ބާސެލޯނާގެ އަންސޫ ފަޓީ (ވ) އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ
މިލާން (ޑިސެމްބަރު 11) – ބާސެލޯނާގެ އުމުރުން 17 އަހަރުގެ ފޯވާޑް އަންސޫ ފަޓީ ގޯލް ޖަހައި ޗެމްޕިއަންސް ލީގުގެ ތާރީހުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދި މެޗުން ބާސެލޯނާ އަތުން 2-1 އިން ބަލިވެ އިންޓަ މިލާން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
މި މެޗާ ކުރިމަތިލާއިރު ވެސް ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ބާސެލޯނާ ގްރޫޕުގެ އެއް ވަނަ ހޯދީ 14 ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ ރޭ ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގް 2-1 އިން ބަލިކުރި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑެވެ. އެ ޓީމު 10 ޕޮއިންޓް އެއްކުރި އެވެ. އިންޓަ ހަތް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔައިރު ޕްރާގް ދިޔައީ ދެ ޕޮއިންޓާ އެކު ފުލަށެވެ.
އިޓަލީގެ ކާމިޔާބު ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ވަރުގަދަ ސްކޮޑަކާ އެކު ސީޒަނާ ކުރިމަތިލީ އިންޓަ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ގްރޫޕުގެ ތިން ވަނަ އަށް ދިއުމުން ޔުރޮޕާ ލީގުން ފުރުސަތު ލިބޭނެ އެވެ. މި ވަގުތު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޓީމުގެ ކޯޗު ބުނީ ރޭގެ މެޗުން މޮޅުވާން ފުރުސަތު ލިބުނީ އެ ޓީމަށް ކަމަށާއި އެކަމަކު ނިންމާލުމުގައި މައްސަލަތަކެއް ދިމާވީ ކަމަށެވެ.
"އަހަރެން ނެތް ކުރާނެ ޝަކުވާއެއް. ކުޅުންތެރިން، އެ ކުޅުންތެރިންނަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތްކުރި. (1-1 އިން އެއްވަރުވެފައި އޮއްވާ) އަހަރެމެންނަށް ގޯލެއް މަދުވީ. ބަދަލުގައި އަހަރެމެން ކޮޅަށް ގޯލެއް ވަނީ. އެ ހިސާބުން މެޗު އަތުން ދިޔައީ،" ކޮންޓޭ ބުންޏެވެ. "ގްރޫޕަށް ބަލާއިރު އަދި ޖުމްލަކޮށް ކުޅުމަށް ބަލާއިރު އަހަރެމެންނަށް މިއަދު ވުރެ ރަނގަޅު ކާމިޔާބެއް ހައްގު."
އިންޓަގެ ސެން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ކާލްސް ޕެރޭޒްގެ ލަނޑުން ބާސެލޯނާ ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި އެއްވަރުކުރި އެވެ. އިންޓަ އިން ދެ ވަނަ ހާފުގައި ގޯލެއް ޖެހުމާ ގާތަށް ދިޔަ ނަމަވެސް ބާސެލޯނާގެ އަންސޫ ފަޓީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރިތާ މިނެޓެއްގެ ތެރޭ، 86 ވަނަ މިނެޓުގައި ވައްދާލި ގޯލާ އެކު އިންޓަގެ އުއްމީދުތައް ފެނަށް ދިޔައީ އެވެ.
މި ގޯލާ އެކު ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަން ފަޓީގެ އުމުރަކީ 17 އަހަރާއި 40 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ 1997 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ނޯވޭގެ ރޮސެންބާގް ކޮޅަށް ލަނޑު ޖެހި ގްރީކުގެ އޮލިމްޕިއާކޯސްގެ ގާނާ ފޯވާޑް ޕީޓާ އޮފޮރީ-ގުއަޔޭ އަތުގަ އެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރާއި 195 ދުވަހެވެ.
