ލަންޑަން (ޖޫން 12) – މިދިޔަ 12 މަސް ދުވަހުގެ ތެރޭ ލިބުނު 127 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) އެކު މިވަގުތު ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ކުޅިވަރު ކުޅުންތެރިޔަކީ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކަމަށް ފޯބްސް އިން ބުނެފި އެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން މިދިޔަ އަހަރުގެ ޖޫން އިން މި މަހުގެ ނިޔަލަށް ކުޅުންތެރިންނަށް ލިބޭނެ އާމްދަނީ އެއްކޮށްގެންނެވެ.
އެންމެ އާމްދަނީ ބޮޑު 100 ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ޔުވެންޓަސްގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ އާމްދަނީ އަކީ 109 މިލިއަން ޑޮލަރެވެ. ތިން ވަނައިގައި ވެސް އޮތީ ފުޓްބޯޅަ ތަރިއެކެވެ. އެއީ 105 މިލިއަން ޑޮލަރު ލިބޭ ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އެވެ. މިއީ މި ލިސްޓުގެ ގަދަ ތިނެއްގައި ހަމައެކަނި ފުޓްބޯޅަ ތަރިން ހިމެނުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު މި ލިސްޓުގެ އެއް ވަނަ ހޯދި ބޮކްސިން ތަރި ފްލޮއިޑް މޭވެދާ މި ފަހަރުގެ ލިސްޓުގައި ނުވެސް ނުހިމެނެ އެވެ. އޭނާ 2017 ވަނަ އަހަރުގެ އޮގަސްޓުގެ ފަހުން ތެޅި ހަމައެކަނި މެޗަކީ، ޖަޕާނުގެ ކިކްބޮކްސާ ޓެޝިން ނަސުކަވާއާ އެކު މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދައްކާލުމުގެ މެޗެވެ.
މަދުވެގެން 25 މިލިއަން ޑޮލަރު ލިބިގެން ވަދެވޭ ގަދަ 100 ކުޅުންތެރިންގެ ކްލަބުގައި ހިމެނޭ ހަމައެކަނި އަންހެން ކުޅުންތެރިޔަކީ 29.2 މިލިއަން ޑޮލަރު ލިބޭ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އެވެ. ލިސްޓުގައި އެންމެ ނުފޫޒު ގަދައީ 35 ކުޅުންތެރިން ހިމެނޭ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިންނެވެ.
މި ލިސްޓުގައި 25 ގައުމެއްގެ ކުޅުންތެރިން ހިމެނޭ އިރު ޖުމްލަ އާމްދަނީ އަކީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް އިތުރުވުމެއް ކަމަށްވާ 4 ބިލިއަން ޑޮލަރެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ލޮކިމަސް
13 June 2019
ކޮންމެވެސް ވަރެއް ރާއްޖެ އަށް ހަރަދުކުރަން ފެނޭ.
އަންްނި
12 June 2019
މަރުހަބާ މެސީ އަދި ރޮނާލްޑޯ. ރޮނާލްޑޯއަކީ މުސްލިމުންނާ ހާއްސަ ގުޅުމެއް ބާއްވާ، އެހީތެރިކަން ފޯރުކުރަމުން އަންނަ ރަނގަޅު ކުޅުންތެރިއެއްކަން ފާހަގަކުރަން. ކުރިއަށް އޮތް ތާނގަވެސް އެކަމުގައި ދެމިހުންނާނެ ކަމަށް އުއްމީދުކުރަން.
ޢިބޫ
12 June 2019
މެސީއަކީވެސް ސީރިއާއަށް އެހީވާ ކުޅުންތެރިއެއް ނޫސްތަކުގެ ހެޑްލައިންތަކަށް ނޭރިއަސް..
ދޮން އާމިރު
12 June 2019
އަންނިގެ ނަމުގައި ކޮމެންޓް ނުކުރައްވައްޗޭ
ހަގީގަތް
12 June 2019
މެސީ އަދި ރޮނާލްޑޯޔަކީވެސް މުސްލިމުންނަށް ވަރަށް އެހީވެދޭ ދެ ކުޅުންތެރިން. މިދެ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދެން.
ރަދީފް
12 June 2019
މަރުހަބާ މެސީ.
މެސީ
12 June 2019
ތޭންކްސް ބްރަދަރ. ވަރަށް އުފާވެއްޖެ ތިޔަ ކޮމެންޓް ފެނިފަ.