ޖޯ ބައިޑަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން (ނޮވެމްބަރު 21) - އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމުން ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލް ނުކުރައްވައި ގަދަ ދެއްކެވުމަކީ ޑިމޮކްރެސީ އަށް މީހުން ކުރާ އިތުބާރު ގެއްލުވާލުން ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
އުފަން ސްޓޭޓް ޑެލަވެއާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިންތިޚާބުން ކުރި ހޯއްދެވި ބައިޑަން ވިދާޅުވީ މުޅި ދުނިޔެ އަށް ވެސް ޓްރަމްޕް އެ ދެއްވަނީ ވަރަށް ގެއްލުން ބޮޑު މެސެޖެއް ކަމަށެވެ.
"އެ މީހާ (ޓްރަމްޕް) ވިސްނަވާ ގޮތް ދެނެގަންނަން ވެސް އުނދަގޫ. އެކަމަކު އިންތިޚާބުން މޮޅު ނުވާކަން ޓްރަމްޕް ގަބޫލް ކުރައްވާނެކަން ޔަގީން. މޮޅުވާކަށް ވެސް ނެތް. އަޅުގަނޑުމެން މި ދަނީ ޖެނުއަރީ 20 ގައި ހުވާކުރަން ތައްޔާރުވަމުން،" ބައިޑަން ވިދާޅުވި އެވެ.
ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ވެސް ޓްރަމްޕަށް ވުރެ ގާތްގަނޑަކަށް ހަ މިލިއަން ވޯޓު ބައިޑަން އިތުރަށް ހޯއްދެވި ނަމަވެސް ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ބަލިވިކަން ގަބޫލް ކުރައްވަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
އެންމެ ފަހުން ޖޯޖިއާގެ ފަސް މިލިއަނެއްހާ ވޯޓު އަލުން ގުނުމުން ވެސް ބައިޑަން ވަނީ އެ ސްޓޭޓުން 12،284 ވޯޓުން ކުރި ހޯއްދަވައިފަ އެވެ. މިއީ ވޭތުވެދިޔަ ތިރީހަކަށް އަހަރު ތެރޭ ޖޯޖިއާގެ ވޯޓު ޑިމޮކްރެޓިކް ކެންޑިޑޭޓަކު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ބައިޑަން ވިދާޅުވީ އެމެރިކާގެ ތާރީޚުގައި ޓްރަމްޕުގެ ނަން ލިޔެވިގެންދާނީ އެންމެ ޒިންމާދާރުކަން ކުޑަ ރައީސްގެ ގޮތުގައި ކަމަށެވެ.
އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް އިންތިޚާބާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ ނިމިގެން ދިޔައީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙުސަންބޭ
21 November 2020
ޓްރަމްޕަކީ ވެރިކަންކުރެވޭވަރުގެ ސިކުނޑިއެއް ހުރިމީހެއްނޫންކަން މިހާރު އެމެރިކާގެ ރައްޔިތުންނަށް ވިސްނޭނެއެވެ. ކުރިން ވޯޓުދިންމީހުން އެކަން ނުދަންނަނީކަމަށްވެދާނެއެވެ. ޓްރަމްޕް ފެނުމުންވެސް ކުޑަވައްތަރެއްގެ މޮޔަކަމެއް ހުންނަހެން ހީވެއެވެ.
އިސްމާލުކަލޭފާނު
21 November 2020
އަހަރެމެން އެންމެ ފުރަތަމަވެސް ނުބަލަން އެމެރިކާއަކީ ޑިމޮކުރެޓިކު ގައުމެއްކަމަކަށް، ވަކިކެންޑިޑޭޑަކު އިންތިޚާބު ބަލައިގަތަސް ނުގަތަސް. ސަބަބަކީ ރައްޔިތުން ވޯޓުންދީގެން ހޮވިޔަސް އެންމެފަހުން ރައީސް އެމަގާމަށް ގެންނަނީ 538 މީހުން ނިންމާގޮތަކުން.