30 ނޮވެމްބަރ 2022 - 09:01
ފިރިހެނުންގެ ވޯލްޑް ކަޕުގެ މެޗަކަށް އިންސާފުކުރާ ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ފްރާންސްގެ ސްޓެފަނީ ފްރަޕާޓް އަށް މާދަމާރޭ ލިބޭނެ އެވެ.
އޭނާ ރެފްރީކަންކުރާނީ، މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ޖަރުމަނާއި ކޮސްޓާ ރިކާ ބައްދަލުކުރާ މެޗުގަ އެވެ.
ގަތަރުގައި ކުރިއަށްދާ މުބާރާތަށް ފީފާ އިިން ނެގި 36 ރެފްރީންގެ ތެރޭގައި ފްރަޕާޓްގެ އިތުރުން އަންހެން ދެ ރެފްރީން ހިމެނެ އެވެ. އެއީ ރުވާންޑާގެ ސަލީމާ މުކަންސަންގްނާ އާއި ޖަޕާނުގެ ޔޮޝިމީ ޔަމަޝިޓާ އެވެ. އަދި އެސިސްޓަންޓް ރެފްރީންގެ ގޮތުގައި އިތުރު ތިން އަންހެނުން ހިމެނެ އެވެ.
އުމުރުން 38 އަހަރުގެ ފްރަޕާޓް އަކީ، ފްރާންސް ލީގުގައި ރެފްރީކަންކުރި ފުރަތަމަ އަންހެން ރެފްރީ ވެސް މެ އެވެ. އެ ޝަރަފް ހޯދި 2019 ވަނަ އަހަރު އޭނާ ވަނީ އަންހެނުންގެ ވޯލްޑް ކަޕުގައި ވެސް ރެފްރީކަންކޮށްފަ އެވެ.
ފްރަޕާޓް ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕް ފައިނަލް މެޗާއި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މިދިޔަ ސީޒަނުގެ ފްރެންޗް ކަޕުގެ ފައިނަލުގައި ވެސް އޮފިޝަލްކަންކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީން މަހައްދޭ! ކަނބަލުން އެހެރަ އުދުހެނީ!
30 November 2022
ދީނުގައި މިކަންއޮތީ ކިހިނެތް؟ މިސުވާލު ކުރަންޖެހެނީ ދީނޭ ކިޔައިގެން މިއުޅޭ ޙާބީންގެ އުދަގޫ ހުރިހާ ދިވެހިންނައް ޖެހޭތީވެ. ފައިއަޅާ ގޮތަކައް، ދަތް އުނގުޅާގޮތައް، ބޭންކް ލޯނު ކަންތަކުގައި، އަމިއްލަ ވަގުތު ހޭދަކުރުމުގައި، މި ހާބީން ނައް އެގޭނެ އެހެން އެންމެން ކަންކުރަންވާނެގޮތް. ދުފާއިރު ފޯއްފޮތި ހޮވާހެން ދީނުގެ ކަންކަމުގައި ކަންކަން ހޮވާލާފަ ބިރުގަންނަވައިގެން އެކަން ކުރުވާފަ، ކިތަންމެ ސޮރީހަކޮން އޮތަސް، ބެނުންނޫން ކަމެއް ބަލާވެސް ނުލާތިބޭތީވެ!
ށަވިޔަނި
30 November 2022
އެއީ މުސްލިމުންނެއްނޫން. ދެން މިތާ ކޮމެންޓްކުރާއިރު އެވާހަކަ ދައްކަނީ ކީއްކުރަން. އިހަށްދުވަހު ރަހުމަތްތެރިއަކު ވީޑީއޯ އެއް ފޮނުވި. ޝައިޚު ބުނީ ފުޓުބޯޅަ ބެލުން ޙަރާމޭ. ޚާއްޞަކޮށް އަންހެނުން. ރަސޫލު ޒަމާނުގައި އޮތް ކުޅިވަރެއް ނޫން. ދެން ފުޓްބޯޅަ ބެލުން ޙަރާމްވަނީ ކިހިނެއް. މީހުން ނަފްރަތުވާގޮތަށް ނޫން ގޮތަކަށް ދީނީ ވާހަދައްކަންނޭގޭބައެއް. ހަރާމް ނުކޮށް ބުނެބަލަ. އެވަގުތު ދަރުމަލިބޭ ކަމެއްކުރުން މާރަނގަޅުވާނެއޭ.
