ބަލްގޭރިއާގައި މޮޑާނާގެ ވެކްސިން މިއަދު ދެނީ. --ފޮޓޯ:އޭއެފްޕީ
ޖެނީވާ (ޖެނުއަރީ 14) - ކޮރޯނާވައިރަހާ ދެކޮޅަށް މުޅި ދުނިޔޭގައި މިހާތަނަށް 28 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކަލް ރަޔަން ވިދާޅުވީ 46 ގައުމަކުން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި ކަމަށެވެ. އޭގެ ތެރޭން 38 ގައުމަކީ އެންމެ މަތިން އާމްދަނީ ލިބޭ ގައުމުތައް ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް ވަނީ 28 މިލިއަން ޑޯޒް ދީފައި. އޭގެ ތެރޭގައި ތަފާތު ފަސް ވެކްސިން ހިމެނޭ،" ޑަބްލިއުއެޗްއޯގެ ސޯޝަލް މީޑިއާ އިވެންޓެއްގައި ރަޔަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ވެކްސިންގެ ޕްރޮގްރާމް ފަށާފައިވާ 46 ގައުމުގެ ތެރޭގައި މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތެރޭން ހިމެނެނީ އެންމެ ގައުމެއް ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 2019 ގައި ފެނުނު ވައިރަހަށް މިހާތަނަށް ވަނީ 92,799,635 މީހުން ޕޮޒިޓިވްވެ 1,987,310 މީހުން މަރުވެފަ އެވެ.
ރަޔަން ވިދާޅުވީ ދެވަނަ އަހަރަކަށް އެޅިއިރު، ބަލިފެތުރޭ ގޮތުގެ ޗާޓަށް ބަލާއިރު އިތުރަށް އުނދޫވުން އެކަށީގެންވާ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދެންވެސްކިޔާ
14 January 2021
ކަލޯ ކުރާން ނޭންގެ ތި ހާވާ ނުހާވައެއް މިހާރު ހީވާކަހަލަ މުއްސަނދި ގައުމުތައް އިތުރައް މުއްސަނދިވެ ފަގީރު ގައުމުތައް އިތުރައް ފަގީރު ކުރުވަން އުފައްދާގެން އުޅޭ ވައިރަަސް އަކާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ވެކްސިންނެއްހެންވެސް.
ކުރާން
14 January 2021
ޑޯޒްތައް ހަމަކޮށްފައިވާ އަދަދުތޯ އެއީ؟؟ފުރަތަމަ ޑޯޒް ޖަހާފަ 2ވަނަޑޯޒް ޖަހަނީ ކިހާދުވެއް ކޮށްފައިތޯ؟