ޗެލްސީގެ އެންގޯލޯ ކާންޓޭ (ވ) އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެނީ ރޯސް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ލަންޑަން (ޖެނުއަރީ 9) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ، ސުވާލު އުފެދުނު ޕެނަލްޓީ ނިންމުމެއް ވީއޭއާރް މެދުވެރިކޮށް ނިންމައިގެން ޗެލްސީ 1-0 އިން ބަލިކުރެވުނަސް ހިތްހަމަނުޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލަންޑަނުގެ ދެ ޓީމުގެ މެދުގައި ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި ރެފްރީ މައިކަލް އޮލިވާ ޓޮޓެންހަމަށް ޕެނަލްޓީ ދިނީ ވީޑިއޯ ރީޕްލޭ ބަލައިގެންނެވެ. ޝައްކު އުފެދުނީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާގެ ޓެކްލް ޓޮޓެންހަމްގެ ހެރީ ކޭންގެ ފަޔަށް އެރިއިރު އޭނާ އުރީ އޮފްސައިޑުގައިތޯ ނުވަތަ ނޫންތޯއާ މެދު އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޓޮޓެންހަމަށް ލީޑު ނަގައިދިނީ ކޭން އެވެ.
"އަހަންނަށް ވީއޭއާރް ކަމަކުނުދޭ. މިއަދު އޭގެ ފައިދާ އަހަރެމެންނަށް ލިބުނީ. އެކަމަކު ވޯލްޑް ކަޕާއި ސްޕެނިޝް ލީގުގެ މެޗުތައް ބެލުމުން އެނގެނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއްވެސް މީހަކު ހުރީ ހިތްހަމަޖެހިފައި ނޫންކަން،" ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ އެއްވެސް ކަމަކުން ފައިދާއެއް ވުމަކީ ރަނގަޅެއް ކަމަށާއި އެކަމަކު މިގޮތަށް މޮޅުވުމުން އޭނާ އުފާނުވާ ކަމަށެވެ. އަދި އޭނާ ޓެކްނޮލޮޖީގެ ބޭނުން ހިފަން ބޭނުންވަނީ އެހެން ގޮތަކަށް ކަމަށް ވެސް ބުންޏެވެ.
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ކޭން ހުރީ އޮފްސައިޑުގައިކަން އޭނާ ބެލި ވީޑިއޯ އިން ފެންނަ ކަމަށް ބުނެފަ އެވެ. އަދި ޕްރިމިއާ ލީގުގައި ބޭނުންނުކޮށް ވީއޭއާރް ހަމައެކަނި ލީގު ކަޕުގައި ބޭނުންކުރަނީ ކީއްވެތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"އިރުކޮޅެއް ކުރިން އަހަރެމެންގެ ކެމެރާގެ ވީޑިއޯ ބެލިން. އޭނާ ހުރީ އޮފްސައިޑުގައި،" ސާރީ ބުންޏެވެ. "އަހަންނަށް ހީނުވޭ އިނގިރޭސި ރެފްރީންނަށް މި ސިސްޓަމް ބޭނުންކުރެވިދާނެހެން."
މި ދެ ޓީމުގެ ދެ ވަނަ ލެގު އޮންނާނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މި މަހުގެ 24 ގަ އެވެ. ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ ބާޓަން އަލްބިއޯންއާ ދެކޮޅަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މަހަށްދަގަ.
09 January 2019
ވީއޭއާރުގެ މައްސަލައެއްތަ ތީ؟ އެ ބެލައި ޑިސިޝަން މޭކްކުރި ރެފްރީގެ ލޮލުގެ މައްސަލައެއްތަ؟ ވީއޭއާރުން ސާފުކޮށް ފެނޭ އޮފްސައިޑްކަން ރެފުރީއަށް ނުފެނުނީ.. ދެފައި ރޮނގު ހުރަސް ނުކުރާތީއޯ އެކަމު އަތާއި ބޯ ހުރީ އޮފްސައިޑްލައިން ހުރަސްކޮށްފަ.. ސާރީ އެބުނީ ތެދެއް އިނގެރޭސި ރެފުރީންނަކަށް ނުވާނެ ވީއޭއާރު ކީއްކުރަން ވީއައިޕީ ހައިޑެފިނިޝަން ކެމެރާ 4ކޭ ކޮލިޓީގަ ބެހެއްޓިޔަސް
ނުޒުފާ
10 January 2019
އަތަކަށް ނުބަލާނެ އޮފްސައިޑްތޯ ބަލަން. ތިޔަ ހުރީ މާބޮޑަށް އެނގިފަ
ސުޒޭން
10 January 2019
ވީއޭއާރް އޭންގަލް އިން ފެންނަނީ އޮން ސައިޑްގަ. ދެން އަތޭ ބުނުމުންވެސް އޮފްސައިޑަކީ ކޯއްޗެއްކަން ނޭނގޭކަން ހާމަވެއްޖެ. އަތަކަށް ނުބަލާނެ އޮފްސައިޑް ރޫލްގަ. ރަދީފް ބްރޯއަށް ފެނިގެން ތިޔަ އުޅެނީ ޗެލްސީގެ ފޮޓޯކަމަށް ބެލެވެނީ. އެފޮޓޯ އެއީ ބޯޅަ ޖެހުމުގެ ފަހުން ނަގާފައިން ފޮޓޯއެއް. ބޯޅަ ބްލަރވެފަ އިންނަނީ އެެހެންވެ. ހުރިހާ ކުޅިވަރު ޕަންޑިތުންވެސް އިއްތިފާގުވޭ ކޭން އޮން ސައިޑްކަމަށް. ރޯނުއެދުރުން ގިނައީ ވަގޮތަކީ.