އެޑްމުންޑޯ
30 November 2022
ޝައިޚުންނޭކިޔާގެން ދޮގުވާހަކަ ނުދައްކާ ، ޝައިޚުން އެބުނަނީ ކުޅިވަރަކުޅުނަސް އަދި އހެންކަމެއްކުރިއަސް އިސްލާމްދީނުގެ އިމުގެތެރެއިން އެކަމެއްކުރާށޭ ، ދުނިޔޭގެ ހުރިހާ މުސްލިމް ގައުމު ތަކެއްގާވެސް ފުޓްބޯލް ކުޅޭ އަދި ފުޓްބޯލް ލީގުތަށް ކުރިއަށް ދޭ ، އެއީ ހަރާމްކަމަކޭނުކިޔާ ، ކޮންމެ ކުޅިވަރެއްކުޅުނަސް އިސްލާމްދީނުގެ މަތިވެރި އަޚްލާގާއި ސުލޫކް ހިފައްޓަންޖެހޭނެ ، އިސްލާމްދީނަށް މީހުންނަފްރަތުވާ ތިފަދަ ދޮގު ވާހަކަދެއްކުމަކީ ޔަހޫދީ ސިފައެއް،
ޖަލީލީ
30 November 2022
މިންތީގެ ހަމަހަމަކަން އޭގެ އެންމެ މަތީ ފެންވަރުގަ ހުޅަނގުން ހޯދައިދޭން މަސައްކަތް މި ކުރަނީ. ދުވަސް ކޮޅަކުން މިކްސްޑް ފުޓްބޯލް ވެސް ތައާރަފުކޮށްފާނެ އަންހެނުންނާއި ފިރިހެނުން ޓީމް ތަކުގައި ހިމަނައިގެން. ކަނބަލުން ނަށް ތަހުޒީބާއި މިނިވަންކަން ދިނީ މާތްވެގެންވާ އިސްލާމުދީނުން.
ރަދީފުގެ ބަސްފޮތް
30 November 2022
ކަނބަލުން ގެ މާނަ އެނގޭތަ! ދިވެހި ބަސް ދަސްކޮށްބަލަ ކޮމެންޓުކުރުމުގެ ކުރިން
ކާއްޓޭ
30 November 2022
އެންމެފުރަތަމަ ތިކަންކޮށްފާ މިއޮތީ މުސްލިމުން. ދެން އެކަކަށް އެކައްޗެއްވެސް ނުކިޔޭނެ.
ޤަސް
30 November 2022
ޚަބަރު ރަނގަޅަށް ކީންތަ؟ އެޔޮތީ ބުނެފަ ފީފާއިންނޭ ނެގީ. މުސްލިމުންނަށް ދެރަބަހެއް އެދެނީކީނޫން އެކަމު ހަބަރުގައި އޮތްގޮތް މިބުނީ.
ފަގުޑި
30 November 2022
އޭ ކާއްޓޭ، ކޮންމެ ކަމަކައް ދީނާއި ހަވާނަފްސު ނުގެނެބަލަ.
ރަދީފްއޮފިޝަލް
30 November 2022
ފީފާއިން ދޯ މެޗު އޮފިޝަލުން ކަނޑައަޅަނީ!!.އެއީ ހޯސްޓް ނޭޝަންގެ އެއްވެސް ނުފޫޒެއް އޮވެގެން ކުރެވޭނެ ކަމެއް ނޫން.މިއީ މަށަށް އެނގޭ މިންވަރު.މިއަށްވުރެ ބޮޑަށް މިކަމުގެ މައުލޫމާތު ހުރި ބޭފޫޅުން ތްރެޑް ކުރިއަށް ގެންދަވާ.ވ.ވ.ވެދުން