ކުޅިވަރު / ބާސެލޯނާ

ގްރީޒްމަނަށް ބާސެލޯނާ އަށް ނުކުޅެވޭ ގޮތް ހަދަން އެތުލެޓިކޯ އިން އެދެފި

މެޑްރިޑް (ޖުލައި 25) - ދާދި ފަހުން ބާސެލޯނާ އަށް ސޮއިކުރި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަނަށް އެ ޓީމަށް ނުކުޅެވޭ ގޮތް ހަދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ހުށަހަޅާފައިވާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން، ބާސެލޯނާ އަށް ބަދަލުވީ އޭނާ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ބާސެލޯނާ އިން ދެއްކުމުންނެވެ. އެކަމަކު ބާސެލޯނާ އިން ގްރީޒްމަން އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކުރިތާ މާގިނަ އިރުތަކެއްނުވެ އެތުލެޓިކޯ އިން ވަނީ އެ ޑީލް ފުރިހަމަނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ގްރީޒްމަން އެ ކްލަބާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި މަހު ފަށައިގެން ކަމަށެވެ. އެކަމަކު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު މާޗް މަހު މަޝްވަރާކޮށް އެ ޓީމާ ގުޅެން ނިންމާފައިވާކަން އެތުލެޓިކޯ އަށް އެންގީ މިދިޔަ މެއި މަހު ކަމަށް ބުންޏެވެ.

އަދި ބާސެލޯނާ އިން އޭރު ގްރީޒްމަންއާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ މުއްދަތަށް ބަލާނަަމަ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފީ 225 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެހެން ކަމުން ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ. އަދި އެ މައްސަލަ ފީފާ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ ގްރީޒްމަން އާ ގުޅޭގޮތުން އެތުލެޓިކޯ އިން ހުށަހެޅި މައްސަލައިގައި އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި އެތުލެޓިކޯ އިން އެދެނީ ގްރީޒްމަންގެ ޑީލުގެ ހުރިހާ ކަމެއް ނިންމަންދެން އޭނާ އަށް ބާސެލޯނާ އަށް ނުކުޅެވޭ ގޮތް ހެދުމަށް ކަމަށެވެ.

"ކުޅުންތެރިޔާ (ގްރީޒްމަން)ގެ ޓްރާންސްފާ ބްލޮކްކުރުމުގެ ފުރުސަތު އެބައޮތް. މީގެ އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން،" ޓެބާސް ވިދާޅުވި އެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގްރީޒްމަން (މ).-- ފޮޓޯ: އޭއެފްޕީ

ގްރީޒްމަން ދާދި ފަހުން ބުނީ ބާސެލޯނާ އަށް ބަދަލުވުމުގައި އެއްވެސް ކަމެއް އޮޅުވާލާފައިނުވާނެ ކަމަށާއި އެތުލެޓިކޯ އަށް އޭނާ ކޮށްދިން ހިދުމަތުގެ ބަދަލު އެ ޓީމުން ރަނގަޅު ގޮތުގައި ނުދެކޭ ކަމަށެވެ.

އެތުލެޓިކޯ އިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ވެސް ބާސެލޯނާ އިން ގްރީޒްމަން ހޯދަން އޭނާ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ބާސެލޯނާ ޖޯޒީގައި ގްރީޒްމަން ފުރަތަމަ ކުޅުނު މެޗަކީ ދާދި ފަހުން ޕްރީ ސީޒަނުގައި ޗެލްސީން 2-1 އިން ބާސެލޯނާގެ މައްޗަށް ކުރިހޯދި މެޗުގަ އެވެ. އެ މެޗުގައި ގްރީޒްމަންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

ގްރީޒްމަން ވަނީ މިދިޔަ އަހަރު ވެސް ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު ފަހު ވަގުތު ނިންމުން ބަދަލުކުރުމުން ބާސެލޯނާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. ގްރީޒްމަން ބުނީ މާޒީގައި ވެދިޔަ ކަންތައްތައް މަތިން ހަނދާން ނައްތާލަން ބޭނުންވާ ކަމަށާއި އަލުން ބާސެލޯނާގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުބާރު ހޯދައި އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

7 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 10%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާލްޑޯ

25 July 2019

އުމުރުން 28 އަހަރުގެ ގްރީޒްމަން، ބާސެލޯނާ އަށް ބަދަލުވީ އޭނާ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ބާސެލޯނާ އިން ދެއްކުމުންނެވެ. އެކަމަކު ބާސެލޯނާ އިން ގްރީޒްމަން އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކުރިތާ މާގިނަ އިރުތަކެއްނުވެ އެތުލެޓިކޯ އިން ވަނީ އެ ޑީލް ފުރިހަމަނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. " އެތުލެޓިކޯގެ ލަދު ކޮބާ "

The name is already taken The name is available. Register?

