ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ
ޕެރިސް (ނޮވެމްބަރު 10) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށާއި އެކަމަކު މި އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު އެ ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ނުލިބޭނެ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފި އެވެ.
އެންމެ ފަހުން ދިން 10 ބެލޮންޑިއޯ އެވޯޑް ވެސް ލިބުނީ މެސީ އާއި ރޮނާލްޑޯ އަށެވެ. އެކަމަކު މި ފަހަރު އެކަން ބަދަލުވުމުގެ ފުރުސަތު ބޮޑީ މިއީ ވޯލްޑް ކަޕް އަހަރަކަށްވާތީ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.
"މިއީ މެސީ އާއި ރޮނާލްޑޯގެ ނިމުމެއް ނޫން. މެސީ މި އަހަރު ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖެހީ. ރޮނާލްޑޯ ރެއާލާ އެކު ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލި. އެކަމަކު އަހަންނަށް ނުފެނޭ މެސީ ނޫނީ ރޮނާލްޑޯ އަށް މި ފަހަރު ބެލޮންޑިއޯ ލިބޭތަނެއް. އެއީ މިއީ ވޯލްޑް ކަޕް އަހަރެއް. ހުރިހާ ކަމަކަށް ވުރެން ވޯލްޑް ކަޕް ހާއްސަވާނެ،" އުމުރުން 19 އަހަރުގެ އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އެ މުބާރާތުގައި ހަތަރު ލަނޑު ޖަހައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ. އަދި މިދިޔަ އަހަރު ޕީއެސްޖީއާ ގުޅުނު ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ބެލޮންޑިއޯ ހަފްލާއެއްގެ ތެރެއިން މެސީ (ވ) އާއި ރޮނާލްޑޯ. -- ފޮޓޯ: އޭއެފްޕީ
އެމްބާޕޭ ބުނީ މި ފަހަރުގެ ބެލޮންޑިއޯ ހައްގުވަނީ ފްރާންސްގެ ކުޅުންތެރިއަކަށް ކަމަށާއި އޭނާ އަށް ވެސް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އަހަރެމެން (ފްރާންސް) ވަރަށް ބޮޑު ކާމިޔާބެއް ހޯދީ. ވޯލްޑް ކަޕަކީ އެންމެ ބޮޑު މުބާރާތް. ފްރާންސް ކުޅުންތެރިއަކަށް މި އެވޯޑް ނުލިބުމަކީ ލަދުވެތިކަމެއް. ފަހަރެއްގައި މިއީ އަހަންނަށް ލިބޭ ފަހަރު ކަމަށް ވެސް ވެދާނެ،" އެމްބާޕޭ ބުންޏެވެ.
އެންމެ ފަހުން ބެލޮންޑިއޯ ފްރާންސް ކުޅުންތެރިއަކަށް ލިބުނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު އެ އެވޯޑް ހާސިލްކުރީ އެ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދޭން އެހީތެރިވި ޒިނެދިން ޒިދާން އަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗް އެވެ. ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހާސިލްކުރީ ވެސް އޭނާ އެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ފްރާންސް ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ރަފައެލް ވަރާން އާއި އެތުލެޓިކޯ މެޑްރިޑް އެންޓޮއިން ގްރީޒްމަން ވެސް ހިމެނެ އެވެ. ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަހްމަދު
11 November 2018
އެވޯޑަކީ ވޯލްޑުކަޕަށްދޭ އެއްޗެއްނޫން އެއީއެންމެ މުބާރާތެއް އެވޯޑަކީ މުޅިއަހަރުގެ ކުޅުމަށްބަލާފަދޭއެއްޗެއް
ބޮލަންޑޯ
10 November 2018
ތިޔައީ މިހާރު މޮޅު ކުޅުންތެރިޔަށްދޭ އެވޯރޑަށްވުރެ ބޮޑަށް މީޑިޔާޔަށް މަޝްހޫރު ކުޅުންތެރިޔާޔަށް ދޭ އެވޯރޑެއް. މިތާ އުޅޭ ރޮނާލްޑޯގެ ފޭނުންނަކަށް އެނގޭނީ ހަމައެކަނި ގޯލުން ކުޅުންތެރިން އަޅާކިޔަން. އެހެންތާވާނީ އެމީހުންގެ ހީރޯއަކީ ހަމައެކަނި ގޯލް ޖަހަން ހުންނަ މީހެއްވިއްޔަ. އެވެސް ގިނައިން ޓެޕް އިން. އެކަމަކު ހަގީގީ ރީތި އަދި އެންޖޯޔެބަލް ފުޓްބޯޅަ ބަލާ ހިތްވާ މީހުންނަށް އެވޯރޑު ހައްގީ ކާކަށްކަން އިނގޭނެ. މިކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން އެއްބަސްވޭ.
