#އިބްރާހީމް މުހައްމަދު ސޯލިހް

2
މާޗު

ޖުމްހޫރީ މައިދާނުން އިބޫ ހައްޔަރު ކުރުން

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސިޔާސީ ކުރީ ސަފުގައި އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ފެއްޓެވި އިރު ވެސް އެމަނިކުފާނަކީ ވަރަށް މަޑުމައިތިރި އަދި ފުލުހުންގެ ހައްޔަރަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އެކަމަކު އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ފެބްރުއަރީ 6 ގައި ހައްޔަރުކުރުމުން ރާއްޖޭގައި ދެން ހުންނެވި އިސް ލީޑަރަކީ ހަމައެކަނި އިބޫ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ އަރުވާލެވިގެން ބޭރުގަ އެވެ. އަދާލު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުންނެވީ ޖަލުގަ އެވެ.

"ހުއްޓުވާ"ގެ ނަމުގައި ބޭއްވި އެއްވުމުގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައި

އިދިކޮޅުގެ ލީޑަޝިޕް ދައްކަވަން ދެން ހުންނެވީ އިބޫ އެވެ. މާޗު 17 ގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި އެއްވުން، ފުލުހުން ރޫޅާލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުނުވެ، ދަންވަރާ ހަމައަށް ވެސް ދިޔައީ ކުރިއަށެވެ. އަދި އިބޫ ހައްޔަރުކުރީ އެރޭ، ބަޔަކާ އެކު، ޖުމްހޫރީ މައިދާނަށް ވަންނެވުމުންނެވެ. އެއްވެސް މުޒާހަރާއެއް، އެއްވުމެއް ބޭއްވުން މަނާ ސަރަހައްދަކަށް ވެންނެވުމުން އިބޫ ހައްޔަރުކޮށް، މާޗު 19 ގައި، ނުވަ ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

"ހުއްޓުވާ" ގެ ނަމުގައި ބޭއްވި އެ މުޒާހަރާގައި 141 މީހަކު ހައްޔަރުކުރި އެވެ. މުޒާހަރާ ރޫޅާލަން ކަރުނަ ގޭސް ވެސް ބޭނުންކުރި އެވެ. މިއީ ޔާމީންގެ ވެރިކަމާ ދެކޮޅަށް މޭ 1، 2015 ގައި ބޭއްވި މުޒާހަރާގެ ފަހުން އެންމެ ގިނަ ބަޔަކު ނުކުތް، އަދި އެންމެ ގިނަ ބަޔަކު ހައްޔަރުވެ، އެންމެ ގިނަ ބަޔަކަށް އަނިޔާ ވެސް ވި އެއްވުމެވެ.

ދީދީ

17 މާޗް 2018 01:07

ދިވެހިން ހީނކުރާތި ރާއްޖޭގެ ޑިމޮކްރަސީފޭލްވަމުން ދާ މަންޒަރުތަކެކޭ މިފެންނަނީ ، މިހާރުމި ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރިއަރާ ފައްކާ ވުމައް ކުރަމުންދާ މަސައްކަތް