ފައިޒާ އާއި ބަޔޯއެންޓެކްގެ ވެކްސިން ސްޓޯކޮށްފައި ބަހައްޓަން ޖެހޭނީ 70- ޑިގްރީ ސެލްސިއަސްގައި. --ފޮޓޯ:ގެޓީ އިމޭޖަސް
22 ފެބުރުއަރީ 2021 - 12:43
ވޮޝިންޓަން (ފެބްރުއަރީ 22) - ފައިޒާ/ބަޔޯއެންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދު ކޮރޯނާވައިރަހުން 85 ޕަސެންޓް ދިފާއުކޮށްދޭ ކަމަށް މެޑިކަލް ޖާނަލް ލާންސެޓުން ބުނެފި އެވެ.
އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިޒްރޭލުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ހެލްތުވޯކަރުންގެ މެދުގަ އެވެ. ޑިސެމްބަރު 19 ގައި ފައިޒާ ވެކްސިން ދޭން ފެށި، އިޒްރޭލުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ. އިޒްރޭލުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ އެއް ހަފުތާ ފަހުން 95 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ. މެޑިކަލް ޖާނަލްގެ ރިޕޯޓް ބިނާކޮށްފައި ވަނީ ތެލް އަވީވްއާ ކައިރީގައިވާ ޝީބާ ހޮސްޕިޓަލްގެ 9،000 އަށް ވުރެ މެޑިކަލް ސްޓާފުން ބޭނުންކޮށްގެން ހެދި ދިރާސާއަށެވެ.
އެ ގްރޫޕުން 7،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒްދީފަ އެވެ. ބާކީ ތިބި މީހުންނަށް ވެކްސިނެއް ނުދެ އެވެ. އޭގެ ތެރޭން ބަލީގެ އަލާމާތްތައް ފެނުނު މީހުން ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވެފައިވާ މީހުންގެ ތެރޭން ޓެސްޓް ހެދުމުން ޕޮޒިޓިވްވެފައި ވަނީ 170 މީހުންނެވެ. ޝީބާ ދިރާސާ އިން ދެއްކި ގޮތުގައި ވެކްސިން ދިންތާ 1-14 ދުވަހާ ދެމެދު 47 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. އަދި 15-28 ދުވަހާ ދެމެދު 85 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ.
އިޒްރޭލުގެ ނުވަ މިލިއަން މީހުންގެ އާބާދީގެ ތެރޭން ގާތްގަނޑަކަށް 4.5 މިލިއަން މީހުންނަށް މިހާރު ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒްދީފަ އެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން 2.85 މިލިއަން މީހުންނަށް ވަނީ ދެ ވަނަ ޑޯޒްދީފަ އެވެ.
ފައިޒާ އިން ބުނެފައި ވަނީ ކުރިއަށް ވުރެ ހޫނު ޓެމްޕަރޭޗަރެއްގައި ވެސް މިހާރު ވެކްސިން ސްޓޯކުރެވޭނެ ކަމަށެވެ. ފައިޒާ އިން ބުނީ 25- އާއި 15- ދެމެދުގެ ޑިގްރީ ސެލްސިއަސް (13- އާއި 5- ފެރަންހަންޓް) އާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ވެކްސިން ސްޓޯކޮށްފައި ބެހެއްޓުމުގެ ހުއްދަ އަށް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަންގައި އެދިފައިވާނެ ކަމަށެވެ. މިއީ ފާމަޝޫޓިކަލް ފްރީޒާރުތަކުގައި އާއްމުކޮށް ހުންނަ ޓެމްޕަރޭޗަރެވެ.
މިހާރުގެ ގައިޑްލައިންގެ ދަށުން ފައިޒާ ވެކްސިން ސްޓޯކުރެވޭނީ 80- އާއި 60- ޑިގްރީ ސެލްސިއަސްއާ ދެމެދު ފަސް ދުވަހަށެވެ. އެހެންވެ ފައިޒާ ޝިޕްކުރަން ޚާއްސަ އަލްޓްރާ-ކޯލްޑް ކޮންޓެއިނަރުތަކާއި ސްޓޯކުރުމަށް ޑްރައި އައިސް ބޭނުންވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޑޯ އާދަނު
22 February 2021
އިންޑިޔާ ވެކްސިން ގެ ފުރަތަމަ ޑޯޒުން ކިހާވަރެއްގެ ރައްކާތެރިކަމެއް ލިބޭ ؟
އިމިއުނިޓީ
22 February 2021
އެއީ އިންޑިޔާ ވެކްސިނެއްނޫން. އެއީ އޮކްސްފޯޑުގެ ސައިންޓިސްޓުން އުފެއްދި ވެކްސިނެއް. ދުނިޔޭގެ އެންމެ ބޮޑު ވެކްސިން މެނުފެކްޗަރާ ސެރަމް އިންސްޓިޓިއުޓުން އުފެއްދި ޑޯޒްތަކުން 90% ރައްކާތެރިކަން ލިބޭކަމަށް އެންމެ ފަހުގެ ދިރާސާތަކުން ހާމަވަނީ.
ތަރި
22 February 2021
މި ވެކްސިން ރާއްޖެއަށް ގެނެވެނީ ކޮންއިރަކުންތަ
އައްޔުބޭ
22 February 2021
އަހަރެމެން ދިވެހިންވެސް ބޭނުންވަނީ ފައިޒަރ ، ދިވެހިންނަކީ ބާޒާރުގައި ހުންނަ އެންމެ ކޮލިޓީ އެއްޗިހި ބޭނުންކުރާ ބައެއް، ދިވެހިންގެ ތެރެއިން ފައިޒާ ޖަހަން ބޭނުންވާ ފަރާތްތަކަށް ފައިޒަރ ގަންނަން ލިބޭގޮތަށް ނަމަވެސް ހެދުން ރަގަޅު.
އެވެކްސިން
22 February 2021
ދޮންކަލޯ މިވަގުތު ރާއްޖޭގައި ޖަހަނީ ބާޒާރުގައި ލިބެންހުރި އެންމެ ކޮލިޓީ އެއް ވެކްސިން.
އަބޫބަކުރުބޭ
22 February 2021
އަލްޙަމްދުލިﷲ.