ގިނީ-ބިސާސޫ އަށް އުފަން އެކަމަކު ސްޕެއިނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ފަޓީ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ މި ސީޒަނުގަ އެވެ. އޭނާ ވަނީ 12 މެޗުން ތިން ގޯލް ޖަހައިދީފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބަކަރިއޯކޭ
12 December 2019
އޯކޭ އޮންސައިޑަކަސް އޮފް ސައިޑަކަސް.. މަށަށް ދެރައީ މީގަ އެންމެ އަސަރުކޮށްގެން މި ކޮމެންޓްކުރަނީ މިއުޅޭ ރެއަލްމެޑްރިޑް ކުދިން ކޮޅަށްވަތީ.. ބަލަ އިންޓަރ މައްސަލަ ނެތީ ކޮންޓޭ މައްސަލަ ނެތީ އަހަރެމެން މައްސަލަނެތީ..ކަލޭ މެން ކޮން މަސަލަ ތިބޭ؟؟
ލީގް ވޮޗް
11 December 2019
ކޮމެންޓްކުރަން ތިބީ މުޅިންވެސް ރޯނުއެދުރުން.ބީބީސީ ފަދަ އެއްވެސް ހަބަރު ސައިޓެއްގަ ނެތް ބާސެލޯނާގެ ގޯލްތައް އެއީ އޮފްސައިޑް ގޯލްތަކެއް ކަމަށް ބުނެފައެއް.ބާސާ މެޗަކުން މޮޅުވިއަސް މަލާމާތް.ބަލިވެގެން މެޗެއް ނިމުނަސް ސަލާމަތެއް ނެތް.
ރެފޫ
11 December 2019
ބާސާ އޮފްސައިޑު ގޯލެއް ޖެހި ވާހަކައެއް ނުކިޔައޭ އެކަކުވެސް.. އެ ދައްކަނީ އިންޓަމިލާނުން ޖެހި 4 ގޯލުން 3 ގޯލު އޮފްސައިޑުކަމަށް ނިންމި ވާހަކަ.. ހަމަ ބިމަށް އަންނަގަ ފުރަތަމަ
އޭނަ
11 December 2019
ރެފޫޔަށް. އިންޓައިން ޖެހި ތިން ގޯލަކީވެސް ސީދާ އޮފްސައިޑް ގޯލްތަކެއް. ލުކާކޫ ޖެހި ފުރަތަމަ ގޯލާއި އޭނަ ޖެހި ތިން ވަނަ ގޯލަކީ ކްލިޔާ އޮފްސައިޑް. ލައުޓާރޯ މާޓިނޭޒްޖެހި ގޯލަކީ ޓައިޓް ސިޓިއޭޝަނެއްގައި އޮފްސައިޑްވި ގޯލެއް. އަނެއްކާ އިންޓައިން އޮފްސައިޑް ގޯލް ޖަހައިގެން މިމެޗުން މޮޅުވިޔަސް އަހަރުމެން ބާސާ ސަޕޯރޓަރުން ހިތާމަޔެއް ނުކުރާނެ. އަދި ކަހިރު ވަކެކޭވެސް ހިތަކަށް ނާރާނެ.
ރެފޫ
12 December 2019
ކަލޯ މެންނަށް ވާނި އޮފްސައިޑު ގޯލާ ފައުލް ގޯލަށް ބާރސާ ކޮޅަށް ވަދެއްޖެއްޔާ.. އެވަރިހަމަ 3 ހަތަރު ގޯލު އިދިކޮޅުން ޖެހިޔަސް.. ދެރައީ ރެފުރީންނާ ޔޫއެފާ އޮންނަނީ ރެއާލް މެޑްރިޑަށް ގޮސް ހުސްވެފައޭކިޔާ މެޑްރިޑު ބޮލަށް އެކަން ކަނޑާތީ..
އޭނަ
12 December 2019
ރެފޫޔަށް. ދޮންކަލޯ ފުޓްބޯޅައިގައި އޮފްސައިޑް އޮންނަނީ ކަމެއްވީމަ. މިއީ ޕެލޭމެންގެ ޒަމާނެއްނޫން. އަހަންނަކަށް ހިޔެއްނުވޭ ކަލޭ މެޗު ބެލިހެނެއް. މިސީޒަނުގައި ބާސާއިންވެސް އޮފްސައިޑް ގޯލްތަކެއްޖެހި. އަހަރުމެން އެކަމާ ރުޅި އައިސްގެނެއް ނޫޅެން. އަނެއްކާ އިންޓަ މޮޅުވިޔަސް އަހަރުމެންގެ ޝަކުވާޔެއްނެތް. އަހަރުމެން ބާސާއިން ބެންޗު ޓީމް އަރުވައިގެން ކުޅުމުން ބަހަނާ ނުދައްކަން. ފުޓްބޯޅަ އެނގިގެން ކޮމެންޓްކޮށްބަލަ.