ޕޮކި އަމްޕޭ
10 November 2018
ކަލޯ އަދި މާއަވަސް ، ފޮނިނުވެ މައިތިރިވެގެން ހުރޭ ތިޔައި ހަމަ ސައިބޯނި ބޮއިތްކެއް .
ޖެއިލަރު
10 November 2018
ދަގަނޑޭ އަށް ދީ ، ދޭނެ މީހެއް ނޭގެންޔާ
ސުލޮމޮން
10 November 2018
ބަލަ ވޯލްޑުކަޕް އެންމެ 3 މެޗާއި މުޅި ސީޒަނެއްގެ އެތައް މުބާރާތެއް އަޅާ ނުކިޔޭނެ، މޮޔަފުޅު ވީތޯ އެމްބަތްޕެން
ޒިދާންގެ ބަފާގެ ބޭބެގެ މާމަ
10 November 2018
ރަނގަޅު.އެމްބެޕާއަށް ކާމިޔާބީއަށް އެދެން.
އެއްލައި
10 November 2018
މޮޑްރިޗްގެ އެެއްޗެއް
ގައްބަރޭ
10 November 2018
މިނައަށް ލިބެންޖެހޭ އެއްޗެއްތަ މިއިީ!
ޢަލިޔާ
10 November 2018
ފުޓުބޯޅާގެ ތީ ހުނަރުވެރި ކުޅުންތެރިއެއް އަދި ކަންކަން ރަނގަޅަށް ދާނަމަ، ރަނގަޅު މުސްތަކުބަލެއް އޮތް ކުޅުންތެރިއެއް، އެކަމު މިހާ އަވަހަށް ބޮޑާ ވެރިކަން ފެންނަން ފަށާފި، ހިތާމަ ކުރަން.
އެޑްމަންޑޯ
10 November 2018
އެކަމަކު ސްޕޭން ވޯލްޑް ކަޕް އުފުލި އަހަރު އެއޮތް މޮޅު ކުޅުން ތެރިޔާ އިނިއެސްޓާ އަށް ބްލެންޑޯ އެވޯޑް ނުލިބުނީ ކީއްވެ ބާއެވެ؟ އިނިސްޓާ ބާސާގައި ވެސް އެއަރ ނ7ހަނު މޮޅު ކުޅުމެއް ދެއްކި އެވެ ބާސާ އަށް އެތަށް ތައްޓެއް އެއަރު ހޯދުމުގައި އިނިއެސްޓަ ގެ ދައުރު ވަރަށް ބޮޑެވެ.
ބާލައާދަނު
10 November 2018
ރަނގަޅު. އެ އަހަރު މެސީއަށް ލިބިފައި އެވަނީ ހައްގު ނޫން އެވޯޑެއް ކަމުގައި އަޅުގަނޑު ދެކެނީ. މެސީ ހޯދި ކާމިޔާބީއަށް ވުރެ އިނިއެސްޓާ ހޯދި ކާމިޔާބީ ގިނަ. އަޅުގަނޑަކަށް ނުވިސްނޭ މެސީ ގަދަ 10 އަކަށް ނޮމިނޭޓްވީ ކީއްވެކަމެއްވެސް.
ހަސަންއަލީ
10 November 2018
މެސީއަށް ދޭންވެގެން . އިނިއެސްޓާށް ނުދިނީ. ބާސާގެ ފޭނުންނަށް މިކަން ހަޖަމްވާނެބާ!