ދުނިޔެ / ކޮވިޑް-19

މި އަހަރު ވެސް ކޮވިޑް ނައްތާނުލެވޭނެ: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔަން. --ފޮޓޯ:ދަޓައިމްސް

ޖެނީވާ (މާޗް 2) - މި އަހަރު ވެސް ދުނިޔެ އިން ކޮވިޑް-19 ނައްތާނުލެވޭނެ ކަމަށާއި އެ ބައްޔާ އެކު އަދިވެސް ދުވަސްތަކަކު އުޅެން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ބަލި ނައްތާނުލެވުނު ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށެވެ. އަދި ހަތް ހަފުތާ އަށް ފަހު ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވީ ނަމަވެސް ކޮރޯނާވައިރަސް މި އަހަރު ތެރޭ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ރަޔަން އުއްމީދު ކުރައްވަ އެވެ.

"މި އަހަރު ނިމޭއިރު މި ވައިރަސް ނައްތާލެވޭނެ ކަމަށް ބުނުމަކީ ހަގީގަތާ ވަރަށް ދުރު ކަމެއް. އެކަމަކު މި ރޯގާ ބަލިމަޑުކަމާ ގުޅިފައިވާ ހިތާމަވެރިކަންކަން މަދު ކުރެވިދާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށާއި އާ ވޭރިއަންޓްތައް އުފަންވުން މަދު ކުރުމަށް ކަމަށެވެ. ހެލްތުކެއާ އަދި ފްރަންޓްލައިން ސްޓާފުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ވެކްސިން ޖެހުމަކީ ވެސް ބަލީގައި ނުރައްކާތެރި ހާލަތަކުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށް ރަޔަން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔުސެސް ބޭނުން ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އުޅޭ ހެލްތުކެއާ ވޯކަރުން މި އަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެކްސިން ޖެހުމެވެ. މިހާރު ބާކީ އޮތީ 40 ވަރަކަށް ދުވަހެވެ. ކޮވެކްސް ޕްރޮގްރާމުގެ ތެރޭން ފުރަތަމަ ވެކްސިން ގާނާ އާއި އައިވަރީ ކޯސްޓުގައި ޖަހަން ފަށާފައިވަތީ ޓެޑްރޯސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

"ފަގީރު ގައުމުތަކުގެ ހެލްތުކެއާ ވޯކަރުންނަށް ވެކްސިން ޖަހަން ފެށުމަކީ ހިތްވަރު ލިބޭ ކަމެއް. އެކަމަކު މުއްސަނދި ގައުމުތަކުގައި ވެކްސިން ޖަހަން ފެށިތާ ތިން މަސް ފަހުން ފަގީރު ގައުމުތަކުގައި ވެކްސިން ޖަހަން ފެށުމަކީ ހިތާމަކުރާ ކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިވް

03 March 2021

ވެކްސިންޖެހިއަސް ކޮވިޑްޖެހޭނަމަ އެމީހާއަށް ބަލީގަ އެފަހަރު ބޮޑުވަރުނުވިއަސް ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އަރަމުންދާނީ. ވައިރަސް ބަދަލުވަނީ ފެތުރޭލެއް ގިނަ ކަމުންނަމަ ވެކްސިނަކީ އެ ފެތުރުން ހުއްޓުވާނެކަމެއް ނޫން. ވެކްސިންޖަހައިގެން ހުރީމަ ވައިރަސް އަރައިގެން އަސަރުނުކުރާނަމަ އެފަދަ ބަޔަކަށް ވައިރަސް އެރުމުން އެ ހަށިތަކުން އިތުރަށް އޭތި ދަސްކުރާނެ ކަންކަން ލިބޭނެ. ވެކްސިންޖެހުމުން ޕީސީއާރްއަށް ނޭރުމަކީ އެ ފެތުރުމަށް ލިބޭ ހިތްވަރެއް

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454