#ރިޔާސީ އިންތިހާބް

17
ނޮވެމްބަރު

ބާރުގަދަ ރައީސް ޔާމީން ބަލިކުރައްވައި އިބޫ ތާރީޚުގެ ތެރެއަށް

ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ތަރައްގީއަށް ވުރެ އަނިޔާވެރިކަމާއި ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ ކުރިމަތީގައި މާ ބޮޑުކަން، ރިޔާސީ އިންތިހާބުގެ ވޯޓުން ދައްކައިދިދިނެވެ. ރިޔާސީ ދެވަނަ ދައުރެއް ހޯއްދަވަން ޔާމީން ބޭނުންކުރެއްވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ސަރުކާރު ތެރޭގައި އޮތް ހިޔާނާތުގެ އެހެން މައްސަލަތަކާއި، އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައި، ހުކުމް އިއްވައި ހެދުމުން، ގިނަ ރައްޔިތުންގެ ތެރޭގައި އޮތީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ރިޔާސީ އިންތިހާބުގައި ރައީސް ބަލިވެވަޑައިގަތީ، ތާރީޚުގައި، އޭގެ ކުރިން އެއްވެސް ރައީސަކަށް ކުރިމަތިވެވަޑައިގެންފައި ނުވާވަރުގެ ނާކާމިޔާބީއަކުންނެވެ. އިބޫއަށް 134،705 ވޯޓު، (58.4 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓު (41.6 ޕަސެންޓް) އެވެ.

"މިރެއަކީ އުފާވެރި ރެއެއް. މިރެއަކި ދިވެހިންގެ ދުއާ ﷲ އިޖާބަކޮށްދެއްވި ރެއެއް. މިރެއަކީ އިންސާފުގެ މަގަށް އަޅުގަނޑުމެންނަށް އެޅުނު ފުރަތަމަ ފިޔަވަޅު."

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ޑެލްބޯއި

23 ސެޕްޓެމްބަރ 2018 10:38

ވޯޓުގެ ނަތީޖާ ހުރިހާ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް، ފޮރުވުމެއް ނެތި ވޯޓުތައްް ގުނާ ޝައްކު ކުރުމަށް ޖާގައެއް ނުލިބޭ ގޮތަށް އިއުލާން ކުރުމުން ، ރައްޔިތުންގެ ނިންމުމަށް ހުރިހާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އިހްތިރާމު ކުރާނެ ކަމުގެ އުއްމީދުގައި ހުރީމް.