ކުޅިވަރު / ވޯލްޑް ކަޕް 2022

ޖަރުމަނުގެ ހަޅުތާލު ކޮޕީކުރުމުގެ ބޭނުމެއް ނެތް: ޒާކާ

ސްވިޒަލެންޑްގެ ކެޕްޓަން ޒާކާ (ވ) އާއި ކޯޗު މުރާތު ޔަކީން (ކ).-- ފޮޓޯ: އޭއެފްޕީ

އަލް ވަކްރާ (ނޮވެމްބަރު 24) - އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން 'ވަންލަވް' ބޭންޑް އެޅުމުގެ ހުއްދަ ނުލިބުމުން ޖަރުމަނުން އެ ޓީމުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން އަނގަމަތީ އަތް އަޅައިގެން ކުރި ހަޅުތާލު ކޮޕީކުރުމުގެ ބޭނުމެއް ނެތް ކަމަށް ސްވިޒަލެންޑުގެ ކެޕްޓަން ގްރޭނިޓް ޒާކާ ބުނެފި އެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޖަރުމަން ހިމެނޭ ގޮތަށް ޔޫރަޕްގެ ހަތް ގައުމަކުން ވަނީ 'ވަންލަވް' ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ބުނެފަ އެވެ.

މި ހަތް ގައުމުގެ ތެރޭގައި ސްވިޒަލެންޑް ވެސް ހިމެނެ އެވެ. ސްވިޒަލެންޑާއި ޖަރުމަންގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމް، ޑެންމާކު، ނެދަލެންޑްސް، އިންގްލެންޑް އަދި ވޭލްސް އެވެ.

ނަމަވެސް ސްވިޒަލެންޑުން މިހާރު ވަނީ ރާގު ބަދަލުކޮށް، އެ މީހުން ގަތަރަށް އައީ ފުޓުބޯޅަ ކުޅެން ކަމަށާއި، ބަޔަކަށް ފިލާވަޅު ނަގައިދޭން ނޫން ކަމަށް ބުނަން ފަށައިފަ އެވެ.

"ސްވިސް ޓީމު ގެ ގޮތުގައި ތިބެ އެއްވެސް ކަމެއް ކުރަން ޖެހޭ ކަމަށް އަހަރެން ނުދެކެން. އަހަރެމެން ޖެހޭނީ ގަވާއިދުތަކަށް އިހުތިރާމް ކޮށް، ފުޓުބޯޅައަށް ސަމާލުކަން ދޭން، އެއީ އަހަރެން ބޭނުންވާ ކަމަކީ،" އާސެނަލް އަށް ކުޅެމުން އަންނަ 30 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"އަހަރެމެން އައިސް މިތިބީ ފުޓުބޯޅަ ކުޅެން، ބަޔަކަށް ފިލާވަޅު ނަގައިދޭކަށް ނޫން."

ވޯލްޑް ކަޕް ގައި ސްވިޒަލެންޑް ހިމެނެނީ ކެމަރޫން އާއި ސާބިއާ އަދި ވަރުގަދަ ބްރެޒިލް އާ އެއް ގުރޫޕެއްގަ އެވެ.

ސްވިޒަލެންޑުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު 3 ޖަހާއިރު އެޓީމު ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ. ކެމަރޫންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް، ކުރީގެ މަޝްހޫރު ފޯވާޑް ސެމިއުލް އެޓޫ ވަނީ އެގައުމުން ވޯލްޑް ކަޕަށް ދަނީ މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ބުނެފަ އެވެ.

އޭނާ ބުނީ މީގެ ކުރިން އެފްރިކާގެ ގައުމުތަކުން ވޯލްޑް ކަޕް ގައި އަސްލު ފެންވަރު ދައްކައި ނުލެވޭ ކަމަށާއި، ނަމަވެސް މިއީ އެކަން ބަދަލުވާނެ އަހަރެއް ކަމަށެވެ. އަދި ކެމަރޫން ވޯލްޑް ކަޕް ނަގާނީ ފައިނަލް ގައި މޮރޮކޯ ބަލިކޯށްފައި ކަމަށް ވެސް އެޓޫ ވަނީ ބުނެފަ އެވެ.

ކެމަރޫންގެ ކޯޗު، ކުރީގެ މަޝްހޫރު ޑިފެންޑަރު ރިގޮބާޓް ސޯންގް ބުނީ، ޓީމު ގަތަރަށް އައިސް ތިބީ 'މިޝަން' އެއްގައި ކަމަށާއި، މޮޅު ވާންވީ ގޮތް ޓީމަށް އެނގޭ ކަމަށެވެ.

މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާގައި ވަނީ ހުޅުވާލައިފަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފީފާ2022

24 November 2022

ފިފާ ކައިރީގަ ކަލޭމެން 8 ޓިމު ގޮސް އެދެން ފެންނަނީ ފީފާ ސަދޫމް ކަޕުގެ ނަމުގަ މުބާރާތެއް ބާއްވަން. ތިޖަމަކާހުރެ މިފަހަރުގެ ވޯލްޑްކަޕު ބަލަންވެސް ފޫހިވެއްޖެ. ޢިނގުރޭސިން ފާވި ތަނެއް ދެން ސަހަލައެއް ނުވާނެ

The name is already taken The name is available. Register?

ތޯމަސް މުލާ

24 November 2022

ކަލޭ ހަމަ ބިރުގަނެގެން ތިއުޅެނީ ބަލިވެދާނެތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454