22 ޖެނުއަރީ

January 22, 2019 3
ހަމޭސް އާސެނަލަށް ދާން ލިބުނު ފުރުސަތު ދޫކޮށްލައިފި

މިއުނިކް (ޖެނުއަރީ 22) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަަލަށް ބަދަލުވާން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދޫކޮށްލައިފި އެވެ.

20 ޖެނުއަރީ

January 20, 2019 12
ޗެލްސީ ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގެ އުއްމީދުގައި

ލަންޑަން (ޖެނުއަރީ 20) – ޗެލްސީ 2-0 އިން ބަލިކޮށް އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އަރަން ކުރަމުން އަންނަ މަސައްކަތުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.

08 ޖެނުއަރީ

January 08, 2019
ކަރަސްކޯ އެނބުރި ޔޫރަޕަށް

ލަންޑަން (ޖެނުއަރީ 8) – ޗައިނާގެ ދާލިއާން ޔިފޭންގަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ވިންގާ ޔަނިޗް ކަރަސްކޯ އެނބުރި ޔޫރަޕާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އާސެނަލުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2019 3
ރަމްސޭ ދިނަސް ބެނާޝިއާ ދޫކުރެވެން ނެތް

ލަންޑަން (ޖެނުއަރީ 6) – އާރޮން ރަމްސޭ ޔުވެންޓަސް އަށް ޖެނުއަރީ މަހު ދޫކޮށްލަން އާސެނަލުން އެއްބަސްވީ ބަދަލުގައި މެހްދީ ބެނާޝިއާ ލިބޭ ނަމަ ކަމަށާއި އެކަމަކު ޔުވެންޓަސް އިން އެކަމާ...

January 06, 2019 3
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް އަނެއް ބުރަށް

ލަންޑަން (ޖެނުއަރީ 6) – އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް ފުރުސަތު ހޯދައިފި އެވެ.

05 ޖެނުއަރީ

January 05, 2019 7
ރަމްސޭގެ ބަދަލުގައި އާސެނަލަށް ކެދީރާ؟

ޓިއުރިން (ޖެނުއަރީ 5) - މި މަސް ނިމުމުގެ ކުރިން ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ ގެންނަން ބޭނުންވާތީ އޭނާގެ ބަދަލުގައި އާސެނަލަށް ސެމީ ކެދީރާ ދޭން ޔުވެންޓަސް އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2019 2
ލަންޑަނުގެ ދެ ކްލަބް މޮޅަކުން އާ އަހަރު ފަށައިފި

ލަންޑަން (ޖެނުއަރީ 2) – އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި ލަންޑަނުގެ ދެ ކްލަބް ކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ރަނގަޅު ފެށުމަކުން އާ އަހަރު ފަށައިފި އެވެ.

29 ޑިސެމްބަރ

December 29, 2018 6
ލިވަޕޫލްގެ ކުރިއެރުމުން މިސާލު ނެގިދާނެ: އެމެރީ

ލަންޑަން (ޑިސެމްބަރު 29) - އޭނާ އާސެނަލުގައި ކުރިއަށްދާއިރު އެންމެ ރަނގަޅަށް މިސާލު ނެގޭނީ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ލިވަޕޫލުން ކަމަށް އާސެނަލުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

28 ޑިސެމްބަރ

December 28, 2018 1
އާސެނަލްގެ ކޯޗު އެމެރީގެ މައްސަލަ ބަލަން ފަށައިފި

ލަންޑަން (ޑިސެމްބަރު 28) - އާސެނަލްގެ ކޯޗު އުނާއި އެމެރީ ފައިން ޖެހި ފުޅިއަކުން ސަޕޯޓަރެއްގެ ގައިގައި ޖެހުނު މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.

