ލަނޑު ޖެހުމަށް ފަހު ރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޑްރިޑް (ޖެނުއަރީ 5) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ގެޓަފޭ ބަލިކުރިއިރު، ބާސެލޯނާ ކުޅުނު މެޗުގައި ފަހު ވަގުތު އެސްޕަންޔޯލުން ޖެހި ގޯލާ އެކު 2-2 އިން އެއްވަރުވެއްޖެ އެވެ.
ރޭގެ ނަތީޖާތަކާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ ޕޮއިންޓުގެ ގޮތުން ރެއާލާ އެއްވަރުވި ނަމަވެސް ލަަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ. ބާސެލޯނާ އާއި ރެއާލަށް ވެސް 19 މެޗުން 40 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބާސެލޯނާގެ ފައިދާ 26 ގޯލު އޮތްއިރު، ރެއާލުގެ އޮތީ 24 ގޯލެވެ.
ގެޓަފޭ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ދެ ގޯލު ޖެހީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ފަހު ގޯލު ޖެހީ ލޫކަ މޮޑްރިޗް އެވެ. މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލުން ވަނީ ތަނަސްކޮށްފަ އެވެ. ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ނުކުޅެ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރާމޯސް ފަދަ މުހިއްމު ކުޅުންތެރިޔަކު ނުލައި ކުޅެން ޖެހުމުން ލިބުނު މާޔޫސްކަން ދިޔައީ ވަރާންގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ. އަދި ވަރާން އަށް ރެއާލްގެ ޑިފެންސް ލައިން ލީޑުކުރުމުގެ ޒިންމާ ނެގޭނެ ކަމުގެ ޔަގީންކަން މިހާރު އެންމެނަށް ވެސް ބޮޑުވެފައިވާ ކަމަށް ޒިދާން ބުންޏެވެ.
ކެޓަލޫނިއާ ސަރަހައްދަށް ނިސްބަތްވާ އެސްޕަންޔޯލް، ސްޕެނިޝް ލީގުގެ އެންމެ ފުލުގައި އޮތް ނަމަވެސް ރޭ އެ ޓީމުން ވަނީ ބާސެލޯނާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި އެސްޕަންޔޯލުން ލީޑު ނެގީ ޑޭވިޑް ލޮޕޭޒް ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ބާސެލޯނާ އިން ނަތީޖާ އަނބުރާލީ ލުއިސް ސުއަރޭޒް އާއި އާޓޫރޯ ވިޑާލް ޖެހި ގޯލުތަކުންނެވެ.
ބާސެލޯނާ އަށް މެޗުގައި މައްސަލަ ދިމާވީ ދެ ވަނަ ރީނދޫ ކާޑާ އެކު ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ރަތް ކާޑު ދެއްކުމުންނެވެ. ބާސެލޯނާގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި، މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އެސްޕަންޔޯލަށް އެއްވަރުކޮށްދިނީ ޗައިނާގެ ފޯވާޑް ވޫ ލޭއި އެވެ. މިއީ ޗައިނާ އަށް ނިސްބަތްވާ ކުޅުންތެރިޔަކު ބާސެލޯނާ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ.
އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ 2-1 އިން ލެވަންޓޭ ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އާއި ހަަތަރެއްގައި އޮތް ސެވިއްޔާ އަށް 19 މެޗުން ވަނީ 35 ޕޮއިންްޓް ލިބިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ލިޔޮނެލް މެސީ
07 May 2020
ރެއާލަށް ތުރެ ބާސާ މޮޅު.
ކޮސް އަލިފުޅު
05 January 2020
ބާސާ ބަލި ވީމަ ފަހުވަގުތު ހުރިހާ ކަމެއް. ރިއާލް ބަލިވި ނަމަ ހެޑްލައިން އިންނާނީ ޓޭބްލްގަ ފުލުގަ އޮތް ޓީމު އަތުން ރިއާލް ހިތި ގޮތަކަށް ބަލިވެއްޖެ.
އަންނާ ހަޒާރޭ
05 January 2020
ބާސާ ކޯޗް ބޭރުކޮށްލަންވީތާ ކޮން ޒަމާނެއް ކީއްވެތަ ބޭރުކޮށް ނުަލައިގެން އުޅެނީ؟ ކޯޗު އަތުގަ އޮތީތަ ބަސާގެ ރައީސުގެ ލީކުކޮއްލެވޭ ކަހަލަ ވީޑިއޯއެއް؟ އެހެންޏާ ފަހެ!!!؟؟
ހުތް އާދަނު
05 January 2020
ބަލިވާއިރަށް ކޯޗު . ކަލޭމެން ޓީމް ކަޑައީ ހަަމަ.
ފަންޖާސަރާ
05 January 2020
އާދަނު ތިބި ކުޅުންތެރިންގެ ފެންވަރަށްބަލާ ކުޅުންގަޑު ރަގަޅެއްނޫން. މާ ސްލޯޓެމްޕޯއެއްގަ ކުޅެނީ، މިސްޕާސް މާގިނަ، މީނަގެ ކޯޗުކަމުގެ ދަށުގަ ގިނަ ކުޅުންތެރިންގެން ޖޯޝް އަދި ޖޯރު ދައްވަމުންދާތަން ފެންނަނީ. ޗެންޕިއަންސް ލީގުގަ މިފަހަރުވެސް ލަދު ގަންނުވާލާނެ.
މެސީ
05 January 2020
ބާރސާ އަކީ އެއް އިރެއްގަވެސް ފާސްޓް ގޭމެއް ކުޅުނު ބައެއް ނޫން. ދެން ކުޅުންތެރިން މުސްކުޅިވާ ވަރަކަށް ގޭމް ވާނީވެސް ސްލޯ، އެހެންނު؟
އާއިޝަތު ރަދީފާ
05 January 2020
ލޮލް. މަރުހަބާ ރަދީފް.
ރަދީފް
05 January 2020
ހޭނެ ކަމެއް ނެތް އިނގޭ.ކޮން،މް ބަޔަކަށް ޗެމްޕިއަންކަން ލިބުނަސް މަރުހަބާ ކިޔަންކެރޭނެ ހިތްވަރު ހުންނާނެ.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް
އާއިޝަތު ރަދީފާ
05 January 2020
އެއްބަސް. ކޮންމެ ޓީމެއްވެސް މޮޅުވަންޏާ އެވާނީ ރަދީފްގެ ޓީމަކަށް
ރަދީފް
07 January 2020
@އާއިޝަތުރަދީފާ ކަލޭގެ ތިހުންނަ މޮޔަ ވިސްނުމެއް ދޯ.ބަޔަކަށް ކާމިޔާބީއެއް ލިބުނީމަ މަރުހަބާ ކިޔާލީމަ އެއީ އެމީހެއްގެ ޓީމް ކަމަށް ކަލޭ ކަނޑައަޅާނަމަ ކަލޭ އަދި ތިއުޅެނީ ފުޓްބޯޅައިގެ އަލިފްބާވެސް ނޭނގޭ ހިސާބުގަ.ވ.ވެދުން
އާއިޝަތު ރަދީފާާ
07 January 2020
އެހެންނެއް ނޫން، ތިމަންނަގެ ޓީމޭ ކިޔާ އިރުއިރުކޮޅާ ކޮމެންޓްކުރާތަން ފެންނާތީ..