ކުޅިވަރު / ފްލޮރެންޓީނޯ ޕެރޭޒް

މިހާރު އެއީ ރެއާލުން ބޭނުންވި އެމްބާޕޭއެއް ނޫން: ޕެރޭޒް

ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް: އާނާ ބުނީ ކިލިޔަން އެމްބާޕޭގެ އުސޫލުތައް ބަދަލުވެފައިވާ ކަމަށް --- ފޮޓޯ: ރޮއިޓަސް

16 ޖޫން 2022 - 11:38

10 comments

މެޑްރިޑް (ޖޫން 16) - ކިލިޔަން އެމްބާޕޭ ކުރިން ހިފެހެއްޓި އުސޫލުތައް މުޅިން ބަދަލު ވެއްޖެ ކަމަށާއި، މިހާރު އެ ހުރި އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން ބޭނުންވި އެމްބާޕޭ އެއް ނޫން ކަމަށް، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލުން އެމްބާޕޭ ސޮއި ކުރުވަން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ މިދިޔަ މަހު، ފަހު ކޮޅު ޕީއެސްޖީގައި މަޑު ކުރަން ނިންމައި ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ، އޭނާ ދަންނަ އެމްބާޕޭ އަކީ ހުވަންތަކެއް ހާސިލު ކުރުމަށް އުންމީދު ކުރި ކުޅުންތެރިޔެއް ކަމަށެވެ. އެކަމަކު މާލީ ނުފޫޒުގެ ސަބަބުން އެމްބާޕޭގެ އެ އުސޫލުތައް ބަދަލު ވެފައިވާ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ދަންނަ އެމްބޭޕޭގެ ހުވަފެނަކީ ރެއާލް މެޑްރިޑަށް ކުޅުން. އަހަރެމެން ބޭނުންވި މިިދިޔަ އަހަރު އޯގަސްޓް މަހު އެކަން ފުރިހަމަކުރަން. އެކަމަކު އެމީހުން [ޕީއެސްޖީން] އޭނާ ދާން ފުރުސަތެއް ނުދިން. އޭނާ ބުނަމުން ދިޔައީ ދާން ބޭނުންވީ ރެއާލް މެޑްރިޑަށް ކަމަށް. އަބަދު ވެސް އޭނާ ދިޔައީ އެހެން ބުނަމުން. ހުރިހާ ކަމެއް ބަދަލުވީ އެންމެ ފަހު 15 ދުވަސް ތެރޭ،" ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވި އެވެ.

"މިހާރު މީ އަހަރެމެން ގެންނަން ބޭނުންވި އެމްބާޕޭއެއް ނޫން، މިހާރު އެއީ އެހެން އެމްބާޕޭއެއް. އޭނާ ދެކެމުން އައި ހުވަފެންތައް ބަދަލު ވެފައިވާ އެމްބާޕޭއެއް. އޭނާ މުޅިން ބަދަލު ވެއްޖެ. އޭނާ އަށް އެހެން ކަންކަން ވެސް ހުށަހެޅި. އޭނާ އަށް ޕްރެޝާ ކުރިމަތި ކުރި. މިހާރު ވެސް އެއީ އެހެން ކުޅުންތެރިން ކަހަލަ ކުޅުންތެރިޔެއް. ރެއާލް މެޑްރިޑްގައި އަހަރެމެން ދަމަހައްޓާ އުސޫލަކީ ކްލަބަށް ވުރެ މަތީގައި ހުންނާނެ ހަމަ އެކަކު ނުހުންނާނެ ކަން."

ކިލިޔަން އެމްބާޕޭ: ޕެރޭޒް ވިދާޅުވީ އެމްބާޕޭގެ އުސޫލުތައް ބަދަލުވީ މާލީ ނުފޫޒުގެ ސަބަބުން ކަމަށް --- ފޮޓޯ: ޝަޓާ ސްޓޮކް

ޕެރޭޒް ވިދާޅުވީ، އެމްބާޕޭ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެހެން ކުޅުންތެރިންނަށް ވުރެ ފަރުދީ ގިނަ ކާމިޔާބުތަކެއް ވެސް އޭނާ އަށް ހޯދިދާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އެކަމަކު ފުޓްބޯޅަ އަކީ ގުޅިގެން ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބުތަކެއް، އަހަރެމެންގެ ކްލަބްގައި ހުރޭ އަހަރެމެން ބަލައި ގަނެ ގަބޫލުކުރާ އުސޫލުތަކެއް އެކަންކަން އަހަރެމެންނަށް ގުރުބާން ނުކުރެވޭނެ،" ޕެރޭޒް ވިދާޅުވި އެވެ.

