ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުރޮޕާ ލީގުގެ މުހިއްމުކަން ޔުނައިޓެޑުން ދައްކުވައިދީފި: މޮރީނިއޯ

ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މާޗް 16) - ޔުރޮޕާ ލީގުގެ މުހިއްމުކަން މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ދައްކުވައިދީފި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން މިރޭ އަމިއްލަ ދަނޑުގައި ރަޝިއާގެ އެފްސީ ރޮސްޓޯވްއާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމު މިދިޔަ ހަފްތާގައި ރޮސްޓޯވް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ އެ ޓީމުގެ ހުރިހާ އަމާޒެއް ހުރީ މި މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ.

"އަހަރެމެން ދައްކުވައިދީފިން ޔުރޮޕާ ލީގަކީ ކިހާ މުހިއްމު މުބާރާތެއްކަން. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުނު ނަމަވެސް ފުރަތަމަ މެޗުން ފެށިގެން ޔުރޮޕާ ލީގުގައި އަހަރެމެން ބޭނުންކުރީ އެ ވަގުތެއްގައި ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ އެހެން ޓީމުތަކުން ޔޫރޮޕާ ލީގުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު ނަމަވެސް އެ ވިސްނުމަށް ތާއީދުނުކުރާ ކަމަށެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން މިދިޔަ ހޯމަ ދުވަހު ވާދަވެރި ޗެލްސީ އަތުން ބަލިވެ ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ. މޮރީނިއޯ ބުނީ އެއް ހަފްތާގެ ތެރޭގައި ދެ މުބާރާތުން ކެޓުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމަކަށްވާނެ ކަމަށެވެ.

"ޗެލްސީ މެޗުގައި އަހަރެމެން ކުރި ހިތްވަރު އެންމެނަށް ވެސް ފެންނާނެ. ޗެލްސީ ކަހަލަ ޓީމަކާ ދެކޮޅަށް މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުމަކީ ފަސޭހަކަމެއް ނޫން. އެ މެޗު ހަނދާން ނައްތާލުމަށް ފަހު އަހަރެމެންގެ ހުރިހާ އަމާޒެއް ހުރީ މިި މެޗުން މޮޅުވާން،" މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗުގައި ވެސް އަނިޔާގެ ސަބަބުން އެންތަނީ މާޝިއަލް އާއި ވޭން ރޫނީ އަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ސަސްޕެންޝަންގެ ސަބަބުން ޗެލްސީ މެޗު ގެއްލުނު ޒަލަޓަން އިބްރަހިމޮވިޗަށް މި މެޗުގައި ކުޅެވޭނެ އެވެ.

ޔުނައިޓެޑާއި ރޮސްޓޯވް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:05 ގަ އެވެ.

14 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 29%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޭގުނު

16 March 2017

މެންޗެސްޓަރ ޔުނައިޓެޑް ކިޔާޓީމެއް އޮވޭތަ!!!!!!!؟؟؟؟؟؟

The name is already taken The name is available. Register?

ރަދީފް

16 March 2017

އެކަމުން ދޭހަވަނީ ކަލެއަށް ފުޓްބޯޅަ ނޭނގޭކަން.ޔުނައިޓެޑް އެއީ ކްލަބް ފުޓްބޯޅައިގެ ބްރޭންޑް ނަމެއް.މިވަގުތު އަޑި އަޅާލާފަ އޮތަސް ޔޫރަޕްގަ ރަސްކަންކުރި ޓީމެއް މެންޗެސްޓަރ ޔުނައިޓެޑް.

The name is already taken The name is available. Register?

ހަބީބު

16 March 2017

ކަލޭއާދޭ ރާއްޖެޔައް މަސްވެރިކަން ދަސްކުރަން

The name is already taken The name is available. Register?

މޮޔަ މެޑްރިޑް

16 March 2017

ރެފްޗެސްޓާ 3 ، ރޮސްޓޯވް 1

The name is already taken The name is available. Register?

ދޮންބެ ކުއްޖަ

16 March 2017

ރަފެއިލް ބެނިޓޭޒްގެ އިރުޝާދުގެ ދަށުން މީގެ އަހަރު ތަކެއް ކުރިން ޔުރޮޕަލީގު ތަށި ޗެލްސީ އިން ނެގި ނެގުމަށް އިޝާރާތްކޮށް ބެނީޓޭޒަށް މަލާމާތް ކުރުމުގެ ގޮތުން ނަމަވެސް، ޔުރޮޕަ ލީޓު ތަށި ނެގުމަކީ ކާމިޔާބީ އެއް ކަމަށް ނުދެކޭ ކަމަށް ދޭހަވާ ގޮތަށް ތިޔަ މޮރީނިޔޯ ވަނީ ވާހަކަ ދައްކާފަ.. ހަގީގަތުގައި މިހާރު މޮރީނިޔޯގެ ތަރި އޮއްސިއްޖެ... މަލާމާތް ކުރުމާއި ފުރަައްސާރަ ކުރުމަކީ މި ސޮރުގެ ތަބީޢަތުގައި ވާކަމެއް ކަހަލަ.

