ކުޅިވަރު / ސްޕެނިޝް ލީގް

ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި

ރޭގެ މެޗަށް ފަހު ރެއާލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

17 ޖުލައި 2020

10 comments
happy icon 71%

މެޑްރިޑް (ޖުލައި 17) - އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ރޭ، އެ ކްލަބުގެ ތާރީހުގައި 34 ވަނަ ފަހަރަށް ހޯދައިފި އެވެ.

އެ ޓީމު ލީގު މި ހޯދީ 37 މެޗުން 86 ޕޮއިންޓް ހަމަކޮށްގެންނެވެ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 2-1 އިން ބަލިވެފައިވާތީ، ރޭ ރެއާލް ބަލިވި ނަމަވެސް ލީގު ކަށަވަރުވީހެވެ. ބާސެލޯނާ އަށް 37 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.

މިއީ މިދިޔަ އަށް އަހަރު ތެރޭ ރެއާލުން ލީގު ހޯދި ތިން ވަނަ ފަހަރެވެ. އޭގެ ތެރެއިން ދެ ފަހަރު ލީގު ޗެމްޕިއަންކަން މި ހޯދީ ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގަ އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގު އަލުން ކުޅެން ފެށި ފަހުން ރެއާލް ވަނީ ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. ބްރޭކުގެ ކުރިން ބާސެލޯނާ އެއް ވަނައިގައި އޮތް ނަމަވެސް އޭގެ ފަހުން ރެއާލް ތަފާތު ފޯމެއް ދައްކައި އެއް ވަނަ އަށް އަރައި ތަށި ޔަގީންކުރީ އެވެ.

ރެއާލަށް މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. ރެއާލުން ލީޑުފުޅާކުރި ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ބެންޒެމާ ޖެހީ ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ފުރަތަމަ ޖަހަން ދިނުމުން ސާޖިއޯ ރާމޮސް ބޯޅަ ޖައްސާލީ ބެންޒެމާ އަށެވެ. ބެންޒެމާ އެ ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ އެންގީ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހާށެވެ. އެއީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ރެއާލް ކުޅުންތެރިން އޭރިއާތެރެއަށް ވަނުމުންނެވެ. ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ބެންޒެމާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ރެއާލް ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 83 ވަނަ މިނިޓްގައި ވިސެންޓޭ އިބޯރާ ވަނީ ވިޔަރެއާލަށް ލަނޑެއް ޖަހައިދީފަ އެވެ. އިތުރު ގޯލެއް ޖަހަން ވިޔަރެއާލުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރެއާލްގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ޒިދާން އުފުލާލައިގެން. -- ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ކަމަށްވާ ރެއާލުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2016/2017 ގެ ސީޒަނުގަ އެވެ. މި ސީޒަނުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އެ ޓީމަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދިން ޒިދާނެވެ. މިދިޔަ ސީޒަނުގައި ދެ ކޯޗުން ބަދަލުކުރުމަށް ފަހު ތިން ވަނަ ކޯޗަކަށް ޒިދާން ގެނައީ ފަހުކޮޅެވެ.

މިއީ ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒިދާން ނެގި ފުރަތަމަ ތަށްޓެވެ. ޒިދާން ލީގުގެ ކާމިޔާބީ އަށް ފަހު ރޭ ބުނީ 34 ވަނަ ފަހަރަށް ރެއާލުން ލީގު ޗެމްޕިއަންކަން ހޯދިއިރު މީގެ ތެރޭގައި އޭނާ އަށް ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ބައިވެރިވެވުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. ޒިދާން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އެ ޓީމާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރޭ އޮސަސޫނާ އަތުން ބާސެލޯނާ ބަލިވިއިރު މިއީ ލީގުގައި އަމިއްލަ ދަނޑުގައި 43 މެޗަށް ފަހު ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ 15 ވަނަ މިނިޓްގައި ހޯސޭ އަރްނައީޒްގެ ގޯލުން އޮސަސޫނާ ލީޑުނަގާފައިވަނިކޮށް ބާސެލޯނާ އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ. އޮސަސޫނާ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ރޮބާޓޯ ޓޮރޭޒް އެވެ.

