކަމަށް ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 September 2020
ރާއްޖޭގައި ތިޔަ މައްސަލް އަށްވުރެ ބޮޑީ އިންޓަރނެޓް ( ސަބްމެރިން ) ގައި ވޮށިމަސް ދަތް އަޅުމެވެ. ނެޓް ކެޑި ނެޓް ސްލޯވަނީ އެހެން ވީމާ ތޯއްޗެއް. ދެން އޮތީ ރައީސްގެ ވައުދާ އެއްގޮތަށް ނެޓް ހެޔޮކުރުން. އެއީ ތިނޯހެއްގެ ފަގައިން މަހާ ޖައްރާފު ވަދެ ނުކުތުން ޒާތު ދަތި ކަމެއް .
ކައުންސެލަރު
24 September 2020
ހަމަ މިކަހަލަ އިންޓަރފިއަރަންސެއް ރާއްޖޭގެ މިނިވަންކަމަށް އަރަމުން މިދަނީ. އައްޑޫ ސިޓީ، ލ އަތޮޅު އަދި ހދ އަތޮޅުގަވެސް މިއިންޓަރފިއަރަންސް އަރަންފަށާފަ އޮތީ. މިއީ ކިހިނެއް ކޮންގޮތަކަށް އަރަމުންއަންނަ އިންޓަރފިއަރަންސެއްކަން އެންމެންނަށްވެސް އެނގޭ. މިއިންޓަރފިއަރަންސް އެރުން ހުޓުވެންއޮތީ ދިވެހިން ފިސާރި ކެރިގެން.
އިއްސެބެ
24 September 2020
ސިޔާސީ ނޫން ވާހަކައެއް ކިޔާލަން މި އާޓިކަލް ކިޔާލީ. އެވަރުންވެސް މީހަކު ކޮމެންޓް ސެކްޝަން ސިޔާސީ ކޮށްފި. 24/7 ސިޔާސީ ނުވެބަލަ. ބައްޔަކަށް ވެދާނެ.
ޫވުބު
24 September 2020
މަ މިއާޓިކަލް އެއްކޮއްކިޔާމިނިންމާލީ ހަމައެކަނި އިންޓަނެޓްކެނޑޭ ސަބަބުހޯދަން. މުޅިއާޓިކަލްކިޔާ ނިންމާލީމަ މިއެނގުނީ ސަބަބު ފޮޓޯގެ ކެޕްޝަންގަވެސް އެބައިންކަން. މިތަނުގަ ލިޔުންތެރިޔާ މިއިނީ ދެއޮޕްޝަންދީފަ. ބދވ v އިންޓްރަސްޓިންގ ލިޔުމެއް ނިއުމަތުﷲ އިދުރީސް
އަހަންމާފުތާ
24 September 2020
ތިކަހަލަ ގޮތްނޭގޭ ގޮތެއް މި މާލޭގެ އިންޓަރނެޓައްވެސް އެބަވޭ. އިވޭ އަޑުތަކުން ދޭހަވަނީ ސައުތް ކޮރެއާއެކޭ އެއްފަދަ ޚިދުމަތެއް ލިބޭހެން. އެކަމަކު ތަޖުރިބާ ކުރެވެނީ އެހެނެއްނޫން.
އުދުހޭ
23 September 2020
ދިވެހިރާއްޖޭގާނަމަ ލާހިކެއްނޫން ތިޔަ އެއްޗެއް ހޯދާކަށް. ދެމަނިފިރިން މަރުވަންދެން ތިބެން ޖެހޭނީ.
މިއުރާޖް
24 September 2020
އުރީދޫ އަދި ދިރާގމީހުން މާމޮޅުވާނެ ތިކަހަލަ ކަންކަން ހައްލުކޮށްލަން..
ހަނު ހުންނަ މީހާ
23 September 2020
ވަރަށްދެރަ މަގޭ ޅަ ސިކުޑި ވާނުވާގަ. ވަރަށް ތަފުސީލުކޮށް ކިޔާދީބަލަ. ޓީވީ ހުޅުވީމަ އިންޓަރނެޓް ކެޑެންޖެހޭ ސަބަބު ތަފްސީލުކޮށް ކިޔާދީބަލަ
ޖަގަޑާ
23 September 2020
ތިޓީވީ ބަހައްޓަން ޖެހޭނީ ރައީސް މީހާ ކާރު ފަހަތުގަ އޮންނަ ޖީޕުގާ... ތީ ފައްކާ ނެޓްވޯކް ޖޭމަރެއް.
ޯިކޮމެންުޓު
23 September 2020
ނަސީބެއް މިގައުމަށް ނުވިކަން... އެހެންނަމަ ދެމަފިރިން ގަތުލުކޮށް ޓީވީގަނޑު ތަޅާލީސްކަން ކަށަވަރު...
ޙަމަޖެހޭ
23 September 2020
މި އިންޑިއާ މީހުނެއްނޭ
ވަހީދު
23 September 2020
ތީ ވަރަށް ޤަބޫލު ކުރަން ދަތި ވާހަކައެއް. އެހެނީ ޓީވީ އަކީ އަޑާއި މަންޒަރު ރިސީވު ކުރާއެއްޗެއް. އެއްގޮތަކަށް ވެސް ޓީވީން އެހެން ޑިވައިސް އަކަށް އަޑާއި މަންޒަރު ފުނުވައިނުދޭނެ.
ރާވެރިބޭބެ
23 September 2020
މިއޮތީ ފައްކާ ރޯނުއެދުރެއްގެ ބަސް.
މުލޭ
23 September 2020
ދެން އެ މުސްކުޅި ދެމަފިރިންނަށް އިންޓަނެޓް ކުންފުނީގެ ފަރާތުން ޓީވީ އެއް ދިންނަމަ ދޯ.
މޯޑު ހދ
23 September 2020
އާދޯ ނުދިނީމަ ވަރައްދެރަވެއްޖެ
ގުދޯ ގުދޯ
24 September 2020
ދިނޭ ދިނޭ ދިނޭ.. މިނޫހުގަ ނެތަސް އެބުނާ ބަޔާނުގަ އޮތްކަމަށްވަނީ..