#ރައީސް ނަޝީދު

20
ނޮވެމްބަރު

ރައީސް ނަޝީދު އެންމެ ފަހުން އަމިއްލަ ފަސްގަނޑަށް

އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް މާޗު 13، 2015 ގައި އިއްވި އެވެ. އެކަމަކު އެއީ ރައީސް އަބްދުﷲ ޔާމީންގެ ރޭވުމެއްގެ ދަށުން އިއްވި ސިޔާސީ ހުކުމެއް ކަމަށް، އެތައް ބަޔަކު ގަބޫލުކުރި އެވެ. އޭގެ ބޭނުމަކީ 2018 ގެ ރިޔާސީ އިންތިހާބުން ނަޝީދަށް ފުރުސަތު ގެއްލުވާލުން ކަމަށް ތުހުމަތުކުރި އެވެ.

ކަން ވީ ވެސް އެހެންނެވެ. އެ ހުކުމް ރައީސް ޔާމީންގެ ވެރިކަމުގައި ދެމެހެއްޓި އެވެ. އަދި 2016 ގައި ބޭހަށް އިނގިރޭސި ވިލާތަށް ފޮނުވާލި ގޮތަށް ނަޝީދު އެނބުރި ވަޑައިނުގެން، ސިޔާސީ މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވި އެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމާ އެކު، ނަޝީދަށް އެމަނިކުފާނުގެ ސަޕޯޓަރުން ނޮވެމްބަރު 1 ވަނަ ދުވަހު މަރުހަބާ ދެންނެވީ އޭގެ ކުރިން ސިޔާސީ ލީޑަރަކަށް ނުކިޔާ ވަރުގެ ހޫނު އަދި ފުރިހަމަކޮށެވެ. ރަސްމީ ފާލަމުން ފެށިގެން، ޗާނދަނީ މަގާއި މަޖީދީ މަގުން ހިންގަވާފައި، އާޓިފިޝަލް ބީޗާ ހަމައަށް އެމަނިކުފާނު ވަޑައިގަތީ އެތައް ހާސް ބައެއްގެ ލޯތްބާ އެކުގަ އެވެ.

"ފެންނަ ކޮންމެ ކުޑަކުޑަ އެއްޗެއް، ހިޔަންޏަކުން ނަމަވެސް ވަހަކުން، އަޑަކުން ވިޔަސް, ގެ، މާލެ، ރާއްޖެ, އިންތިހާއަށް ހަނދާންވާ އެކި ވަގުތުތައް އައި. ފަސޭހައެއް ނޫން، އެއީ އުނދަގޫ، ތަކުލީފުތަކެއް."

ރައީސް މުހައްމަދު ނަޝީދު

މުހަންމަދު ކަލޯ

01 ނޮވެމްބަރ 2018 13:51

ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމުގެ ފިކުރު. އެގޮތުގަ ދެގޮތެއް ނުވެ ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުއޭ ބުންޏަސް ދޮގަކަށް ނުވާނެ، ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދަން ބިރު ފަހަނަޅައި ދިއުމާއި އިންސާފު ގާއިމް ކުރުމުގެ ވާހަކަ ފާޅުގަ ދައްކަން ފެއްޓެވީ އަންނި. ގެދޮރާއި ފްލެޓާއި ހިލޭ ބޭސް ފަރުވާ އާއި ހިލޭ ތައްލީމާއި މީ ހަމަ ސީދާ ނިކަމެތި ރައްޔިތުންނާ ގުޅޭ ކަންކަން. ކޮންކްރިޓް ތަރައްގީ ބޭނުންވްނީ މިކަންކަން ފުރިހަމަ ވުމުން.