27 ޑިސެމްބަރ

December 27, 2018 1
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ

ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ދެ ވަނަ މަގާމު ގެއްލިއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2018 1
އޮޒިލް ވިއްކާލާކަށް ނޫޅެން: އެމެރީ

ލަންޑަން (ޑިސެމްބަރު 22) - އާސެނަލުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލް އަންނަ މަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2018
ގެންޑޫޒީ މޮރޮކޯ އަށް ނޫނެކޭ ބުނެފި

ލަންޑަން (ޑިސެމްބަރު 11) - މޮރޮކޯ ގައުމީ ޓީމަށް ކުޅެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ހުށަހެޅުމަށް އާސެނަލްގެ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ ނޫނެކޭ ބުނެފި އެވެ.

06 ޑިސެމްބަރ

December 06, 2018 1
ލިވަޕޫލަށް މުހިއްމު މޮޅެއް، ޓޮޓެންހަމުން ފައިދާނަގައިފި

ބާންލީ، އިންގްލެންޑް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުންބޭރުގައި 3-1 އިން ބާންލީ އަތުން މުހިއްމު މޮޅެއް ހޯދިއިރު، އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުނުވުމުގެ ފައިދާނަގައި ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

03 ޑިސެމްބަރ

December 03, 2018 2
އޮރީގީ ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ލިވަޕޫލް (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރު ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައި އަރައި މެޗުގެ ފަހު ވަގުތު ޑިވޮކް އޮރީގީ ޖެހި ގޯލުން ލިވަޕޫލުން 1-0 އިން ވާދަވެރި އެވަޓަން ބަލިކޮށްފި އެވެ.

30 ނޮވެމްބަރ

November 30, 2018
އާސެނަލާއި ޗެލްސީ އަށް ގްރޫޕްގެ އެއް ވަނަ

ލަންޑަން (ނޮވެމްބަރު 30) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާކީ އެއް މެޗު އޮއްވައި އާސެނަލާއި ޗެލްސީން ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2018 1
އާސެނަލް މޮޅުވިޔަސް ކޯޗު ހިތްހަމަނުޖެހިފައި

ބޯންމައުތު، އިންގްލެންޑް (ނޮވެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 2-1 އިން އާސެނަލް މޮޅުވި ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ނެރެމުން އަންނަ ނަތީޖާތަކާ މެދު ކޯޗު އުނާއި އެމެރީ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2018 1
އޮޒިލަށް ހަފްތާއަކު އެއް މިލިއަން ޑޮލަރު ހުށަހެޅި!

ލަންޑަން (ނޮވެމްބަރު 14) - މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ ތަރި މެސުޓް އޮޒިލް އަށް އޭޝިއާގެ ކްލަބަކުން ހަފްތާއަކު އެއް މިލިއަން ޑޮލަރުގެ މުސާރައެއް ހުށަހެޅި ކަމަށް އޮޒިލްގެ އޭޖެންޓް އެރުކޫތު ސޮގުތު ބުނެފި އެވެ.

09 ނޮވެމްބަރ

November 09, 2018
އާސެނަލާއި ޗެލްސީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި

ލަންޑަން (ނޮވެމްބަރު 9) - ރޭ ކުޅުނު މެޗުތަކުން ހޯދި ޕޮއިންޓްތަކާ އެކު އާސެނަލާއި ޗެލްސީން ބާކީ ދެ މެޗު އޮއްވާ ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2018
ލިވަޕޫލް އަތުން ލަކަޒޭޓް އާސެނަލް ސަލާމަތްކޮށްދީފި

ލަންޑަން (ނޮވްމެބްރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ލަނޑު ޖަހާފައިވަނިކޮށް އަލެކްސަންޑަ ލަކަޒޭޓް ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

03 ނޮވެމްބަރ

November 03, 2018
ލިވަޕޫލް މެޗުން އާސެނަލްގެ ކުރިއެރުން އެނގޭނެ: އެމެރީ

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލަށް ހޯދުނު ކުރިއެރުން އެނގިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2018
ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ކުއާޓާ އަށް

ލަންޑަން (ނޮބެމްބަރު 1) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްްޕާސް އަދި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.