މެސީގެ ދޮންބެއްޔާ
11 December 2019
ބާސާ ހަމަ ހަބޭސް
ލިޓުލް
11 December 2019
ހަބޭސްވާނެ ރެފުރީންނާ ޔޫއެފާ އާ ދެކޮޅަށް އިދިކޮޅު ޓީމު ކުޅެން މިޖެހެނީ.. ތިން ހަތަރު ގޯލުޖެހިޔަސް އޮންނަނީ ފައުލްވެފަ ނޫމީ އޮފްސައިޑްވެފަ.. މި އަޖައިބެއް..
ލިޓުލްގެ ބަފާގެ ބޭބެ
11 December 2019
ލިޓުލް ކަލޭތިދައްކަނީ ކޮސްވާހަކަ.ބާސާ މޮޅުވީ މޮޅަށް ކުޅެގެންކަން އަހަރެންގެ 7 އަހަރުގެ ދަރިވެސް ގަބޫލުކުރޭ.މިބުނީ އެކުއްޖާއަށްވެސް ފުޓްބޯޅައިގެ ވާނުވާ ކަލެއަށްވުރެ ރަނގަޅަށް އެނގޭ.
ރިއަލްދަކިންގް
11 December 2019
3 ގޯލު އޮފްސައިޑް ކަމަށް ނިންމައޮގެން ކަޓުވާލީ.. ރިއަލްމެޑްރިޑް ނަމަ ލޮލަށް ނިދި ނައިސްގެމް ބަޔަކު ތެޅި ފޮޅޭނެ.. އިންޓަރ ކުޅުންވެސް މާ ވަރުގަދަ
އޭނަ
11 December 2019
އެއީ އޮންސައިޑް ގޯލް ތަކެއްތަ؟ މިހާރު މަކަރެއް ނުހެދޭނެ. ބާސާއިން މޮޅުވިޔަސް އަދި ބަލިވިޔަސް މިމެޗުން ކުރާނެ ފައިދާއެއްނެތް.
ބޯހަރު
11 December 2019
ބަރާބަރު ގޯލުތަކެއް.. މަކަރު ނުހެދޭނީވެސް ވީއޭއާރު ބެލިނަމަތާ ކޮންމެ ފަހަރަކު.. މާ ބޯހަރު ގޮލައެއް ރެފަކީ
ރެފްލޯނާ
11 December 2019
ކަޓާނެތާ ބާސާކޮޅަށް 4 ގޯލު ޖެހީމަވެސް 3 ގޯލު އޮފްސައިޑުކަމަށް ރެފުރީ ނިމްމީމަ.. މިއީ ފުކެއް ބޮޑުވަރު.. ނަންވާނި މެޑްރިޑް ޔުއެފަ ލޯނާ ކިޔަނީ ހަމަ ރަނގަޅަކަށް
ތަސް
11 December 2019
އޯކޭ އިންޓަރ ކެޓުމުން ބާސައަށް އޮތީ ކޮންމޮޅެއް. މިމެޗުން ރެފްރީން އެހހހީވގެން މޮޅުވާން މީ ކޮންގޮތަކުން މުހިހިނމު މެޗެއް
ލޯންސްޓަރ.
11 December 2019
@ތަސް ތިމީހުންނާއި ޒުވާބުކުރާނެކަމެއްނެތް.ފުޓްބޯޅަ އެއީ ކޯޗެއްކަން ނުދަންނަ ގިނަމީހުން ގިނައިން ކޮމެންޓްކުރަން މިތިބީ.އަހަރެން ބަލައިފިން ހައިލައިޓްސް ، އޮފްސައިޑޭ ބުނެވޭނެ އެންމެ ތަންކޮޅެއްވެސް ގޯލްތަކުން ނުފެނޭ.
އޭނަ
11 December 2019
ލޯންސްޓާޔަށް. އަހަރެންވެސް ބަލައިފިން. އިންޓައިންޖެހި ތިން ގޯލްވެސް އޮފްސައިޑް. ވީއޭއާރއިން ވަރަށް ރަނގަޅަށް އެކަން ބަލާލެވޭނެ.