މި ފަހަރު ލީގުގެ ބޮޑު ބައިގައި ކަހަލަ ގޮތަކަށް ލީޑުގައި އޮތް ބާސެލޯނާ އަށް ލީގު ގެއްލުމުގައި ދިމާވި އެއް ސަބަބަކީ ސީޒަނުގެ މެދުތެރެއިން ކޯޗު ބަދަލުކުރުމެވެ. ޖެނުއަރީ މަހު ސުޕަ ކަޕްގެ ނާކާމިޔާބީ އަށް ފަހު އާނެސްޓޯ ވަލްވޭޑޭ ބަލިކޮށް ބާސެލޯނާގެ ކޯޗަކަށް ގެނައީ ކުރިން ރެއާލް ބެޓިސް އަށް އިރުޝާދުދިން ކީކޭ ސެޓިއެން އެވެ. އޭނާ އަށް އެ މަގާމާ ހަވާލުވެ އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.

ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 2-0 އިން ގެޓަފޭ ބަލިކޮށްފަ އެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އާއި ހަ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

10 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 19%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާލްޑީނިއޯ އ

18 July 2020

އެހެންވީޔާ ރެއާލްމެޑްރިޑް ތާދޯ ކޮންމެފަހަރަކުވެސް ރެއާްލްމެޑްރިޑް ކުޅޭ ހުރިހާ މުބާރާތެއްގެ. ތަށިގެންދާނީ ކޮސްނުގޮވާ ހަޖަމްކުރޭ

The name is already taken The name is available. Register?

ރޮނާލްޑޯ

17 July 2020

ރިޔާލްގެ ބޮޑުންނާއި ރެފްރީންނާއި އޮންނަ ގުޅުމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް އޮފްސައިޑް ގޯލްތަކާއި ދިން ޕެނަލްޓީތަކާއި އެހެންޓީމް ތަކުން އެޕީލް ކުރިޔަސް ރެފްރީން އަޅާނުލުމާއި ރިޔާލް އިން އޭރިޔާ ބޭރުން ފައުލްކުރިޔަސް ވީއޭއާރު ބަލައި ޕެނަލްޓީ ދެވޭތޯ ބަލާ

The name is already taken The name is available. Register?

ވާވާ

18 July 2020

ހަޖަމް ކޮށްލާ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

The name is already taken The name is available. Register?

ހުތް އާދަނު

18 July 2020

ކަލޭމެން ކުޅޭ މެޗުތަކުން ބަލިވަނީވެސް އެހެންވެގެން ދޯ

The name is already taken The name is available. Register?

މޑ_މލ

17 July 2020

ތަބަކަށް ލާފަ ވީއޭއާރު މެދުވެރުކޮށް ދިން އެއްޗެއް.

The name is already taken The name is available. Register?

ނިއުމާާ

17 July 2020

ސައިކަލުތައް ރެޑީ. ބުރަށް ނައްޓާލަމާ.

The name is already taken The name is available. Register?

އަންްނި

17 July 2020

ކޮބާ ރަދީފް؟ ސައިކަލުތައް ފޮހެން ފެށީމަ ކުރި ޖެއްސުން މިއޮތީ އަތަށް ގޮވާފަ. ނިއުމާ ސިސް މިފަހަރު ބުރު ލީޑް މިކުރަނީ. ހެހެހެހެ

The name is already taken The name is available. Register?

އަލް އުސްތާޒު

17 July 2020

އުފަލާއެކު ކިޔާލަން.. ހާލާ މެޑްރިޑް. އަހަރެމެންނަކީ ވަންމޭން އާމީއެއް އެއްނޫން. ރިއާލްގައި މިއަދު ސިންގާއެއްހެން ކުޅުނަސް މާދަން އެކުޅުން ނުދެއްކެއްޔާ އިންނަން ޖެހޭނީ ބެންޗްގަ. ރިއާލްގެ ކާމިޔާބީގެ ސިއްރަކީ އަބަދުވެސް އެމީހުންގެ ފޯމް އެ ގޮތުގަ ހިފެހެއްޓުން. އެކަކަށް އަބަދު ބަރޯސާ ނުވުން ހާލާ މެޑްރިޑް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

17 July 2020

މަރުހަބާ ރެއާލް.މަރުހަބާ ރެއާލްގެ ހުރިހާ ސަޕޯޓަރުން.ޔަގީނުންވެސް މިއަދަކީ ތިބޭފުޅުންނަށް ވަރަށް އުފާވެރި ދުވަހަކަށްވާނެ.އުފާ ފާޅުކުރުމުގަ ކުރިއަށް ވަޑައިގަންނަވާ.ވ.ވެދުން.

The name is already taken The name is available. Register?

ޕޮގުބަ

17 July 2020

ކޮބާ ބާސެލޯނާގެ. ސަޕޯޓަރުން ހަޖަމްވޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!