#ސިއްހަތު

14
އޮގަސްޓް

އޮޕަރޭޝަނުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް

އޭގެ ކުރިން ރާއްޖޭގައި ދުވަހަކު ވެސް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ނުކުރެ އެވެ. އެކަމަކު އޭޑީކޭގައި އަލަށް ތަރައްގީކުރި ކެތުލެބާއި ހިތުގެ އޮޕަރޭޝަނަށް ހާއްސަ އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ އޮޕަރޭޝަން ތިއޭޓަރާ އެކު އެހެން ހަރުފަތަކަށް ސިއްހީ ހިދުމަތް ވަނީ ގެންގޮސްފަ އެވެ. ހަށިގަނޑުގެ އެހެން ތަނަކުން ނާރު ނަގައިގެން، ހިތުގެ ބެދިފައިވާ ނާރުތަކުގެ ބަދަލުގައި ހިތާ ގުޅާލަން ކުރާ މި އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދީ ޝާފިއުގެ އިތުރުން ނޭޕާލުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަންޖަން ސަޕްކޮޓާ އެވެ. މާފުށީ ޖަލުގައި ހުރި ގައިދީއެއްގެ މި އޮޕަރޭޝަނަށް ނުވަ ގަޑިއިރު ނެގި އެވެ.

"މިއީ އަޅުގަނޑުމެން ވަގުތުން ވަގުތަށް ނެގި ޑެޒިޝަނެއް. ވަރަށް ކްރިޓިކަލް ކޭސްއެއް ވީމައި، އުނދަގޫތަކެއް ވެސް ދިމާވި. އެކަމަކު އޮޕަރޭޝަނުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް."

ރާއްޖޭގެ ފުރަތަމަ ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަން، މުހައްމަދު ޝާފިއު