The name is already taken The name is available. Register?

ކުމާރު ރިޓާރންސް !

16 March 2017

ކަލެޔަށް މުހިންމު ވާނެ މިހާރު ދިވެހި ލީގު ވެސް.އިތުރު އެއްޗެއް ނެތް ވިއްޔާ ލިބޭކަށް.ޔޫރޮޕާ ވެސް ލިބިއްޖިއްޔާ ނަސީބު

The name is already taken The name is available. Register?

ހޭކެނޑޭ

16 March 2017

ކަލެއަށް ކިޔަންވީ ކުމާރެއް ނޫން! ގަމާރު! މެން ޔޫ މިހާރުވެސް 2 ޓްރޮފީ ނަގައިފި

The name is already taken The name is available. Register?

އާލަމް

16 March 2017

މިހާރުވެސް ޕްރިމިއަރ ލީގުގަ އެބައޮތްތަ 2 ޓްރޮޕީ ލިބިފައި އޮތް ޓީމެއް

The name is already taken The name is available. Register?

ކުމާރު އިޒް ބެކް

16 March 2017

ކުމާރު ރިޓާންސް ! އަށް މާބޮޑަށް އެނގެނީ. މިފަހަރު ލީގުގެ ވާދަވެރިކަމުން އެއްވެސް ޓީމަކަށް ގަދަ ހަތަރެއް ޔަގީނެއްނޫން. ޗެމްޕިއަންސް ލީގު ކުޅޭނެކަން ކިރިޔާވެސް ޔަގީންވަނީ ޗެލްސީއަށް. ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އޮވޭ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން. އެހެންވެ މެންޔޫއިން އެހާބޮޑު އިސްކަމެއް އެއަށް އެދެނީ. މެންޔޫއިން މިހާރުވެސް އެއްމުބާރާތް ކާމިޔާބުކޮށްފި. ޕްރިމިއާ ލީގަކީ އެންމެ ފަހުވަގުތުވެސް ތާވަލަށް ބަދަލުއަންނަ ލީގެއް. ކުމާރު އިޒް ބެކް އަށް ހީވަނީ ކުމާރު ރިޓާރންސް އެލީގު ނުބަލާ ކޮމެންޓްކުރަނީހެން. މީދެން ވަރަށް ވާހަކަ.

The name is already taken The name is available. Register?

މޮޔަ މެޑްރިޑް

16 March 2017

ގޭދޮށު ކަޕްއެއީ ކަޕްތަ؟/ ކެކެކެކެ ހެހެހެހް

The name is already taken The name is available. Register?

ކުމާރު ރިޓާރންސް !

16 March 2017

ލޮލް.ކޮމިއުނިޓީ ޝީލްޑާއި މިކީ މައުސް ކަޕް ޓްރޮފީ އަށް ގުނަން ފެށީމަ '' ޑެސްޕަރޭޓް '' ވެފަ ތިބިވަރު ފަހުމް އެބަވޭ.ދެން ބުނޭ ޔޫރޮޕާ ލީގު '' ވޯރތް '' އޭ ވޯލްޑު ކަޕަށް ވުރެން

The name is already taken The name is available. Register?

ކުމާރު މާމަ

16 March 2017

ކުމާރު ތިބުނީ ހަމަތެދެއް ދެންލިބޭނީ ފާހާނާ ތައްޓެއް ހެހޭ

The name is already taken The name is available. Register?

ކުމާރު ރިޓާރންސް !

16 March 2017

ތި މެންޗެސްޓަރ ވީ ކަންނެލި އޮޑި އަކަށްލާފަ ބޮޑު ކަންނެއްޔަށް ފޮނުވަން.އޭރަށް ގައިމު އިނގިރޭސި އިޤްތިސޯދަށް ވެސް މަންފާ ކުރާނެ.އެކޮއި މެން ކޮމިއުނިޓީ ދޮލަނގަށް ވެސް ތި ކިޔަނީ ޓްރޮފީ ވިއްޔާ

The name is already taken The name is available. Register?

ރަދީފް

16 March 2017

ސާބަހޭ ކުމާރު ރިޓާންސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!