29 އެޕްރީލް

April 29, 2018 6
"ޔާމީންގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި"

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ހަވާލާދީ ޔާމީންގެ އާއިލާ އިން މިއަދު ބުނެފި އެވެ.

23 އެޕްރީލް

April 23, 2018 5
ޔާމީނަށް އިންސާފު ހޯދުމުގެ ދޮރުތައް ދަނީ ބަންދުކުރަމުން

މިދިޔަ އަހަރު އަނިޔާވެރިކޮށް މަރައިލި ބްލޮގަރު، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތަށް ބާރުގަދަ ބަޔަކު ހުރަސް އަޅައި، ހުރިހާ ދޮރެއް ބަންދުކުރަމުންދާ ކަމަށް...

April 23, 2018 60
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި...

19 އެޕްރީލް

April 19, 2018 7
ޔާމީންގެ ޝަރީއަތް ހުޅުވާލަން ގޮވާލައި މުއައްސަސާތަކަށް

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ އާއިލާއިން މުއައްސަސާތަކުގައި މިއަދު އެދިއްޖެ އެވެ.

12 އެޕްރީލް

April 12, 2018 5
ޔާމީންގެ އާއިލާއިން ކުރި ދައުވާ ނުބެލުމުން ހައި ކޯޓަށް

ތޫނު އެއްޗެހިން ހަމަލާދީ ޔާމީން ރަޝީދު މަރާލުމުގެ ކުރިން، އޭނާ ހިމާޔަތަށް އެދުނު ނަމަވެސް ދައުލަތުން އެކަމަށް އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ އާއިލާއިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

10 އެޕްރީލް

April 10, 2018 6
ޔާމީންގެ އުފަންދުވަސް؛ ހިމޭން ކަމާއި މާޔޫސް ކަމުގައި!

ގައިގެ އެކި ތަންތަނަށް ވަޅިހަރައި ކިތަންމެ އަނިޔާވެރިކޮށް، ޔާމީން ރަޝީދު މަރާލި ނަމަވެސް އޭނާގެ ހަނދާންތައް ފަނޑުވިޔަކަ ނުދެ އެވެ. އެކަމަކު މިއަދަކީ ޔާމީންގެ ހަނދާންތަކުން އެކުވެރިން "ރޮއްވާލި" ދުވަހެކެވެ. ޔާމީންގެ 30 ވަނަ އުފަންދުވަސް އެކުވެރިންނާއި ހެޔޮއެދޭ މީހުން މިއަދު، ފާހަގަކުރަމުން ދަނީ ހިތްދަތިކަމާ އެކުގަ އެވެ....

08 ޖެނުއަރީ

January 08, 2018 5
ޔާމީންގެ މަރުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަޅިން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 10
"ޔާމީންގެ މައްސަލަ ނުބަލަން ނިންމުމުން ހިތާމަކުރަން"

ބަޔަކު ރާވައިގެން އަނިޔާވެރި ގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރާލީ ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 16
ފާރިސް އާއި ޔާމީންގެ ޝަރީއަތް ލައިވް ކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތާއި ޔާމީން ރަޝީދުގެެ މަރުގެ މައްސަލައިގެ ޝަރީއަތް ވަގުތުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އަށް ރާއްޖެ ޓީވީން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2017 10
ޔާމީންގެ މަރުގެ މުޅި ޝަރީއަތް ސިއްރެއް ނުކުރާނެ:ޕީޖީ

މިިދިޔަ މެއި މަހު މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރު ކުރަން އެދޭނީ ބައެއް އަޑުއެހުންތައް ކަމަށާއި މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް...

September 10, 2017 14
ޔާމީންގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި

މިދިޔަ މެއި މަހު މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 2
ޔާމީންގެ މަރުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

މިދިޔަ އޭޕްރީލް މަހު ޔާމީން ރަޝީދުގެ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހެއްގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

09 އޯގަސްޓް

August 09, 2017 64
"ޔާމީން މަރާލީ ދީނީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން"

މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު ރަހުމްކުޑަ ގޮތަކަށް މަރާލުމުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނަކީ އިސްލާމް ދީނަށް ފުރައްސާކުރުމާ ދެކޮޅު ހަދާ ބައެއް ކަމަށް ބުނެ، އޭނާ...

