ކުޅިވަރު / ސްޕެނިޝް ލީގް

ލަލީގާގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ: އެންރީކޭ

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ލީގުގައި އިއްޔެ ބާސެލޯނާ އާއި ރެއާލް ބެޓިސް އެއްވަރުވި މެޗުގައި ބާސެލޯނާގެ އެލެކްސް ވިޑާލް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭ ބެޓިސްގެ ޑިފެންޑަރެއްގެ އަތުން ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިޔަކު ވެއްޓިގެންގެންފައި ސާފުކޮށްލިއިރު ބޯޅަ އޮތީ ގޯލުގެ ތެރޭގަ އެވެ. ރީޕްލޭ އިން ފެންނަ ގޮތުގައި އެ ބޯޅަ އޮތީ ބައި ފޫޓެއްހާ ވަރު އެތެރޭގަ އެވެ.

މި ލަނޑު ގަބޫލުނުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ސްޕެނިޝް ލީގަށް އަމާޒުވިއިރު، އެންރީކޭ ވަނީ ރެފްރީންނަށް ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ފޮޓޯ ދެކެފިން. އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި. މިއީ ވަރަށް ހިތާމަވެރިކަމެއް. އަހަރެމެންނަށް އަނެއްކާވެސް މި ގެއްލުނީ ވަރަށް މުހިއްމު ޕޮއިންޓުތަކެއް،" އެންރީކޭ ބުންޏެވެ. "ރެފްރީންނަށް އެހީތެރިކަން އެބަ ބޭނުންވޭ. ފުޓްބޯޅަ އަށް ޓެކްނޮލޮޖީ ތައާރަފްކުރުމުގެ ފުރިހަމަ ބޭނުން ހިފަން ޖެހޭ،"

އޭނާ ބުނީ މިއީ ހަމައެކަނި ބާސެލޯނާއިން ކުރަމުން އަންނަ ޝަކުވާއެއް ނޫން ކަމަށާއި ޓެކްނޮލޮޖީގެ ބޭނުން ހިފަން ފެށުމުން ރެފްރީންނަށް ފަސޭހަތަކެއް ވާނެ ކަމަށާއި މެޗުތަކުގެ ނަތީޖާތައް އިންސާފުވެރިވުމަށް އެހީތެރިވާނެ ކަމަށެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ލީގުތަކުގެ ތެރެއިން އިޓާލިއަން ލީގާއި އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ ގޯލް ލައިން ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. އެހެން ނަމަވެސް ލަލީގާ އިން އަދި އެ ޓެކްނޮލޮޖީގެ ބޭނުން ހިފަން ނިންމާފައިނުވެ އެވެ. މިކަމާ ގުޅިގެން ސްޕެނިޝް ލީގުގެ ޓީމުތަކުގެ ކޯޗުން ވަނީ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އަށް ފާޑުކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ލަލީގާ އަށް ބައެއް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރުން ހިމެނެ އެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

30 January 2017

ލަލީގާ އެކަނިތަ ، ގަލޮޅު ދަނޑުގަ ކުޅޭ ދިވެހި ލީގްގަވެސް ތިޔަ ޓެކް ތައާރަފް ކުރަން އެބަޖެހޭ.އެހެނީ އެކުޅެނީ ނުލާހިކު މޮޅު ފުޓްބޯޅަ.ކްރައުޑްވެސް އެހާބޮޑު.ވ.ވެދުން

The name is already taken The name is available. Register?

މަަަަަަަަަނީމަނީ

30 January 2017

އަސްލުވެސް ރޭގަ ބެެޓިސްގެ ދަނޑުގަ ބަލިވީމަ ވަރަށް ދެރަ

The name is already taken The name is available. Register?

މުހައްމަދު

30 January 2017

އެންމެ މެޗެއްގަ ބާސެލޯނާ ބަލިވާ އިރަސް ތިހަރަ ވާވަރެއް ދޯ؟ ދެން އަވަހަށް ތިކަން ކުރަން އުޅޭ އޭރުންދޯ ރަނގަޅުވާނީ. ރެފްރީން ނިްމާ ނިންމުންތައް ކަމުނުދާނަމަ ޓީ ވީ ކޭމް ބޭނުންކޮށްގެން ބާސެލޯނާގެ މެޗްތައް ކުޅުވަބަލަ އޭރުން ތިަކްން ދެން ދިމާނުވާނެ ދޯ؟

The name is already taken The name is available. Register?

ވީއާ ބާސާ ފޭން

30 January 2017

މުހައްމަދާ ދޮންކަލޯ ވާނުވާ ނޭގުނަސް ކޮމެންޓު ކުރާތި..ރޭގަ ބާސާ ބައްޔެއް ނުވޭ..މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެން.

The name is already taken The name is available. Register?

އާސެނަލް ފޭން

30 January 2017

މުހައްމަދުމެން އާޓިކަލް ނުކިޔައޭ ކޮމެންޓު ކުރަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454