#އެކްސިޑެންޓް

10
މޭ

ދެ ޒުވާނުންގެ ހަޔާތުގެ ފަހު ސައިކަލް ބުރު

ތަފާތު ކުޅިވަރުތަކުގެ ހުނަރު ލިބިފައި ހުރި، ހުސްނާ މުހައްމަދަކީ އެ ރަށުގައި އޮންނަ ނެޓްބޯޅަ، ބެޑްމިންޓަން އަދި ބަށި މުބާރާތްތަކުގެ އެއް ވަނަ އެވެ. އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަހުމަދު އަދީލްއާ އެކު އެރޭ ސައިކަލްގައި ދަނިކޮށް ބަނދަރުގެ ތޮށިގަނޑުގައި ޖެހި މޫދަށް ވެއްޓުނު އިރު ސައިކަލް ދުއްވަން އިނީ، މީހަކާ އިނދެގެން އުޅުނު އަދި ފަސް އަހަރުގެ ފިރިހެން ކުއްޖެއް ވެސް ހުރި ހުސްނާ އެވެ. އުމުރުން 26 އަހަރުގެ ދެ ޒުވާނުން މޫދަށް ވެއްޓުނީ ތޮށިގަނޑުގައި ބޯ ޖެހިފަ އެވެ. މޫދުން ނެގި އިރު ވެސް ދެ މީހުން ވަނީ މަރުވެފަ އެވެ.

އެލޯ

27 މެއި 2018 05:58

ޕޮލިސް ތިބޭ ހެސްކިޔާހަ ބާރަށް ސައިކަލު ދުއްވާ ކޮންމެ ފަހަރަކު ޕޮލިހަށް ނުގެންދެވިދާނެ އެކަމް ސްޕީޑް ބްރޭކަރ ހޮޅުދޫ ވަށާ ހެދޭވަރަށް ވެސް މީހުން ޖޫރިމަނާކޮށްފި... މަރުވި ދެ ޒުވާނުންނަށް ސުވަރުގެ މިންވަރު ކުރައްވާށި.އާއިލާ އަށް ކެއްތެރިކަން ދެއްވާށި.