August 09, 2017 103
ޔާމީން މަރާލުމުގައި އުޅުނީ ތިން މީހެއް: ޕޮލިސް

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ތިން މީހަކު ކަމަށާއި އޭނާ އަށް ފާރަލުމަށް އިތުރު މީހުން ޔާމީން ދިރިއުޅުނު ގޭގެ ބޭރުގައި ތިބި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

08 އޯގަސްޓް

August 08, 2017 59
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!

މީގެ ތިން އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ، އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތަކުން އިވުނު އެންމެ ފަހު ބަހަކީ "އޭނާ ވީ ތަނެއް އަދިވެސް ނޭނގެ" އެވެ.

01 އޯގަސްޓް

August 01, 2017 6
ޔާމީން މަރާލައިގެން ހަތް މީހަކަށް ދައުވާ އުފުލައިފި

މިދިޔަ މެއި މަހު މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

20 ޖުލައި

July 20, 2017 4
ޔާމީންގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހިމެނޭ ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

12 ޖުލައި

July 12, 2017 1
ޔާމީންގެ އާއިލާއިން ކުރާ ދައުވާ ހުޅުވާލައިގެން ގެންދަނީ

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގެ ކުރިން، ފުލުހުން އިހުމާލުވި ކަމަށް ބުނެ އޭނާގެ އާއިލާ އިން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އާންމުކޮށް، ހުޅުވާލައިގެން ކުރިއަށް ގެެންދަން ސިވިލް ކޯޓުން ނިންމައިފި އެވެ.

09 ޖުލައި

July 09, 2017 5
ޓްރާންސްޕޭރެންސީ ރިވިއު މިފަހަރު ޔާމީނަށް ޚާއްސަ

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެމުން އަންނަ ޓްރާންސްޕޭރެންސީ ރިވިއުގެ މި ފަހަރުގެ އަދަދު، މިދިޔަ މެއި މަހު މަރާލާފައިވާ ޔާމީން ރަޝީދަށް ޚާއްސަކޮށް، މިއަދު ނެރެފި އެވެ.

06 ޖުލައި

July 06, 2017 29
"ޔާމީން ތަހުގީގުގެ ފޮރެންސިކް ހެކިތަކެއް ނައްތާލައިފި"

ޔާމީން ރަޝީދު މަރާލި މައްސަލާގެ "ފޮރެންސިކް ހެކިތަކެއް" ފުލުހުންގެ ތެރެއިން ނައްތާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔާމީންގެ އާއިލާއިން މިއަދު ބުނެފި އެވެ.

22 ޖޫން

June 22, 2017 6
ޔާމީންގެ ގާތިލުންގެ ބަންދަށް 15 ދުވަސް

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު ޔާމީން ރަޝީދު މަރާލަން އަމަލީ ގޮތުން ބައިވެރިވި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފި އެވެ.

19 ޖޫން

June 19, 2017 16
ޔާމީން މަރާލި މީހުންގެ މަގުސަދު ހާމަކޮށްދޭން އެދެފި

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް ބުނެ ފުލުހުން އާއްމުކޮށްފައިވާ ތިން މީހުންގެ މަގުސަދު ހާމަކޮށްދިނުމަށް އޭނާގެ އާއިލާ އިން މިއަދު އެދިއްޖެ އެވެ.

June 19, 2017 42
އިސްމާއިލްގެ އާއިލާއިން ކުރާ ތުހުމަތަކީ ދޮގެއް: ޕޮލިސް

ޔާމީންގެ ރަޝީދުގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދުގެ އާއިލާއިން ފުލުހުންނާ ބެހޭގޮތުން ކުރި ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

June 19, 2017 80
އިސްމާއީލަށް ކުރާ ތުހުމަތު އާއިލާ އިން ދޮގުކޮށްފި

އަނިޔާވެރިކޮށް މަރައިލި ޔާމީން ރަޝީދުގެ މަރުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ފުލުހުން އާންމު ކޮށްފައިވާ ތިން މީހުންގެ ތެރޭގައިި ހިމެނޭ، މ. ޠާއިފް، އިސްމާއީލް ރަޝީދުގެ...

18 ޖޫން

June 18, 2017 115
ޔާމީން ރަޝީދުގެ ގާތިލުންގެ ނަންތައް އާންމު ކޮށްފި

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ބުނެ ތިން މީހެއްގެ ނަން ނަން ފުލުހުން މިރޭ އާންމުކޮށްފި އެވެ.