ޖޫން 2025 ގެ ނިޔަލަށް، އެމްބާޕޭ ޕީއެސްޖީ އަށް ސޮއި ކުރުވީ އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާ އަކު 789,000 ޑޮލަރު ދޭގޮތަށެވެ. އެމްބާޕޭގެ އުސޫލުތައް މިހާރު ބަދަލުވެފައި ވުމުން، އޭނާ ދެން ސޮއި ކުރުވުމަށް ރެއާލުން މަސައްކަތް ނުކުރާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ގެންނަން ބޭނުންވި މި އެމްބާޕޭއެއް ނޫން. އެހެންވީމާ އަހަންނަށް ރަނގަޅީ މި އެމްބާޕޭ ޕީއެސްޖީގައި ދެމި ހުރެއްޖެއްޔާ،" ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ދަންނަ އެމްބާޕޭ މަސައްކަތް ކުރާނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި އޭނާގެ ހުވަފެންތައް ހާސިލު ކުރުމަށްޓަކައި. މިއީ އަހަރެންގެ އެމްބާޕޭއެއް ނޫން."

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 8%
icon angry icon angry 15%
icon wow icon wow 8%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިތުރުކަލޯ

16 June 2022

ކުދިންނޭވެ ހިޔަޅަވެސް މޭބިސްކަދުރު ކޯނި ކާން އުޅެއުޅެ ނުކެވުނޭ، ބުއްޏޭ މޭބިސްކަދުރު ވަރަށް ހުތްވާނޭ، ރިޔަލްމެޑުރިޑަށްވެސް މިވީ އެހެންތާއޭ އޭނާގެ ސޮއި ނުލިބުނީމާ އޭނާ ގޯސްވެއްޖެތާއޭ

The name is already taken The name is available. Register?

ސޮބްރީ

16 June 2022

ރިޔާލު މެޑްރިޑް ފުރަތަމަ ވެސް ގޯސްހެދީ މާކެޓް ގައި ފުރަތަމަ އަގުބޮޑު ކޮށް ކުޅުންތެރިން ގަންނަފެށީ..... މިއަދު އެވަނީ ނުކުޅެދިފަ ބަސްބުނެ ފާޑު ވިދާޅުވެ ތިމަންނަމެންމީ ގަދަފަދަ ބަރެކޭ....ދެން ލަލަލާ ދެން ލަލަލާ ދެން ލަލަލާ ދެން ލަލަލާ ދެން ލަލަލާ ދެން ލަލަލާ....ލަލަލާ ލަލަލާ ލަލަލާ ލަލަލާ

The name is already taken The name is available. Register?

މަޒް

17 June 2022

ރޯނެ ކަމެއް ނެތް.. ކިތަންމެ ވަރެއް ވިިޔަސް ރިޔަލް އެއީ ނަންބަރު ވަން

The name is already taken The name is available. Register?

އަޚުމަދު

17 June 2022

އަދިވެސް ދުނިޔޭގައި އޮތް އެންމެ ކާމިޔާބު ކުލަބު ރ މެޑްރިޑަކީ.ނިމިދިޔަ ސީޒަނުގަވެސް އެންމެ ކާމިޔާބު ކުލަބު.ޗެންޕިއަންސް ލީގު އެންމެ ފަހުން ނެގީ ދުނިޔޭގެ އެންމެ އަގުބޮޑު ކުލަބުތައް ބަލިކޮށްފަ. ދެން އަތްޖަހާ. ލަލަލާ ލަލަލާ.

The name is already taken The name is available. Register?

ކެރެފާ

16 June 2022

ރެއާލް ކޮންހާ ވާހަކައެއް މިދައްކަނީ، މިމީހުން މާކެޓުގެ އަގު އެރުވީ، އޭރު އެހެންމީހުން ތިބީ މިމީހުން ގަނެ ބާކީ ކުޅުންތެރިއަކު ނޫނީ އަތު ނުޖެހޭ ހިސާބުގަ، މިއަދު މަންޒަރު ބަދަލުވީމަ ހަޖަމުނުވަނީ. ދުނިޔެއަކީ އަބަދު ރެއާލްމެޑްރިޑާ އެއްކޮޅަށް ހިނގާނެ އެއްޗެއް ނޫން. އަދި އެހެން ކްލަބްތަކަށްވެސް ހަމަ މިހެން ވާނެ. ހަޖަމުކޮށްލާ، ސުވާލަކީ، ތިޔަކްލަބަށް ކުޅެނީ ހިލޭތޯ؟؟؟؟

The name is already taken The name is available. Register?

ކެނެޑީ

16 June 2022

ހމމމ ތިކޮމެންޓް ޕެރޭޒް ކިޔައިފި މިހާރު

The name is already taken The name is available. Register?

އެމްބާޕޭ

16 June 2022

މިހާރު ތިޔައީ އަހަރެން ދާން ބޭނުންވި ރިއާލް މެޑްރިޑެއް ނޫން.

The name is already taken The name is available. Register?

ބާބޫ

16 June 2022

ލާރި ނެތް ސޭޓް ހުދުމަރޭ!

The name is already taken The name is available. Register?

×ދެދ3ެދ

16 June 2022

ރެފުރީ ގަނެލާ

The name is already taken The name is available. Register?

މެޑްރިޑް

16 June 2022

ރެެފްރީންވެސް ގަނެވޭނީ އެފެންވަރު ހުރި ބަޔަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454