#ރިޔާސީ އިންތިހާބް

13
ޖޫން

އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓަކަށް ފައިސަލް

ރައީސް އަބްދުﷲ ޔާމީނާ ވާދަކުރަން އިދިކޮޅު އިއްތިހާދުން ނެރެން ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެކެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޖޫން 30 ގައި، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު، އެ ޕާޓީގެ ކޮންގްރެސް އިން ކަނޑައެޅި އެވެ. އެކަމަކު ޖޭޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ރަނިން މޭޓެއް ކަނޑައެޅުން ލަސްވަމުން ދިޔަ އެވެ. އެންމެ ފަހުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުން ބާއްވާ ވޯޓު ނެގި އިރު އެންމެ ކިއިރިން ވާދަކުރެއްވީ ފައިސަލް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން އެވެ. ފައިސަލް ކާމިޔާބުކުރެއްވީ 15-14 ވޯޓުންނެވެ. އޭގެ އަނެއް ދުވަހު ފައިސަލް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވި އެވެ.

"ގުޅިފައިވާ ޕާޓީތަކުން ކުރަމުން މިހާރު ދާ ދަތުރަކީ ވަރަށް ދިގު ދަތުރެއް. މި ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަން ޖެހޭ."

ފައިސަލް ނަސީމް