ބާސެލޯނާ (ސެޕްޓެމްބަރު 4) – ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމުން ހައިރާންކަން ލިބުނު ކަމަށާއި އެކަމަކު އޭނާއާ އެކު މިހާރު ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ޔުވެންޓަސް ކަމަށް ބާސެލޯނާގެ ލިއޮނަލް މެސީ ބުނެފި އެވެ.
ރޮނާލްޑޯ މެޑްރިޑް ދޫކޮށްލުމާ އެކު އޭނާ އާއި މެސީގެ ވާދަވެރިކަން ނިމުނީ ކަމަށް އެއް ބަޔަކު ދެކެ އެވެ. މެސީ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވާތީ، އޭނާ ނެތުމުން މެޑްރިޑުގެ ވަރުގަދަ ކަމަށް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
"މިހާރު ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމުން ޗެމްޕިއަންސް ލީގުގެ ސާފު ފޭވަރިޓަކީ އެ ޓީމު. އޭނާގެ އެ ނިންމުމުގެ ސަބަބުން އަހަންނަށް ހައިރާންކަން ލިބުނު. އަހަރެން ހިޔެއް ނުކުރަން އޭނާ ރެއާލް މެޑްރިޑް ދޫކޮށްލަފާނެ ކަމަށް ނުވަތަ ޔުވެންޓަސްއާ ގުޅިދާނެ ކަމެއް. އެއީ ވަރަށް ރަނގަޅު ޓީމެއް،" މެސީ ބުންޏެވެ.
ރޮނާލްޑޯ ގެނެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޔުވެންޓަސް އަމާޒު ހިފާފައިވާއިރު ބާސެލޯނާގެ ވެސް މައިގަނޑު ޓާގެޓަކީ ކުރު މެދުކެނޑުމަކަށް ފަހު އެ މުބާރާތުގެ ތަށި ހޯދުމެވެ. މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ރޯމާ އަތުން ބަލިވެގެންނެވެ.
"މިހާރު ތިން އަހަރު އަހަރެމެން ކުއާޓާ ފައިނަލުން ކަޓައިފި. އެކަމަކު މެޗު ދިޔަ ގޮތަށް ބަލާއިރު އެންމެ ހިތްދަތިވީ މިދިޔަ ސީޒަނުގައި. އަހަރެމެން މި ފަހަރު އަމާޒުކުރަން ޖެހޭނީ ތަށްޓަށް. އަހަރެމެންނަށް އެކަން ކުރެވޭނެ،" މެސީ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރަނޑީ
05 September 2018
ކޮބާ އެއްކަލަ މަމޮޅު ރަދީފގެ ބަހެއް ނެތްތަ. ޢެކަކުއަނެކަކަށްވުރެމޮޅަށް އަނގަގަދަކަމުން ރަގަޅަށް މެޗެއްވެސްބަލައިލެވޭވަރެއްނޫން
ހަލޯ
04 September 2018
މެސީ ވެސް ނުސީދާކޮށް އިއުތިރާފް ރޮނާލްޑޯ އަކީ މިވަގުތު ހުރި ނަމްބަރ ވަން ޕްލޭޔަރ ކަން. އެއީ ޔުވެންޓަސް އަށް މިސީޒަނުގައި ގެނައި އެންމެ ބޮޑު ބަދަލަކީ ރޮނާލްޑޯ ގެނައުން.
ހަލޯގެ ބަފާ
04 September 2018
ދޮންކަލޯ މެސީއަކީ ރޮނާލްޑޯ ކަހަލަ ކިބުރުވެރި އަމިއްލަ އެދުން ބޮޑު މީހެއްނޫން. އެއްވެސް މީހަކު އޭނާޔަކީ އެންމެ މޮޅު މީހާކަމަށް އެހެންމީހުންގާތު ނުވަތަ މީޑިޔާ ކުރިމަތީ އޭނާ އަމިއްލަޔަކަށް ނުބުނާނެ. ދެން މެސީ ބުނި ވާހަކަތަކަށް ނޫސްވެރިން ރަނގަޅަށް ތަރުޖަމާކުރަންޖެހޭ. މެސީބުނީ ޔުވެންޓަސްއަކީ މިފަހަރު ޗެމްޕިއަންސް ލީގުގެ ބޮޑު ފޭވަތިޓެކޭ. ހަމައެގޮތަށް ރިއާލްއަކީވެސް ފޭވަތިޓެކޭ. އެކަމަކު ރޮނާލްޑޯ ރިއާލް ދޫކޮށްލުމުން ރިއާލް މިސީޒަނުގައި ކުޑަކޮށް ދަށްވާނެޔޭ. ވަރަށް ވެދުން.
ފުންއަސަރު
04 September 2018
ރޮނާލްޑޯ ބުނާކަހަލަ...! ކީކޭ؟ ހަމަ ހަގީގަތުގާވެސް މެސީތަ ހަމަ ތިހެން ތިބުނީ. އަދި އެއްފަހަރު ބުނެބަލަ. އަހަރެން މިހުރީ ބުނާނެ އެއްޗެއްނޭނގި އަނގައިން ކުޅުހިކިފަ.