ވާލުސޮރު

25 July 2019

ބާސާގެ ހަޑިމުޑުދާރު އަމަލުތަކަށް ފިޔަވަޅު ނާޅާއިފި ނަމަ ޖީލެއް ހަލާކުވުމުގެ ބިރު އެބައޮތް، މިއުޅޭ އަލަށް ފުޓްބޯޅަ ބަލާ ކުދިންނާ ތަށި ލިބޭތީ ސަޕޯޓްކުރާ މީހުންނަށް ބާސާގެ އެއްވެސް ކުށެއް ނުފެންނަނީ ފިޔަވަޅު ނާޅާތީ

The name is already taken The name is available. Register?

މީނަ

25 July 2019

ކަލޭ ދައްކަބަލަ ބާސާގެ މައްސަލަ. ބާސާއިން ޕޭކުރީ ރިލީސް ކްލޯސް. އެތްލެޓިކޯގެ ގަމާރުކަމުން ގްރީޒްމަންގެ ރިލީސް ކްލޯސް 200 މިލިޔަނުން 120 މިލިޔަނަށް ދަށްވާގޮތަށް ކޮންޓްރެކްޓް ހެދީ. އެއީކީ ބާސާގެ މައްސަލައެއްނޫން. އަނެއްކާ އެތްލެޓިކޯ އަތުގަ ގަބޫލުކުރެވޭ ހެއްކެތްނެތް.

The name is already taken The name is available. Register?

ރަދީފްގެ ލީގަލް ޓީމްް

25 July 2019

ސާބަހޭ އެތްލެޓިކޯ.. އެޖެންޑާ 19ގެ ދަށުން ޖަޒީރާ ދިވެހިން މިތިބީ އެތްލެޓިކޯއަށް އިންސާފު ހޯދާ ދިނުމަށް ފޫގަޅާފަ. ވާންކޮށްފަ ބަހައްޓާ. ކުޅިވަރުގެ ރޫހާ ޚިލާފަށް ބާރސާ ކުޅޭ މުޑުދާރު ގޭމް އަމުދަކުން ދިވެހިންނަށް ބަލައެއް ނުގަނެވޭ. -ރލޓ-

The name is already taken The name is available. Register?

މީނަ

25 July 2019

ލޮލް. ބަލަ ކުޅުންތެރިޔެއްގެ ރިލީސް ކްލޯސް ދެއްކުމުންވެސް އަދިވެސް ބޮޑާހާކަނީ. އެވެސް ހެއްކެއްނެތި. މިއީ އެތްލެޓިކޯއިންކުރާ ވަރަށް ނާތަހުޒީބު ކަމެއް.

The name is already taken The name is available. Register?

ރަދީފް

25 July 2019

03 ކްލަބްގެ މެދުގަ ޒަމާނުއްސުރެން އޮތް ވާދަވެރިކަމުގެ ޝިކާރައަކަށް މިވަނީ ގްރީޒްމަން.ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެއީ ކޮން ކްލަބެއްގެ ފޭނެއްކަން އެންމެނަށް އެނގޭ.އެއްވެސް ކުޅުންތެރިއެއްގެ ކެރިއަރ ހަލާކުވާނެފަދަ ނިންމުމެއް ފީފާއިންވެސް ނިންމާނެކަމަށް ނުބެލެވޭ.އިތުރު 90 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ ނަމަ ބާސާއަށް އެކަން ވެސް ކުރެވޭނެ.އިރާދަކުރެއްވިޔާ އަންނަ ސީޒަނުގަ ގްރީޒްމަން ކުޅޭނެ ބާސާއަށް.ޓެބާސް ޖެހޭނީ މަހަށް ދާން.ވ.ވެދުން

The name is already taken The name is available. Register?

ހަގީގަތްް

25 July 2019

ކޮން 3 ޓީމެއް. ބާރސާއިން ކުޅުނު ހަޑި ގޭމްގެ ވާހަކަ ދައްކަބަލަ؟ ކަން ހިނގީ އެތްލެޓިކޯއާ ބާރސާ އާ ދެމެދުގަ. ކަމާ ނުގުޅޭ ޓީމުތަކާ މީހުން މިދޭތެރެއަށް ވެއްދުމުން އެނގެނީ ބާރސާގެ ފޭނުންގެ ނާތަހުޒީބުކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!